Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަކީލަކު ހަމަޖެއްސުން

ދައުލަތުން ވަކީލުން ހަމަޖައްސަވައިދެވޭނެ 12 ކުށެއް ކަނޑައަޅައިފި

2 އޮކްޓޯބަރު 2017 | ހޯމަ 13:57

މީހަކު މެރުމުގެ ތުހުމަތު ކުރެވޭ މީހާއަށް މާލީ ތަނަވަސްކަން ބެލުމެއްނެތި ދައުލަތުން ވަކީލުން ހަމަޖައްސައިދޭން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 އޮކްޓޯބަރު 2017 | ހޯމަ 13:57
ކްރިމިނަލް ކޯޓް: ވަކީލުން ހަމަޖައްސަންޖެހޭ ޤަވާއިދަށް ވަނީ ޢަމަލް ކުރަން ފަށާފައި

ކްރިމިނަލް ކޯޓް: ވަކީލުން ހަމަޖައްސަންޖެހޭ ޤަވާއިދަށް ވަނީ ޢަމަލް ކުރަން ފަށާފައި

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ 12 ކުށެއް ކަނޑައަޅައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ޤަވާއިދަށް އަމަލް ކުރަން ފަށައިފިއެވެ.

މި ޤަވާއިދަކީ ޤާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ)އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާން ކުރުމުގެ ޤަވާއިދެވެ.

Advertisement - newsAdvertisement

މިޤަވާއިދުގައި ބުނެފައިވާ ގޮތުގައި އެފަދަ އެހީތެރިކަން ފޯރުކޮށްދެވޭނީ 12 ވައްތަރެއްގެ ކުށުގައި ތުހުމަތު ކުރެވޭ މީހުންނަށެވެ. އެކުށްތަކުގެ ތެރޭގައި ހިމެނެނީ މީހުން މެރުމުގެ ކުށާއި، އިންތިޒާމްވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށްްތަކާއި، ޓެރަރިޒަމްގެ ކުށާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށާއި، މީހުން ޓްރެފިކް ކުރުމުގެ ކުށާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ވައްކަމާއި ޓެކުމާއި ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށުގެ ތެރެއިން އެއްލައްކަ ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތަކާއި ކޮރަޕްޝަނާއި، ގޭންގް ކުށާއި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުމާއި، ދައުލަތުގެ އިސްތިޤްލާލާއި މިނިވަން ކަމަށް ގެއްލުންވާ ފަދަ ޢަމަލު ހިންގުން އަދި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ ކޮންމެ ކުށެކެވެ.

މިޤަވާއިދަށް ައަމަލް ކުރަން ފެށުމުގެ ކުރިން ބޮޑެތި ކުށްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކުށްތަކަށް ވެސް ޤާނޫނުލް އުޤޫބާތުގެ 61 ވަނަ މާއްދާގައި ބުނާ ލިމިޓޭޝަން މުއްދަތު ހަމަނުވާ މައްސަލައެއް ނަމަ އެމައްސަލަތަކަށް ވެސް ދައުލަތުން ވަކީލަކު ހަމަޖެއްސުމަށް ވަނީ ޤަވާއިދުގައި ކަނޑައަޅާފައެވެ. އެފަދަ ކުށްތަކުގެ ތެރޭގައި ހިމެނެނީ ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގައި ބައިވެރިވުމާއި، މާރާމާރީގެ ސަބަބުން ލިބޭ ނުރައްކާތެރި ހާނީއްކައާއި މާރާމާރީގެ ސަބަބުން މީހެއްގެ ގުނަވަނެއް ނެތިދިއުމާއި، ވައްކަމާއި ޓެކުމާއި ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށުގެ ތެރެއިން 50000 ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް އަދި ކޮއިން ނުވަތަ ނޫޓް ކައުންޓަރފީޓް ކުރުމެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ވަކީލަކު ހަމަޖައްސައިދޭން ޖެހޭފަދަ މާލީ ތަނަވަސް ކަމެއް ނެތް މީހުން ކަނޑައެޅުމުގައި އުމުރުން 18 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައިވާނަމަ ބަލާނީ އެމީހަކަށް ލިބޭ އާމްދަނީއާއި އޭނާ ކުރާ ޚަރަދަށެވެ. އަދި 18 އަހަރު ނުފުރޭނަމަ ބަލާނީ އެމީހަކަށް ލިބޭ އާމްދަނީއާއި އޭނާ ކުރާ ޚަރަދުގެ އިތުރުން އެމީހެއްގެ ބެލެނިވެރިޔާއަށް ނުވަތަ ބަލަދުވެރިޔާއަށް ލިބޭ އާމްދަނީއާއި އެމީހަކު ކުރާ ޚަރަދަށެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މީހާއަށް ލިބޭ އާމްދަނީ ކަނޑައެޅުމުގައި ބަލާނީ އޭނާއަށް ލިބޭ މުސާރައާއި އެމީހެއްގެ ނަމުގައި ހުޅުވާފައިވާ ނުވަތަ އޭނާއަށް ފައިސާ ނެގޭގޮތަށް ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގައިވާ ފައިސާ އަދި އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީއާއި ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ އިމާރާތެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީ، ޕެންޝަން ނުވަތަ ޚާއްޞަ އެހީގެ ގޮތުގައި ލިބޭ ފައިސާ، މީހަކާ އިނދެގެން އުޅޭނަމަ އެމީހެއްގެ އަނބި ނުވަތަ ފިރިމީހާއަށް ކުރިން ބުނެވުނު ގޮްތްގޮތުން ލިބޭ އާމްދަނީގެ އިތުރުން އަދިވެސް އެހެނިހެން ގޮތްގޮތުން އާމްދަނީއެއް ލިބޭނަމަ އެއާމްދަނީއެކެވެ.

އެފަދަ މީހަކު ކުރާ ޚަރަދު ކަނޑައެޅުމުގައި ބަލާނީ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ކައިވެނިކޮށްގެން އުޅޭ މީހެއްކަން ނުވަތަ ނޫންކަން، ދަރިން ތިބިނަމަ ދަރިންގެ އަދަދު އަދި އުމުރުފުރާގެ އިތުރުން ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށް ހިފައިގެން އުޅޭކަން ނުވަތަ ނޫންކަމެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ހޯމަ ދުވަހު ޢާއްމު ކޮށްފައިވާއިރު މިހާރު ވަނީ މިޤަވާއިދަށް އަމަލް ކުރަން ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް