Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފްލައިނާސް

ފްލައިނާސްއިން ރިޔާޟް-މާލެ ސީދާ ދަތުރުތައް އަލުން ފަށައިފި

20 ޖޫން 2026 | ހޮނިހިރު 18:41

ސައުދީ އަރަބިއްޔާގެ ފްލައިނާސް އެއާލައިނުން ރިޔާޟާއި މާލެއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރުމަށް ނިންމައި، ޝެޑިއުލް ދަތުރުތައް އަލުން ފަށައިފި. ޖޫން 20 ވަނަ ދުވަހު ފެށި މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓުން އައި ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 18:41
ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން އެ ގައުމުގެ ރިޔާޟުން ދިވެހިރާއްޖެ އަށް ކުރާ ސީދާ ދަތުރުތައް އަލުން ފަށައިފި.

ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން އެ ގައުމުގެ ރިޔާޟުން ދިވެހިރާއްޖެ އަށް ކުރާ ސީދާ ދަތުރުތައް އަލުން ފަށައިފި. | ވެލާނާ އެއާޕޯޓް

ފްލައިނާސް އެއާލައިނުން ސައުދީ އަރަބިއްޔާގެ ރިޔާޟާއި މާލެއާ ދެމެދު ސީދާ ދަތުރުތައް އަލުން ކުރުމަށް ނިންމައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަން ފަށައިފިއެވެ.

ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މި ބަޖެޓް އެއާލައިނުން ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ތިން ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ދަތުރުތައް އަލުން ފެށުމުގެ ގޮތުން ކުރި ފުރަތަމަ ދަތުރު، ފްލައިނާސްގެ އެކްސްވައި245 (XY245) ފްލައިޓް ރިޔާޟުން ފުރައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސްފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. މި ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކަކާއެކު، ވޯޓާ ސަލިއުޓެއް އަރުވައިގެންނެވެ.

މި ދަތުރުތައް ފެށުމުގެ މުނާސަބަތުގައި، ފްލައިނާސްގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި ފަސިންޖަރުންނަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއާލައިނުގެ ފުރަތަމަ ފްލައިޓުން ފުރި ފަސިންޖަރުންނަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ.

ދިވެހިރާއްޖެ-ސައުދީ އަރަބިއްޔާފްލައިނާސް

އިތުރަށް ކިޔާލަން

06 އެޕްރީލު 2026

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި

06 އެޕްރީލު 2026
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި
25 މާރިޗު 2026

އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

25 މާރިޗު 2026
އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ
23 މާރިޗު 2026

ފިނި ހަނގުރާމައިގެ ދުވަސްވަރު ސައުދީން "ވައްހާބީ" ފިކުރު ފެތުރީ އެމެރިކާއާއި ހުޅަނގުގެ އެދުމަށް: ވަލީއަހުދު, މުޙައްމަދު ބިން ސަލްމާން

23 މާރިޗު 2026
ފިނި ހަނގުރާމައިގެ ދުވަސްވަރު ސައުދީން "ވައްހާބީ" ފިކުރު ފެތުރީ އެމެރިކާއާއި ހުޅަނގުގެ އެދުމަށް: ވަލީއަހުދު, މުޙައްމަދު ބިން ސަލްމާން
18 މާރިޗު 2026

ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި

18 މާރިޗު 2026
ފިޠުރުޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ސައުދީން އިޢުލާނުކޮށްފި
12 މާރިޗު 2026

އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް

12 މާރިޗު 2026
އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް
10 މާރިޗު 2026

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގެ ދިފާއުގައި އީރާނުން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކޮށްފި

10 މާރިޗު 2026
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގެ ދިފާއުގައި އީރާނުން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކޮށްފި
09 ފެބުރުއަރީ 2026

ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި

09 ފެބުރުއަރީ 2026
ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް