Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީން އުޅަނދުތަކުގައި ހަރަކާތްތެރިވުން

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

21 މެއި 2023 | އާދީއްތަ 14:21

އުޅަނދުގެ ކެޕްޓަން އަކަށް ބިދޭސީ އަކު ހުންނަ ކަމަށް އަދުނާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 މެއި 2023 | އާދީއްތަ 14:21
ޗީފް ސުޕްރިންޓެންޑެންޓް، އިބްރާހިމް އަދުނާން އަނީސް

ޗީފް ސުޕްރިންޓެންޑެންޓް، އިބްރާހިމް އަދުނާން އަނީސް

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ ކަމަށާއި މިއީ ކުޑަކަމެއް ނޫންކަމަށް މެރިން ޕޮލިސް ޑިޕާޓްޕެންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އަދުނާން ވިދާޅުވެއްޖެއެެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަދުނާން ވިދާޅުވީ ހާދިސާ އެއް ދިމާވެގެން ގޮސް އުޅަނދަށް އަރާ ބަލާ އިރު އުޅަނދުގެ ކެޕްޓަން އަކަށް ބިދޭސީ އަކު ހުންނަ މަންޒަރު ފެންނަ ކަމަށެވެ. އެއީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެެ. އެ ބިދޭސީ މީހާ އަކީ އުޅަނދު ދުއްވުމުގެ ހުނަރާއި، ތައުލީމާއި ގާބިލްކަން ލިބިފައި ނެތް މީހެއް ކަމަށް ވެސް އަދުނާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އެ އުޅަނދު އެ ބިދޭސީ މީހާ އާއި ހަވާލުކުރަނީ އުޅަނދުގެ ވެރިން ކަމަށާއި އެއީ ކިހާވަރެއްގެ ކަމެއްކަން އުޅަނދުތަކުގެ ވެރިފަރާތުން ވެސް ވިސްނާލަން ޖެހޭ ކަަމަށް އަދުނާން ވިދާޅުވިއެވެ. އެއީ ކުޑަކުޑަ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ހާލަތުގައި ސަފާރީ ފަދަ އުޅަނދުތަކުގެ ކަންކަން ބަލަހައްޓަން ވެސް ބިދޭސީން ތިބޭ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ފަހަރު ދިވެއްސަކު އުޅަނދުގައި ހުރި ނަމަވެސް އެ މީހާ ބަހައްޓާފައި ހުންނަނީ ނަމެއްގައި ކަަމަށާއި އުޅަނދާއި ގުޅުން ހުރި ކަމެއް ހަވާލުކޮށްފައި ހުންނަނީ ބިދޭސީއަކާއި ކަމަށް އަދުނާން ވިދާޅުވިއެވެ.

ނިޔަމިކަމުގެ ހުއްދަ ބިދޭސީންނަށް ނުލިބޭ އިރު އެފަދަ އިހުމާލުތަކުގެ ސަބަބުން ބޮޑެތި ހިތާމަވެރި ޙާދިސާތައް ހިނގާފައިވާ ކަމަށް އަދުނާން ވިދާޅުވިއެވެ. ބިދޭސީންނަށް ކަނޑު އުޅަނދުތައް ދުއްވޭނެ ހާލަތުތައް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި ކަމަށާއި އެކަންކަމަށް ބޯ ނުލަނބާ ނަމަ ފިޔަވަޅު އަޅަން ފުލުހުން ފަސް ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ އުސޫލުތަކަކީ އެންމެންގެ ރައްކާތެރިކަމަށްޓަކާ ހަދާފައި ހުންނަ އުސޫލުތަކަށް ވުމާއި އެކު އެ އުސޫލުތަކަށް ތަބާވުމަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދިނުން މުހިންމު ކަމަށް އަދުނާން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކަނޑުމަތީގެ ހާދިސާޓްރާންސްޕޯޓް މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް