Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ޔަމަން

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ކިންގް ޚާލިދު އެއާބޭސްއަށް މިސައިލް ހަމަލާ ދީފި

25 ޖުލައި 2026 | ހޮނިހިރު 08:42

ސައުދީގެ އަރަމްކޯ ތެޔޮ ގުދަންތަކަށާއި ކިންގް ޚާލިދު އެއާބޭސްއަށް ޔަމަނުގެ ފައުޖުތަކުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި. މި ހަމަލާތަކާ ގުޅިގެން ސައުދީގެ ބައެއް އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާއިރު، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ޔަމަނުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދެއް ކަމަށްވާ ހުދައިދާގައި ހުރި މުވާސަލާތީ މަރުކަޒުތަކަށާއި ތެޔޮ ގުދަންތަކަށް ވައިގެ ހަމަލާތަކެއް ދީފަ

ރާއްޖެ އެމްވީ | 25 ޖުލައި 2026 | ހޮނިހިރު 08:42
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާ ގާތްގަނޑަކަށް 884 ކިލޯމީޓަރު ދުރުގައި އޮންނަ ޚަމީސް މުޝައިތު ސިޓީ ކައިރީގައި އޮންނަ ކިންގް ޚާލިދު އެއާބޭސްއަށް، އެ ގައުމުގެ އަސްކަރިއްޔާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ޖައްސަނީ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާ ގާތްގަނޑަކަށް 884 ކިލޯމީޓަރު ދުރުގައި އޮންނަ ޚަމީސް މުޝައިތު ސިޓީ ކައިރީގައި އޮންނަ ކިންގް ޚާލިދު އެއާބޭސްއަށް، އެ ގައުމުގެ އަސްކަރިއްޔާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ޖައްސަނީ. | އޭއެފްޕީ

ސައުދީ އަރަބިއްޔާއިން ޔަމަނަށް ދެމުންދާ އަސްކަރީ ހަމަލާތަކާއި، އެ ގައުމު ބަންދުކޮށްފައި އޮތް އޮތުމުގެ ބަދަލުހިފުމުގެ ގޮތުން، ޔަމަނުގެ ހޫޘީންގެ ހަތިޔާރު އެޅި ފައުޖުތަކުން ސައުދީގެ ދެކުނުގެ އަސީރު ސަރަހައްދުގައި އޮންނަ މައި ވައިގެ ބޭހަކަށް މިސައިލް ހަމަލާއެއް ދީފި އެވެ.

އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޔަމަނުގައި އަމިއްލައަށް އުފައްދާފައިވާ ބެލިސްޓިކް މިސައިލްތަކަކުން ހަމަލާދީފައިވަނީ، ސައުދީގެ ވެރިރަށް ރިޔާޟާ ގާތްގަނޑަކަށް 884 ކިލޯމީޓަރު ދުރުގައި އޮންނަ ޚަމީސް މުޝައިތު ސިޓީ ކައިރީގައި ހުންނަ ކިންގް ޚާލިދު އެއާބޭސްގެ ކަނޑައެޅިފައިވާ އަމާޒުތަކަށެވެ.

ސައުދީގެ ޖީޒާން ތެޔޮ ރައްކައުކުރާ މަރުކަޒަށް ދިން ހަމަލާގެ ވީޑިއޯ އެއް

މި ހަމަލާއަކީ ރިޔާޟްގެ ސަރުކާރުން ޔަމަނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އުދުވާނާއި، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކުރިއަށްގެންދާ އަނިޔާވެރި ހިސާރުކުރުމުގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާ ދީފައިވަނީ، ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނު ބޯޑަރު ސަރަހައްދެއް ކަމަށްވާ ޖީޒާންގައި ހުންނަ ސައުދީ ސަރުކާރުގެ ތެލާއި ގޭސް ކުންފުނި، ސައުދީ އަރަމްކޯގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް ޔަމަނުގެ ފައުޖުތަކުން ބެލިސްޓިކް މިސައިލްތަކަކުން ހަމަލާދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.

ސަރަހައްދީ މީޑިއާތަކުން ބުނާ ގޮތުގައި، ޖީޒާން ސަރަހައްދަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފަ އެވެ.

މީގެ އިތުރުން، ސައުދީގެ ބަނދަރު ރަށެއް ކަމަށްވާ ޔަންބޫގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް ޔަމަނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ވައިގެ ދަތުރުފަތުރުތައް ވަގުތުން ބަލައިލެވޭ ފްލައިޓް ޓްރެކަރުތަކުން ދައްކާ ގޮތުގައި، ޔަމަނުގެ ފައުޖުތަކުން ސައުދީއަށް ދިން ހަމަލާތަކާ ގުޅިގެން ރިޔާޟަށާއި އެހެނިހެން ސިޓީތަކަށް ދަތުރުކުރި ފްލައިޓްތަކުގެ މިސްރާބު ވަނީ ބަދަލުކޮށްފަ އެވެ.

މި ހަމަލާތަކުގެ ސަބަބުން ޔަންބޫގައި ހުންނަ ޕްރިންސް އަބްދުލްމުހްސިން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި، ޖީޒާން އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުން މަޝްހޫރުވެފައިވާ ކިންގް އަބްދުﷲ ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފަ އެވެ.

ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ޔަމަނުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދެއް ކަމަށްވާ ހުދައިދާގައި ހުރި މުވާސަލާތީ މަރުކަޒުތަކަށާއި ތެޔޮ ގުދަންތަކަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.

މިދިޔަ ހޯމަ ދުވަހު ޔަމަނުން ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް "ކަނޑުގެ މަގުން ހިސާރުކުރުމެއް" ވަގުތުން ފަށާފައިވާކަން އިއުލާންކޮށްފަ އެވެ.

އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީއާ ގުޅުންހުރި ކަނޑުގެ އުޅަނދުފަހަރު ދަތުރުފަތުރުކުރުން މަނާކުރުމުގެ ނިންމުމަށް، އެ ބަޔާން ނެރުނު ވަގުތުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

ސައުދީން ޔަމަނަށް ދޭ ހަމަލާތައް އިތުރުކޮށްފިނަމަ، އޭގެ ރައްދުގައި ވަރުގަދަ އަދި ފުރިހަމަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ސަރީއު ވަނީ ދެއްވާފަ އެވެ.

ސައުދީ އަރަބިއްޔާ-ޔަމަންކިންގް ޚާލިދު އެއާބޭސްހުދައިދާ

އިތުރަށް ކިޔާލަން

25 ޖުލައި 2026

ހުދައިދާގައި ހުރި ހޫޘީންގެ ހަނގުރާމަވެރި ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް، ގުޅިފައިވާ ހަނގުރާމަވެރި ބާރުތަކުން އިއުލާންކޮށްފި

25 ޖުލައި 2026
ހުދައިދާގައި ހުރި ހޫޘީންގެ ހަނގުރާމަވެރި ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް، ގުޅިފައިވާ ހަނގުރާމަވެރި ބާރުތަކުން އިއުލާންކޮށްފި
21 ޖުލައި 2026

ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި

21 ޖުލައި 2026
ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި
13 ޖުލައި 2026

ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި

13 ޖުލައި 2026
ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި
02 ޖެނުއަރީ 2026

ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި

02 ޖެނުއަރީ 2026
 ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް