Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުމަތީގެ ހާދިސާ

ރާއްޖޭގައި މިހާރު މި ފެނިގެންދަނީ ސިވިލް ޑިފެންސް ފޯސްއެއް އެއް ނެތް މަންޒަރު: ޒާހިރު

10 އޯގަސްޓު 2026 | ހޯމަ 09:03

ޒާހިރު ވިދާޅުވީ ރާއްޖޭގައި ދިމާވާ ހުރިހާ ކަމެއްގައި ހަރަކާތްތެރިވަމުންދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ދަށުން އުފެދިފައިވާ ކޯސްޓްގާޑާއި ފަޔަރ ސަރވިސް އިންކަމަށް. އަދި މިކަމުގެ ސަބަބުން ކޯސްޓް ގާޑުން ހަރަކާތްތެރިވާން ޖެހޭ ކަނޑުގެ އޮޕަރޭޝަންތަކުގައި ފަޔަރ ފައިޓަރުން އަދި ފުލުހުން ހަރަކާތްތެރިވުމުން އެކަމާ ޒާހިރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2026 | ހޯމަ 09:03
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޒާހިރު ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޒާހިރު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގަ މިހާރު މި ފެނިގަންދަނީ ސިވިލް ޑިފެންސް ފޯސް އެއް ނެތް މަންޒަރު ކަމަށް ކަނޑުގެ އޮޕަރޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ޒާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ސިވިލް ޑިފެންސް ފޯސްއެއް އޮންނަ ކަމަށެވެ. އަދި މިކަން މިގޮތައް އެ ޤައުމުތަކުން ކުރަނީ އަސްކަރިއްޔާ އަދި ސިވިލް ޑިފެންސް ފޯސް އެއްކުރުމުގެ ސަބަބުން ބައިވަރު މައްސަލަތަކެއް ދިމާވެ، ކަންކަން މެނޭޖްކޮށް އަދި ޑިވެލޮޕް ކުރަން އުނދަގޫވާތީ ކަމަށް ޒާހިރު ވަނީ ވިދާޅުވެފައި އެވެ.

Advertisement - newsAdvertisement
އަޅުގަނޑުމެންގެ ހުރިހާ ކަމެއް މިކުރަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ތެރެއިން އުފެދިފަ އިންނަ ނޭޝަނަލް ކޯސްޓް ގާޑާކާއި ފަޔަރ ސާވިސްއަކާ. އެހެންނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ސިވިލް ޑިފެންސް ފޯސްއެއްގެ ތެރެއިން އަލިފާން ނިއްވުމުގެ ހިދުމަތް ވެސް ދެނީ އޭގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތައް އުޅޭތީވެ. މެނޭޖްކުރަން އުނދަގޫވުމާއި އަދި ޑިވެލޮޕް ކުރަން އުނދަގޫވުމުގެ ސަބަބުން އަސްކަރިއްޔާ އާއި ސިވިލް ޑިފެންސްއާ ވަކި ކޮށްލަނީ
އިބްރާހީމް ޒާހިރު

ޒާހިރު ވިދާޅުވީ ރާއްޖޭގައި ދިމާވާ ހުރިހާ ކަމެއްގައި ހަރަކާތްތެރި ވަމުންދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ދަށުން އުފެދިފައިވާ ކޯސްޓްގާޑާއި، ފަޔަރ ސަރވިސް އިންނެވެ. މިކަމުގެ ސަބަބުން ކޯސްޓް ގާޑުން ހަރަކާތްތެރިވާން ޖެހޭ ކަނޑުގެ އޮޕަރޭޝަންތަކުގައި ފަޔަރ ފައިޓަރުން އަދި ފުލުހުން ހަރަކާތްތެރިވުމުން އެކަމާ ޒާހިރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އަދި މެރިން ޓްރޭނިން އަދި ފަޔަރ ޓްރޭނިން ތަފާތު ވާނެ ކަމަށާއި، ކޯސްޓު ގާޑުންނަކީ ކަނޑު މަތީގައި އެކި ޓެކްޓިކަލް ނިންމުންތައް ނިންމުމަށް ޓްރެއިން ކޮށްފައިވާ ބައެއް ކަމަށް ޒާހިރު އިތުރަށް ވިދާޅުވި އެވެ.

ހަމައެއާއެކު 5 އޮގަސްޓުގައި ހިނގައި ދިޔަ ނުރައްކާތެރި ހާދިސާ އަށް ފުރިހަމަ އަށް ތައްޔާރު ވެފައިވޭތޯ އާއި މި އޮޕަރޭޝަންގައި ޕޮލިސް އޮފިސަރެއް ދިއުމާ ބެހޭ ގޮތުން ޒާހިރު ވަނީ ސުވާލު އުފައްދާފައި އެވެ. މި އޮޕަރޭޝަންގައި ޓްރެއިންޑް ފަޔަރ ފައިޓަރަކާއި ފުލުސް އޮފިސަރެއް އަދި ސިވީލިއަނެއް ގެއްލުމަކީ ފޫ ނުބެއްދޭވެރުގެ ގެއްލުމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

އޮގަސްޓު 5 ވަނަ ދުވަހު ހިނގައި ދިޔަ މި ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ 3 މީހުން އަދިވެސް ފެނިފައި ނުވެ އެވެ. އެ މީހުން ހޯދުމަށްޓަކައި ފޮރިން މިނިސްޓްރީ އިން ވަނީ ބޭރުގެ އެހީތެރިކަން ހޯދުމަށް އޮގަސްޓު 8 ވަނަ ދުވަހު އެދެން ނިންމާފައި އެވެ.  

ކަނޑުމަތީގެ ހާދިސާފަލަސުރުހީ ޕްރޮގްރާމް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ކަނޑު ދަތުރުފަތުރުގެ ޤަވާއިދުތައް ހުރީ ހެދިފައި، މައްސަލަ އަކީ ފިޔަވަޅު ނޭޅޭތީ: ޒާހިރު

09 އޯގަސްޓު 2026
ކަނޑު ދަތުރުފަތުރުގެ ޤަވާއިދުތައް ހުރީ ހެދިފައި، މައްސަލަ އަކީ ފިޔަވަޅު ނޭޅޭތީ: ޒާހިރު
04 އޯގަސްޓު 2026

ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

04 އޯގަސްޓު 2026
ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
02 އޯގަސްޓު 2026

ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

02 އޯގަސްޓު 2026
ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި
10 ޖޫން 2026

ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން

10 ޖޫން 2026
ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން
16 އޮކްޓޯބަރު 2025

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ
07 އޯގަސްޓު 2025

ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ދޯނިން ޙާލު ދެރަވި އެކަކު މަރުވެއްޖެ

07 އޯގަސްޓު 2025
ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ދޯނިން ޙާލު ދެރަވި އެކަކު މަރުވެއްޖެ
20 މެއި 2024

ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

20 މެއި 2024
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ
01 ޖެނުއަރީ 2024

ބުރުނީގެ ބޭރުން ލޯންޗެއް ދިޔަވާތީ، ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

01 ޖެނުއަރީ 2024
ބުރުނީގެ ބޭރުން ލޯންޗެއް ދިޔަވާތީ، ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
25 ޖޫން 2023

30 މީހުންނާއެކު މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ

25 ޖޫން 2023
30 މީހުންނާއެކު މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ
21 މެއި 2023

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

21 މެއި 2023
ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް