ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ގޯލްކީޕަރު ސްޕެއިންގެ އުނާއީ ސިމޯން އަށް ގޯލްޑަން ގްލޯވް އިނާމު ލިބިއްޖެ
އެތުލެޓިކް ކްލަބުގެ ކީޕަރު އުނާއި ސިމޯން މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާގެ ކޮޅަށް މުޅި މުބާރާތުގައި ވަދެފައިވަނީ އެންމެ ލަނޑެއް. ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ކުރި އިތުބާރާއެކު، ސިމޯން ވަނީ މުހިންމު ސޭވްތަކެއްކޮށް ސްޕެއިންއަށް މުބާރާތުގެ ތަށި ހޯދައިދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައި.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި އުނާއީ ސިމޯން ގޯލު ބެލެހެއްޓަނީ | ގެޓީ އިމޭޖަސް
މުޅި މުބާރާތުގައި ކުޅުނު އަށް މެޗުން ބައިކޮޅަށް އެންމެ ލަނޑެއް ވަދެފައިވާއިރު، އެންމެ މޮޅު ގޯލްކީޕަރަށްދޭ ގޯލްޑަން ގްލޯވް އެވޯޑް ސްޕެއިންގެ އުނާއީ ސިމޯން ކާމިޔާބުކޮށްފިއެވެ.
އެތުލެޓިކް ކްލަބަށް ކުޅެމުން އަންނަ ކީޕަރު ސިމޯން ވަނީ މި މުބާރާތުގެ ހަތް މެޗެއްގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. އޭނާގެ ކޮޅަށް މުޅި މުބާރާތުގައި ވެސް ވަދެފައިވަނީ ކުއާޓާ ފައިނަލްގައި ބެލްޖިއަމްގެ ޗާލްސް ޑި ކެޓެލޭރާ ކާމިޔާބުކުރި ހަމައެކަނި ލަނޑެވެ.
އާސެނަލްއާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރި ޑޭވިޑް ރާޔާގެ ބަދަލުގައި، ސްޕެއިންގެ އެއްވަނަ ކީޕަރުގެ މަގާމަށް އުމުރުން 29 އަހަރުގެ ސިމޯން އިޚްތިޔާރުކުރުމުން، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ކޯޗު ލުއިސް ޑި ލަ ފުއެންޓޭ އޭނާއަށް ކުރި އިތުބާރު ދަމަހައްޓާފަ އެވެ. ސްޕެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ސިމޯން ވަނީ މުހިންމު ސޭވްތަކެއްކޮށް ޓީމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.










