Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ރައީސް ޕެޒެޝްކިއަން އެ ގައުމުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީއާ ބައްދަލުކުރައްވައިފި

9 އޯގަސްޓު 2026 | އާދީއްތަ 11:35

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެގައުމުގެ ރޫހާނީ ލީޑަރާ ބައްދަލުކުރައްވައި، އިގްތިސާދީ ކަންކަމާއި އަސްކަރީ ކުރިއެރުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފި. މި ބައްދަލުވުމުގައި އެމެރިކާ އާއި އިސްރާއީލުގެ އުދުވާނުތަކާ ކުރިމަތިލުމާއި، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގެ އިތުރުން ބޭރުގެ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު

ރާއްޖެ އެމްވީ | 9 އޯގަސްޓު 2026 | އާދީއްތަ 11:35
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި، އާޔަތުﷲ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ވަޅުލުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބައިވެރިވެވަޑައިގަންނަވަނީ

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި، އާޔަތުﷲ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ވަޅުލުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބައިވެރިވެވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތިންވަނަ އަހަރު ފެއްޓެވުމާ ގުޅިގެން، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރައްވައިފި އެވެ.

އީރާނުގެ ސަރުކާރުގެ ޓީވީ - ޕްރެސްޓީވީ އިން ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގައުމުގެ އިގްތިސާދީ އަދި އަސްކަރީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މި މަޝްވަރާތަކުގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކާއި، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ އުދުވާނީ ހަނގުރާމައިގެ މިހާރުގެ ހާލަތާއި ކުރިމަގުގައި ކަންތައްތައް ވެދާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން އަސްކަރީ ކުރިއެރުންތަކާއި، ގައުމުގެ ވަސީލަތްތައް ރައްކާތެރިކުރުމާއި، އީރާނުގެ ފައިސާ ކަމަށްވާ ރިއާލް އާއި ބޭރު ފައިސާ އަދި ހަކަތައަށް ކުރާ ހޭދަ މެނޭޖްކުރުމުގެ އިތުރުން، ބޭރުގެ ބައިވެރިންނާއެކު އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ، އީރާނާ ދެކޮޅަށް އެއްވެސް ސަބަބަކާ ނުލައި ފެށި ހަނގުރާމައިގައި އެމެރިކާއިން ކަނޑައެޅި މަގްސަދުތައް ހާސިލުނުވުމާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގަ އެވެ.

މަގާމާ ހަވާލުވެވަޑައިގަތް ފަހުން މުޖުތަބާ ޚާމަނާއީ އަދި އާންމުންގެ ތެރެއިން ފެނިފައެއް ނުވެ އެވެ. 

އެމެރިކާ އާއި އިސްރާއީލުން އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް ހަނގުރާމައިގެ ދެވަނަ ބުރު ފަށާފައިވަނީ ފެބްރުއަރީ 28 ގަ އެވެ. އެއީ އިސްލާމީ އިންގިލާބުގެ ކުރީގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި އޮފިޝަލުންތަކެއް އަވަހާރަކޮށްލުމަށްފަހު އެވެ.

2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޖުލައި މަހުގެ 5 ވަނަ ދުވަހު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ޖުލައި 6، 2024 ގައި ޕެޒެޝްކިއަން ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތެވެ. އެމަނިކުފާނު ރަސްމީކޮށް ރައީސްކަމުގެ މަގާމަށް އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އައްޔަންކުރެއްވީ ޖުލައި 28، 2024 ގައެވެ. އަދި އީރާނުގެ މަޖިލީހުގެ ކުރިމަތީގައި ރައީސްކަމުގެ ހުވާ ކުރެއްވީ ޖުލައި 30 ގަ އެވެ.

ޕެޒެޝްކިއަން ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ، ކުރީގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައި އަވަހާރަވިތާ މަސްތަކެއް ފަހުންނެވެ.

މަސްއޫދު ޕެޒެޝްކިއާންއާޔަތުﷲ ޚާމަނާއީއީރާންއީރާން-އެމެރިކާއީރާން-އިސްރާއީލުމުޖްތަބާ ޚާމަނާއީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

އެމެރިކާާ އިން ވަގުތީ އެއްބަސްވުމާ ޚިލާފު ވަމުންދާތީ، އީރާން އިން އޮތީ މަޝްވަރާ ކުރުމުގެ ވިސްނުމެއްގައި ނޫން

09 އޯގަސްޓު 2026
އެމެރިކާާ އިން ވަގުތީ އެއްބަސްވުމާ ޚިލާފު ވަމުންދާތީ، އީރާން އިން އޮތީ މަޝްވަރާ ކުރުމުގެ ވިސްނުމެއްގައި ނޫން
09 އޯގަސްޓު 2026

ހުރްމުޒް އިން ފީއެއް ނަގަން ނުވިސްނާ ކަމަށް އީރާން އިން އެމެރިކާ އަށް އެންގި: ނައިބު ރައީސް ވޭންސް

09 އޯގަސްޓު 2026
ހުރްމުޒް އިން ފީއެއް ނަގަން ނުވިސްނާ ކަމަށް އީރާން އިން އެމެރިކާ އަށް އެންގި: ނައިބު ރައީސް ވޭންސް
09 އޯގަސްޓު 2026

އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސް އޮފިޝަލް ވިދާޅުވެއްޖެ

09 އޯގަސްޓު 2026
އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސް އޮފިޝަލް ވިދާޅުވެއްޖެ
08 އޯގަސްޓު 2026

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟

08 އޯގަސްޓު 2026
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟
08 އޯގަސްޓު 2026

ބާރުތަކުގެ ކުރިމަތީގައި އީރާން އިން ފަހަތަށް ނުޖެހޭނަން: ރައީސް ޕެޒެޝްކިއާން

08 އޯގަސްޓު 2026
ބާރުތަކުގެ ކުރިމަތީގައި އީރާން އިން ފަހަތަށް ނުޖެހޭނަން: ރައީސް ޕެޒެޝްކިއާން
08 އޯގަސްޓު 2026

ސިއްރުތައް ލީކުކުރަނީ ޕެންޓަގަންގެ ކުރީގެ އެއާފޯސް ޗީފް ކަމަށް ތުހުމަތުކޮށްފި

08 އޯގަސްޓު 2026
ސިއްރުތައް ލީކުކުރަނީ ޕެންޓަގަންގެ ކުރީގެ އެއާފޯސް ޗީފް ކަމަށް ތުހުމަތުކޮށްފި
08 އޯގަސްޓު 2026

އީރާން އާއެކު ހަނގުރާމަ އިން ނުކުތުމަށް ސާފު ޕްލޭނެއް ބޭނުންވާ ކަމަށް، އެމެރިކާގެ އަސްކަރީ އިސްވެރިޔާ އަންގަވައިފި

08 އޯގަސްޓު 2026
އީރާން އާއެކު ހަނގުރާމަ އިން ނުކުތުމަށް ސާފު ޕްލޭނެއް ބޭނުންވާ ކަމަށް، އެމެރިކާގެ އަސްކަރީ އިސްވެރިޔާ އަންގަވައިފި
07 އޯގަސްޓު 2026

އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ

07 އޯގަސްޓު 2026
އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ
07 އޯގަސްޓު 2026

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

07 އޯގަސްޓު 2026
ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި
07 އޯގަސްޓު 2026

އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު އިސްރާއީލުގެ މޮސާޑުގެ އެންމެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި

07 އޯގަސްޓު 2026
އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު އިސްރާއީލުގެ މޮސާޑުގެ އެންމެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް