Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ލިވިންގ އެކްސްޕޯ

މިއަދަކީ ލިވިންގ އެކްސްޕޯގެ ފަހު ދުވަސް، ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން: ހައިރައިޒް

ރާއްޖެއާއި ރާއްޖެއިން ބޭރުގެ 35 އެގްޒިބިޓަރުން ވަނީ އެކްސްޕޯގައި ބައިވެރިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ނޮވެމްބަރު 2021 | ހޮނިހިރު 13:48
ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރު މަރިޔަމް މާއިޝާ ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަނީ

ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރު މަރިޔަމް މާއިޝާ ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަނީ

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "މޯލްޑިވްސް ލިވިންގ އެކްސްޕޯ"އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި, މިއަދަކީ އެކްސްޕޯގެ ފަހު ދުވަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ، މިއަދަކީ އެކްސްޕޯގެ ފަހު ދުވަސް ކަމަށްވާއިރު ތިން ދުވަހަށް ކުރިއަށް ގެންދާ މިފަހަރުގެ އެކްސްޕޯއަށް މިހާތަނަށް 8000ށްވުރެ ގިނަ މީހުން ޒިޔަރާތް ކޮށްފައިވާ ކަމަށެވެ.

އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރިއަލްއެސްޓޭޓް ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ފަރުނީޗަރު ވިއްކާ ކުންފުނިތަކާއެކު ކަމަށްވާއިރު، އެތަނުން ފެނިގެންދާނީ ގެދޮރަށް ބޭނުންވާ ސާމާނާއި އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކެވެ. މި އެކްސްޕޯ މި މަހުގެ 18 ވަނަ ދުވަހު ފަށާފައިވާއިރު 20 ވަނަ ދުވަހަށް، ކުރިއަށްދާނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ 35 އެގްޒިބިޓަރުން އެކްސްޕޯގައި ވަނީ ބައިވެރިވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެކްސްޕޯގެ ބައެއް އެގްޒިބިޓަރުން ބުނީ، މިފަހަރުގެ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސްޓޯލްތަކުން އާންމުންނަށް ލިބެން ހުރި މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

އެކްސްޕޯ ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00ން 22:00 އަކަށެވެ.

ހައިރައިޒްއިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ، ގޯތިގެދޮރުގެ ވިޔަފާރި ކުރާ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ މި ދާއިރާގެ އެންމެ ބޮޑު އެކްސްޕޯއެވެ.

ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާ މިއެކްސްޕޯގައި މިފަހަރުވެސް ގެދޮރުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި، ގެދޮރަށް ބޭނުންވާ ސާމާނު ލިބެން ހުންނާނެ ތަންތަނާއި، ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތާއި ގެއެއް ފުރިހަމަވާނެ ހުރިހާ ގޮތެއް އެކްސްޕޯއިން ފަހިވެގެންދާނެ ހައިރައިޒުން ބުނެއެވެ.

ލިވިންގ އެކްސްޕޯ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2022

10 ވަނަ ލިވިން އެކްސްޕޯ އިން ތަފާތު ފެނުނު، ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ - ހައިރައިޒް

18 ޑިސެމްބަރު 2022
10 ވަނަ ލިވިން އެކްސްޕޯ އިން ތަފާތު ފެނުނު، ޓެކްނޮލޮޖީ އާއި ފައިނޭންޝަލް އޮޕްޝަން ތައް ގިނަ - ހައިރައިޒް
17 ޑިސެމްބަރު 2022

5000 ބައިވެރިންނާއެކު، 10 ވަނަ ލިވިންގ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި

17 ޑިސެމްބަރު 2022
5000 ބައިވެރިންނާއެކު، 10 ވަނަ ލިވިންގ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
17 ޑިސެމްބަރު 2022

ރައީސް، ލިވިންގ އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފި

17 ޑިސެމްބަރު 2022
ރައީސް، ލިވިންގ އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފި
17 ޑިސެމްބަރު 2022

ލިވިންގ އެކްސްޕޯ: "ތަރުހީބު ރަނގަޅު، ކުރިއަށް އޮތް އަހަރުތަކުގައި އެކްސްޕޯ އިތުރަށް ފުރިހަމަވާނެ"

17 ޑިސެމްބަރު 2022
ލިވިންގ އެކްސްޕޯ: "ތަރުހީބު ރަނގަޅު، ކުރިއަށް އޮތް އަހަރުތަކުގައި އެކްސްޕޯ އިތުރަށް ފުރިހަމަވާނެ"
15 ޑިސެމްބަރު 2022

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން ފަށައިފި

15 ޑިސެމްބަރު 2022
މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން ފަށައިފި
05 ނޮވެމްބަރު 2022

ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ

05 ނޮވެމްބަރު 2022
ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ
18 ނޮވެމްބަރު 2021

ލިވިން އެކްސްޕޯގައި އެސްޓީއޯގެ ޚާއްސަ ޕްރޮމޯޝަނެއް

18 ނޮވެމްބަރު 2021
ލިވިން އެކްސްޕޯގައި އެސްޓީއޯގެ ޚާއްސަ ޕްރޮމޯޝަނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު