Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މެންބަރުންގެ އިންޝުއަރެންސްއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ނޫސްވެރިން އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށް، އާއްމު ކޮމެޓީ ސިއްރުކޮށްފި

10 އޯގަސްޓު 2026 | ހޯމަ 14:19

މެންބަރުންގެ ހެލްތު އިންޝުއަރެންސާ ގުޅޭގޮތުން އެލައިޑްގެ އޮފިޝަލުންނާ ބައްދަލުކުރުމަށް ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުން، މެންބަރުންގެ އިއްތިފާގުން މިއަދު ސިއްރުކޮށްފި. މި ބައްދަލުވުން ސިއްރުކުރަން ނިންމީ، އިންޝުއަރެންސްގެ ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މެންބަރުން ދެއްކި ވާހަކަތައް ނޫސްވެރިން ރިޕޯޓްކޮށްފައިވަނީ އޮޅުވާލައިގެން ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 10 އޯގަސްޓު 2026 | ހޯމަ 14:19
މިދިޔަ ހަފުތާގައި ބޭއްވި އާންމު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

މިދިޔަ ހަފުތާގައި ބޭއްވި އާންމު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ދެއްކި ވާހަކަތައް ނޫސްވެރިން ރިޕޯޓްކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށް މަޖިލީހުގެ އާއްމު ކޮޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި، މެންބަރުންނަށް ހެލްތު އިންޝުއަރެންސް ދޭ ކުންފުނި އެލައިޑް އިންޝުއަރެންސްގެ އޮފިޝަލުންނާ ބައްދަލުކުރުން ހިމަނާފައިވެ އެވެ. 

Advertisement - newsAdvertisement

އާންމު ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާ އިއުލާން ކުރެއްވުމަށް ފަހު އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ފާއިތުވި އަންގާރަ ދުވަހުގެ ބައްދަލުވުމުގައި އިންޝުއަރެންސްއާ ގުޅޭ ގޮތުން މެންބަރުން ދެއްކި ވާހަކަ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނީ މެންބަރުން އެ ވާހަކަ ދެއްކި ގޮތަކަށް ނޫން ކަމަށް ވިދާޅުވެފައި އެވެ. އަދި އެ ދުވަހު މެންބަރުން ވާހަކަ ދެއްކީ ހިދުމަތް ހޯދުމުގައި ލަސްވުން ފަދަ ދަތިތަކާއި އެނޫން ވެސް ބައެއް ދަތިތަކުގެ ވާހަކަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އަޅުގަނޑުމެން ދެންނެވީ އަޅުގަނޑުމެންނަށް ލިބޭ އިންޝުއަރެންސްގެ ތެރެއިން އަަޅުގަނޑުމެންގެ މެންބަރުންނަށް އިންޝުއަރެންސް ކުންފުނިން އެ ހިދުމަތްދޭން އެއްބަސްވެފައިވާ ގޮތުގެ މަތިން، އިންޝުއަރެންސްތަކުގައި ހުރި ދަތިތަކުގެ ވާހަކަ  
މުހައްމަދު ޝާހިދު

މީގެ އިތުރުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ ކޮމިޓީގައި ދެއްކެވި ވާހަކަތައް ނޫސްވެރިން ގެނެސްފައި ވަނީ އޮޅުވާލައިގެން ކަމަށް ވިދާޅުވެ، އެޖެންޑާގެ އެ ނަންބަރު ކުރިއަށް ގެންދާއިރު އެ ބައްދަލުވުން ނޫސްވެރިންނަށް ސިއްރުކުރަން ހުށަހަޅުއްވާފަ އެވެ. އަދި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައި ވައިރު، އެޖެންޑާ ސިއްރުކުރުމަށް ފާސް ކޮށްފައިވަނީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެލައިޑް އިންޝުއަރެންސްގެ އޮފިޝަލުންނާއެކު ގަޑިއިރެއް ވަންދެން ކުރިއަށް ދިޔަ އެ ބައްދަލުވުމަށް ފަހު، ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. 

މުހައްމަދު ޝާހިދުއެލައިޑް އިންޝުއަރެންސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ހުޅުދޫގެ 100 ހައުސިންގ ޔުނިޓު: މިނިސްޓަރު މުއްތަލިބު ވިދާޅުވީ ގާބިލު ކުންފުންޏެއް ކުރިމަތިނުލާތީ ޓެންޑަރ ބާތިލުކުރީ ކަމަށް

03 އޯގަސްޓު 2026
ހުޅުދޫގެ 100 ހައުސިންގ ޔުނިޓު: މިނިސްޓަރު މުއްތަލިބު ވިދާޅުވީ ގާބިލު ކުންފުންޏެއް ކުރިމަތިނުލާތީ ޓެންޑަރ ބާތިލުކުރީ ކަމަށް
29 ޖުލައި 2026

އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު

29 ޖުލައި 2026
އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު
14 ޖޫން 2026

މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ

14 ޖޫން 2026
މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ
13 ޖޫން 2026

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ
13 ޖޫން 2026

މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ
12 ޖޫން 2026

އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

12 ޖޫން 2026
އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް
20 މެއި 2026

ނާޒިމް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑުކުރަން: ޝާހިދު

20 މެއި 2026
ނާޒިމް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑުކުރަން: ޝާހިދު
20 މެއި 2026

ނާޒިމް ވަކިކުރުމުގެ މައްސަލަ: ޖަވާބުދާރީ ވާން ނާޒިމް އަށް ޖުމްލަ 10 މިނިޓު، ބަހުސް އަށް މެމްބަރަކަށް 3 މިނިޓުގެ 1 ފުރުސަތު

20 މެއި 2026
ނާޒިމް ވަކިކުރުމުގެ މައްސަލަ: ޖަވާބުދާރީ ވާން ނާޒިމް އަށް ޖުމްލަ 10 މިނިޓު، ބަހުސް އަށް މެމްބަރަކަށް 3 މިނިޓުގެ 1 ފުރުސަތު
14 މެއި 2026

މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!

14 މެއި 2026
 މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!
03 މެއި 2026

އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ

03 މެއި 2026
އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް