Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް

5 ޖޫން 2026 | ހުކުރު 08:48

ހަންކެޑެ މަޝްރޫޢަށް ގެނައި ބަދަލުތަކާއި، ޝަންގްރިއްލާ ރިސޯޓު ހުޅުވުމުގައި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކުރައްވައި، ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަމަށް ޝާހިދު ތުހުމަތުކުރެއްވި. މީގެ އިތުރުން ހިތަދޫގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ވީ ވައުދާ އެއްގޮތަށް ނަތީޖާ ނުފެންނާތީ އެކަމުގެ ކަންބޮޑުވުންވެސް އޭނާ ފާޅުކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 5 ޖޫން 2026 | ހުކުރު 08:48
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ "ސޯބެ ޖަލްސާ"ގައި ވާހަކަދައްކަވަނީ 04.06.2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ "ސޯބެ ޖަލްސާ"ގައި ވާހަކަދައްކަވަނީ 04.06.2026 | އެމްޑީޕީ

އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން ކަނޑާ ފޮނި، ސަރުކާރުގެ ޢަމަލީ މަސައްކަތާ ދިމާ ނުވާ ކަމަށާއި ސަރުކާރުގެ އަމަލުން ފެންނަނީ އެ މަންޒަރު ކަަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ އައްޑޫގެ ތަރައްްޤީ އާއި މެދު ސަރުކާރުން ދައްކާ ވާހަކަ އާއި އަމަލުތަކާއި ހުރީ ދިމާ އިދިިކޮޅަށް ކަމަށް ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން ޝާހިދު އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ކަމަކީ  ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫގައި ފެއްޓެވި ހަންކެޑެ ބްރިޖް އާއި މެދު މި ސަރުކާރުން އަމަލު ކުރި ގޮތެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަކީ ތާކުންތާކު ނުޖެހޭ، ބެލުމެއް ނެތި ގެނައި ބަދަލުތަކެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ އެ ޕްރޮޖެކްޓުގެ ތެރެއަށް މި ސަރުކާރުން ވަދެ ހާވާފައި ވަނީ ހުސް ހަޑި ކަމަށެވެ، އެގޮތުން އެ މަޝްރޫއުގެ އެގްރިމެންޓްތައް ނިމިފައި ވަނިކޮށް، މި ސަރުކާރުން އެކަންކަން ބަދަލުކުރީ ރައްޔިތުންނަށް އޭގެ މަންފާ ނުލިބޭ ގޮތަށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ޝަންގްރިއްލާ ހުޅުވުމުގެ ނަމުގައި ވެސް އޮޅުވާލި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަން ކުރުމަށް މާލޭގެ ހޮޓަލަކުން ތިން ފަތުރުވެރިއަކު ގެނެސް އެތަން ހުޅުވި ނަމަވެސް  މިއަދު އެތަނުގައި ޖިންނި ޝައިތާނުން ފިޔަވައި އެހެން ބަޔަކު އެތާ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުރި ކަންކަން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ތިން މަސް ތެރޭގައި ހިތަދޫގައި ބަންކަރިން ފަށައި އަހަރަކު 400 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން އިއުލާން ކުރި ކަމަށެވެ. އެހެންނަމަވެސް 400 މިލިއަން ވީތަނެއް އެނގޭ މީހަކު ނެތްކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. ޝާހިދު ވަނީ މީގެ އިތުރުން ވެސް ސަރުކާރުގެ ބަހާއި އަމަލާއި ދިމާ ނުވާ ކަންކަން ހުރި ކަމަށް ފާހަގަކުރައްވާ އެކަންކަމަށް ފާޑު ވިދާޅުވެފަ އެވެ.

އައްޑޫއަބްދުﷲ ޝާހިދުއެމްޑީޕީހަންކެޑަ ބްރިޖްޝަންގްރިއްލާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖޫން 2026

ޣަފޫރު: މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް, ސަރުކާރެއްގެ ސިފަ އެއް ނެތް

05 ޖޫން 2026
ޣަފޫރު: މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް, ސަރުކާރެއްގެ ސިފަ އެއް ނެތް
05 ޖޫން 2026

''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު

05 ޖޫން 2026
''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު
05 ޖޫން 2026

ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް

05 ޖޫން 2026
ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް
05 ޖޫން 2026

ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު

05 ޖޫން 2026
ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
04 ޖޫން 2026

ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

04 ޖޫން 2026
ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ
04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
04 ޖޫން 2026

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް

04 ޖޫން 2026
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް
04 ޖޫން 2026

އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް

04 ޖޫން 2026
އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް
04 ޖޫން 2026

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް