Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ބާސާ ބަލިނުވުމުގެ ރެކޯޑު ދެމަހައްޓައިފި

ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 އޮކްޓޯބަރު 2017 | ހޯމަ 06:58
ބާސާއިން މި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދާ

ބާސާއިން މި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދާ

ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ކެޓަލޯނިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ވިދިގެން މި މެޗު ކުޅެފައި ވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތައް އުފައްދާފައި ވަނީ ލަސް ޕަލްމާސްއިންނެވެ. ބާސާއަށް ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު ލަސް ޕަލްމާސްއަށް ވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ބަދަލުތަކާ އެކު ނުކުތް ބާސާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި މެސީ ނަގައިދިން ކޯނަރަކުން ސާޖިއޯ ބުސްކެޓްސް ވަނީ ބާސާއަށް ލަސް ޕަލްމާސްގެ ގޯލު ހުޅުވައިދީފައެވެ.

މި ލަނޑަށް ފަހު ބާސާއިން މެޗުގެ ކޮންޓްރޯލް ނަގައި ގިނަ ވަގުތު ލަސް ޕަލްމާސްގެ ހާފުގައި ބޯޅަ ގެންގުޅުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ 70 ވަނަ މިނިޓުގައި ޑެނިސް ސުއަރޭޒް ދިން ހިތްގައިމު ޕާހަކުން، ކީޕަރު ކަޓުވާލުމަށް ފަހު މެސީ ލަނޑެއް ޖެހުމެވެ. މެސީ ވަނީ އޭގެ ހަތް މިނިޓު ފަހުން ލަނޑެއް ޖަހާ ބާސާއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މި މޮޅާއެކު ބާސާއިން ވަނީ މި ސީޒަނުގައި އެ ޓީމުން ލަލީގާގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައެވެ. އަދި މެސީ މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ވަނީ މި އަހަރު ތެރޭ މުޅި ޖުމްލަ 45 ލަނޑު ޖަހާފައެވެ.

ބާސާއޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 21 ޕޮއިންޓާ އެކު ލަލީގާގެ އެއްވަނައިގައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު