Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

13 ޖުލައި 2026 | ހޯމަ 05:53

އައްޑޫ ލިންކް ރޯޑް ތަރައްގީކުރުމުގެ މަޝްރޫއު ނިމޭނެ ސީދާ ތާރީޚެއް ވިދާޅުވާން އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުއްތަލިބަށް މަޖިލީހުގައި މިއަދު ދަތިފުޅުވި. މަސައްކަތް ލަސްވާތީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަގު ހެދުމުގައި ދިމާވާ ދަތިތަކާއެކުވެސް މަޝްރޫއު އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް. މި މަޝްރޫއުގެ ދަށުން 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ފުޅާކޮށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖުލައި 2026 | ހޯމަ 05:53
އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި | ރައްޔިތުންގެ މަޖިލިސް

މިދިޔަ 2025 ވަނަ އަހަރުގެ އެޕްރީލް 8 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރި އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އޭގެ 7 މަސް ފަހުން ނޮވެމްބަރުގައި ފަށާފައިވާ ކަމަށް އިއުލާނު ކުރުމަށް ފަހު އޭގެ އިތުރު 8 މަސް ފަހުން އެކަމާ ގުޅޭ ސުވާލު ކުރުމުން ވެސް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބަށް ޖަވާބެއް ނުދެއްވުނެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވަނީ އައްޑޫ ލިންކްރޯޑްގެ މަސައްކަތް އަދިވެސް ނުނިމޭތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ މިނިސްޓަރު މުއްތަލިބު ވަނީ އެކަމުގައި ހުރި އުނދަގޫތަކުގެ ވާހަކަ ދައްކަވާފަ އެވެ. އަދި މަސައްކަތް ނިމޭނެ ސީދާ ތާރީޚެއް ވެސް މިނިސްޓަރަކަށް ވިދާޅެއް ނުވެވުނެވެ. 

ވަރަށް ކާރޫބާރޫ ބޮޑު އެހެން ޑައިވަރޝަން މަގެއް ނެތް ތަނެއް ލިންކްރޯޑަކީ. އެހެންވީމަ އަޅުގަނޑުމެން އެ މަގު ހަދާއިރު ވިސްނާލަން ޖެހޭނެ އެއްފަޅީގައި ހަދާފަ ހުޅުވާފަ އަނެއް ފަރާތް ހެދުމުގެ މަސައްކަތް ކުރަން. އެހެންވީމާ އެގޮތުން ފުޅާ ކުރުމަށް ސާފު ކުރަން ޖެހޭ ބައި ސާފު ކުރުމަށްފަހުގައި ސައިޑް ވޯކް ހެދުމެއް ނޫން. ފުރަތަމަ އެންމެ އިސްކަމެއް ދޭނީ ކެރިއޭޖް މަސައްކަތް ކުރުމަށްޓަކައި. އިއްޔެ ވެސް ރައީސް، އައްޑޫގެ ލިންކް ރޯޑްގެ ވާހަކަ، އާރްޑީސީ އެމްޑީ ވެސް އިންވައިގެން އަޅުގަނޑުމެން އެވާހަކަ ދެއްކިން. އައްޑޫ ލިންކްރޯޑްގެ މަސައްކަތަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއް ދީގެން ހިންގާ މަޝްރޫއެއް. 
އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ވެސް މިނިސްޓަރު ދެއްވާފައި ނުވާއިރު އެ މަސައްކަތް އަވަސްކޮށްގެން ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ. 

އައްޑޫ ލިންކް ރޯޑުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވާފައިވާއިރު 2 އަހަރު ފާއިތުވެގެން ދިޔައިރު ވެސް މަގުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ އެވެ. 

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން މިނިސްޓަރު މުއްތަލިބާ އެ ސުވާލު ކުރެވުނު ނަމަވެސް މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އެކިފަހަރުމަތިން ތަކުރާރުކޮށް އެ ސުވާލު މެންބަރުން ކުރެއްވި އިރު މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. 

މި މަސައްކަތް ނުފަށާ އެތައް ދުވަހެއް ފާއިތުވެފައިވާއިރު ލިންކު ރޯޑް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މަޝްރޫއަށް ބޭނުންވާ ސާމާނު ވެސް މިހާރު ގެންގޮސްފައިވާ ކަމަށް އާރްޑީސީ ވަނީ އިން ދައުލަތުގެ މީޑިއާގައި ބުނެފަ އެވެ. 

ލިންކް ރޯޑުގެ މަޝްރޫއު ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.

2028 ގެ ކުރިން، މި މަޝްރޫއު ނިންމަން އަމާޒު ހިފާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި މިމަގު ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިވެފަ އެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއައްޑޫ ލިންކް ރޯޑުޑރ. އަބްދުﷲ މުއްތަލިބުއަހްމަދު އަޒާން މަރުޒޫގުއައްޑޫރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި

13 ޖުލައި 2026
ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި
08 ޖުލައި 2026

ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް

08 ޖުލައި 2026
ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
07 ޖުލައި 2026

ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ޖެހޭނީ ހަމަ ދިޔަ ހިއްކަން، ސަފީރުން އެކުރަނީ އެ މަސައްކަތް: ޒިޔާދު

07 ޖުލައި 2026
ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ޖެހޭނީ ހަމަ ދިޔަ ހިއްކަން، ސަފީރުން އެކުރަނީ އެ މަސައްކަތް: ޒިޔާދު
07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
07 ޖުލައި 2026

ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!

07 ޖުލައި 2026
ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!
07 ޖުލައި 2026

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

07 ޖުލައި 2026
ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު
07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ

06 ޖުލައި 2026
ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް