Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން ދުވަސް

މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންތެރި: ރައީސް މުއިއްޒު

26 ޖުލައި 2026 | އާދީއްތަ 05:26

މިނިވަންކަން ދެމެހެއްޓުމަށްޓަކައި ގައުމީ ލޯބި އިސްކޮށް، މުޖުތަމައުގެ ބަދަހިކަން ހިފެހެއްޓުމަށް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވި. އަދި "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވަނީ ގައުމީ މަސައްކަތުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖުލައި 2026 | އާދީއްތަ 05:26
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންތެރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް މުއިއްޒު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވީ ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރައްވާފަ އެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މިއަދު ދިވެހި ރައްޔިތުންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުމެވެ. މި މުހިންމު ވާޖިބު އަދާކުރުމަށްޓަކައި ގައުމީ ލޯބި އިސްކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޒުވާނުންގެ ގާބިލުކަން އިތުރުކުރުމާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް މުއިއްޒު އަލިއަޅުއްވާލެއްވި އެވެ. އަދި މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުމަކީ މިނިވަންކަން ދެމެހެއްޓުމަށް އިންތިހާއަށް ބޭނުންތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ވަނީ މި ހުރިހާ ސިފަތަކުން ސިފަ ލިބިގަނެ، މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވަނީ ގައުމީ މަސައްކަތުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވާފަ އެވެ.

މިނިވަން ދުވަހާއި ގުޅިގެން ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި މުޖުތަމައުގައި އާއްމު ރައްޔިތުންގެ ބަދަހި ގުޅުންތަކަށް ހީނަރުކަން އަންނަ ގޮތަށް އެމަނިކުފާނު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ބަދަލު ގެނައުމަށްޓަކައި އަދި ރާއްޖެއަށް ބޭސް އެތެރެކުރާ އަމިއްލަ ވިޔަފާރިވެރިންނަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް އަމާޒު ކުރެއްވި އެވެ. އެއީ ބޭހުގެ މާފިޔާ ކަމާއި، ޑޮލަރު ވެސް ލިބުން ދަތިވަނީ ވިޔަފާރިވެރިންގެ ސަބަބުން ކަމަށް ރައީސް މުއިއްޒު ތުހުމަތު ކުރެއްވި އެވެ. 

މިނިވަން ދުވަސްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

26 ޖުލައި 2026

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖުލައި 2026
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
26 ޖުލައި 2026

ރާއްޖެއަކީ ވަށައިގެން ފަންގިން ބިތެއް ޖަހާލައިގެން އެކަނިމާއެކަނި އޮވެވޭނެ ޤައުމެއް ނޫން، އަވައްޓެރި ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރަން ޖެހޭނެ: ޝާހިދު

26 ޖުލައި 2026
ރާއްޖެއަކީ ވަށައިގެން ފަންގިން ބިތެއް ޖަހާލައިގެން އެކަނިމާއެކަނި އޮވެވޭނެ ޤައުމެއް ނޫން، އަވައްޓެރި ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރަން ޖެހޭނެ: ޝާހިދު
25 ޖުލައި 2026

ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މިނިވަންދުވަހުގެ ޝަރަފުވެރިމެހުމާނު، މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

25 ޖުލައި 2026
ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މިނިވަންދުވަހުގެ ޝަރަފުވެރިމެހުމާނު، މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
25 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެންނަނީ

25 ޖުލައި 2026
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެންނަނީ
25 ޖުލައި 2026

މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީ އަރަބިއްޔާގެ ވަލީއަހުދުގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި

25 ޖުލައި 2026
މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީ އަރަބިއްޔާގެ ވަލީއަހުދުގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި
24 ޖުލައި 2026

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

24 ޖުލައި 2026
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
24 ޖުލައި 2026

މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ އިމާރާތެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް މުއިއްޒު

24 ޖުލައި 2026
މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ އިމާރާތެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް މުއިއްޒު
23 ޖުލައި 2026

އިސްލާހުތަކާއެކު، ގުނަވަން ބަދަލުކުރާ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

23 ޖުލައި 2026
އިސްލާހުތަކާއެކު، ގުނަވަން ބަދަލުކުރާ ބިލު ރައީސް ތަސްދީޤު ކުރައްވައިފި
23 ޖުލައި 2026

ޕީއެންސީގެ މަޖިލިސް މެންބަރުން ދައްކާނީ ކޮން މޫނެއް؟

23 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުން ދައްކާނީ ކޮން މޫނެއް؟
18 ޖުލައި 2026

57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި

18 ޖުލައި 2026
57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް