Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި

7 ޖުލައި 2026 | އަންގާރަ 11:25

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހއ. މުރައިދޫން ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހިމެނޭއިރު، މި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައި. ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި މީހުން އަތުލައިގަތީ މުރައިދޫގެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 4.5 ގުރާމުގެ ތަކެތި ހޯދުމަށްފަހުގައި. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2026 | އަންގާރަ 11:25
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ ކިނާރާގެ މުޙައްމަދު ޢާޝިރު އާއި އެ ރަށު ވެނީލާގެ މުޙައްމަދު ޒައިން ޙަސަން

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ ކިނާރާގެ މުޙައްމަދު ޢާޝިރު އާއި އެ ރަށު ވެނީލާގެ މުޙައްމަދު ޒައިން ޙަސަން | ޕޮލިސް

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހއ. މުރައިދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި މުރައިދޫ ފެނަކަ ކޯޕަރޭޝަން ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުވެސް ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ ކިނާރާގެ މުޙައްމަދު ޢާޝިރު އާއި އެ ރަށު ވެނީލާގެ މުޙައްމަދު ޒައިން ޙަސަން އެވެ. ޢާޝިރަކީ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗެއްގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުރި މީހެކެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިހިނގާ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ.

މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. ދިއްދޫ ޕޮލިސް ގުޅިގެންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މުރައިދޫގައި ހުރި ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

މަސްތުވާތަކެތިދިވެހި ފުލުހުންގެ ޚިދުމަތް

އިތުރަށް ކިޔާލަން

07 ޖުލައި 2026

ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 ޖުލައި 2026
ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި
06 ޖުލައި 2026

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ

06 ޖުލައި 2026
ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ
03 ޖުލައި 2026

ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ

03 ޖުލައި 2026
ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ
03 ޖުލައި 2026

ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ

03 ޖުލައި 2026
ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ
02 ޖުލައި 2026

ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

02 ޖުލައި 2026
ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
28 ޖޫން 2026

ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުގައި މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓުވުމަށް ބައިނަލްއަގުވާމީ 60 ޖަމިއްޔާއަކުން ގޮވާލައިފި

28 ޖޫން 2026
ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުގައި މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓުވުމަށް ބައިނަލްއަގުވާމީ 60 ޖަމިއްޔާއަކުން ގޮވާލައިފި
27 ޖޫން 2026

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

27 ޖޫން 2026
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
25 ޖޫން 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

25 ޖޫން 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ
16 ޖޫން 2026

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

16 ޖޫން 2026
ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި
13 ޖޫން 2026

ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!

13 ޖޫން 2026
ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް