Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި

ސައިކަލެއްގެ ޕޮކެޓަށް ލީ ޑްރަގާ ހަވާލުވާން ދިޔަ މީހާއާ ފުލުހުން ސުވާލުކުރުމުން ޖަވާބެއް ނުދިން، އޭނާ ޝަރީއަތް ނިމެންދެން ބަންދަށް!

4 އޯގަސްޓު 2026 | އަންގާރަ 09:58

ދެ ޕެޑު ދޭތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އަންހެނަކާއި، އެ ތަކެއްޗާ ހަވާލުވާން ދިޔަ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި. ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި މި ފިރިހެން މީހާ ދިރިއުޅޭ ކޮޓަރިން ވެސް މަސްތުވާތަކެތި ފެނިފައިވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އޯގަސްޓު 2026 | އަންގާރަ 09:58
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު | ރާއްޖެއެމްވީ

ދެ ޕެޑު ދޭތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އަންހެނަކާއި، އެ ތަކެއްޗާ ހަވާލުވުމަށް ދިޔަ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.  

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަންހެނަކާއި، މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.

Advertisement - newsAdvertisement

މި އަންހެން މީހާވެސް ފުލުހުންގެ ބަންދުގައި ހުރިއިރު، އޭނާއާ ގުޅުންހުރި ފިރިހެން މީހާ އޭރު ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، މި އަންހެން މީހާ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ އެހެން މީހަކު ދިން އިރުޝާދުގެ މަތިންނެވެ. އޭނާ އެތެރެކުރި ތަކެތި އެހެން މީހަކާ ހަވާލުކުރުމަށްޓަކައި ގެންގޮސް ލާފައިވަނީ ހުޅުމާލެ އެމްޕީއެލް ޓަވަރުގެ ޕާކިން ޒޯނުގައި ހުރި ސައިކަލެއްގެ ޕޮކެޓަށެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އެ ސައިކަލު ކައިރިއަށް ގޮސް އެ ތަކެއްޗާ ހަވާލުވި ވަގުތުގަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާއާ ފުލުހުން ސުވާލުކުރުމުން، އޭނާ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް އޭނާ ދިރިއުޅޭ އެޕާޓުމަންޓު ބަލައި ފާސްކުރުމަށް އޭނާ ދިން ހުއްދައާއެކު ފުލުހުން އެތަން ބަލައި ފާސްކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރި ތެރޭގައި އޮތް ގަމީހެއްގެ ޖީބުން ވެސް އިތުރު މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލައިގައި ހިމެނޭ އަންހެން މީހާ ވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތިކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި

03 އޯގަސްޓު 2026
އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި
24 ޖުލައި 2026

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

24 ޖުލައި 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
08 ޖުލައި 2026

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

08 ޖުލައި 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
25 ޖޫން 2026

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

25 ޖޫން 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
12 ޖޫން 2026

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

12 ޖޫން 2026
8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި
03 ޖޫން 2026

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

03 ޖޫން 2026
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
19 މެއި 2026

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

19 މެއި 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް