މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 14 ވަނަ އެޑިޝަން މިއަދު ފަށައިފި
6 އޯގަސްޓު 2026 | ބުރާސްފަތި 11:46ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭނުންވާ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާ މި އެކްސްޕޯގައި ރިއަލް އެސްޓޭޓް، އިންޓީރިއާ ޑިޒައިން އަދި މާލީ އިދާރާތަކުން ބައިވެރިވާނެ. އޮގަސްޓް 6 އިން 9 އަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މި މައުރަޒުގެ ތެރެއިން ދާއިރާގެ ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ އިތުރުން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބޭނެ


މޯލްޑިވްސް ލިވިންގ އެކްސްޕޯ 13 ވަނަ އެޑިޝަންގެ ތެރެއިން | ސޯޝަލް މީޑިއާ
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި އޮގަސްޓް މަހުގެ 6 އިން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ލިވިންގ އެކްސްޕޯ" ގެ 14 ވަނަ އެޑިޝަން، ހުޅުމާލެ، ސެންޓްރަލް ޕާކުގައި ބުދަ ދުވަހު ފަށައިފި އެވެ.
މި އެކްސްޕޯ ވެގެން ދާނީ މި އަހަރު ރާއްޖޭގައި ބޭއްވޭ ދިރިއުޅުމުގެ ވައްޓަފާޅި އާއި ބޯހިޔާވަހިކަމުގެ އިތުރުން ގޭބިސީތަކަށް ބޭނުންވާ ސާމާނު ދައްކާލާ އެންމެ ބޮޑު މައުރަޒަށެވެ.
މޯލްޑިވްސް ލިވިންގ އެކްސްޕޯ 2026 ގައި މަޝްހޫރު ބްރޭންޑްތަކާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި މާލީ އިދާރާތަކާއި އިމާރާތްކުރުމުގެ ދާއިރާގެ ސަޕްލަޔަރުންނާއި ގޭބިސީތަކަށް ބޭނުންވާ ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ވިޔަފާރިތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ އެވެ. މި މައުރަޒަކީ ރާއްޖޭގެ ދިރިއުޅުމުގެ މުސްތަގުބަލު ބައްޓަންކުރާނެ އެންމެ ފަހުގެ އުފެއްދުންތަކާއި ޚިދުމަތްތަކާއި އައު އީޖާދުތައް ތަޖުރިބާކޮށްލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. ރިއަލް އެސްޓޭޓާއި އިންޓީރިއާ ޑިޒައިނުން ފެށިގެން، ސްމާޓް ހޯމް ޓެކްނޮލޮޖީއާއި ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ ހައްލުތަކާއި މާލީ ޚިދުމަތްތަކާ ހަމައަށް، މި އެކްސްޕޯގައި ގެދޮރުވެރިންނަށާއި އާއިލާތަކަށާއި އިންވެސްޓަރުންގެ އިތުރުން މި ދާއިރާގެ ފަންނީ ބޭފުޅުންނަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް ހިމެނިފައިވެ އެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި އުފެއްދުންތައް ދައްކާލުމާއި ދާއިރާގެ ތަޖުރިބާކާރުންގެ ލަފާ ހޯދުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ އެވެ. މި އެކްސްޕޯ ފަރުމާކޮށްފައިވަނީ ވިޔަފާރިތަކާއި ކަސްޓަމަރުންނާ ދެމެދު ވަރުގަދަ ގުޅުމެއް އުފެއްދުމުގެ އިތުރުން ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގަ އެވެ.
މި މައުރަޒު ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެ އެވެ. މި ހަތަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމާއި އިމާރާތްކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ދެމެހެއްޓެނިވި ދިރިއުޅުމުގެ އެންމެ ފަހުގެ ޓްރެންޑްތައް ބަލާލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
މި އެކްސްޕޯގައި ރަޖިސްޓްރީވެ، ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުތައް ދިނުމާއި އެކްސްޕޯއަށް ޚާއްސަ ޕްރޮމޯޝަންތައް ކުރިއަށްދާނެ އެވެ.









