Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ

މަހުޖަނު ރިޗަޑް ބްރޭންސަން ސައުދީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކޮށް 50 ރިސޯޓް ތަރައްގީ ކުރަނީ!

ރިޗަޑްގެ ކުންފުންޏަކީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކުރާ ބައިނަލްއަގުވަމީ ފުރަތަމަ ކުންފުނި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 2 އޮކްޓޯބަރު 2017 | ހޯމަ 02:30
މަހުޖަނު ރިޗަޑް ބްރޭންސަން

މަހުޖަނު ރިޗަޑް ބްރޭންސަން

ވާރޖިން ގްރޫޕްގެ ވެރިޔާ ރިޗަޑް ބްރޭންސަން ސައުދީއަރބިއްޔާގައި 50 ރިސޯޓް ތަރައްގީކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ރިޗަޑްގެ ކުންފުންޏަކީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކުރާ ބައިނަލްއަގުވަމީ ފުރަތަމަ ކުންފުންޏެވެ. އަދި އެ ޕްރޮޖެކްޓްގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމަށް އެގައުމު ހުޅުވިގެންދާނެ ކަމަށް އެގައުމުން ބުންނެއެވެ.

ރިޗަރޑް ބްރޭންސަން މިހާރު ހުރީ ވެސް ސައުދީ އަރަބިއްޔާގައެވެ.

ސައުދީން 2030އަށް އަމާޒުކޮށް ފަށާފައިވާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ސައުދީ އިގްތިސާދު ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދު މުޅިން އާ މޮޑެލްއަކަށް ބަދަލުކޮށްލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިމަޝްރޫއުގެ ދަށުން، ދުނިޔޭގައި ސައުދީ އަރަބިއްޔާގެ ތަސައްވުރު ރަނގަޅުކޮށް، ސައުދީ އަރަބިއްޔާ ޕްރޮމޯޓް ކުރުމުގެ ވަރަށް ވަރުގަދަ ކެމްޕެއިނެއް ވެސް ސައުދީ މީޑިއާއިން ވަނީ ފަށާފައެވެ.

ރިސޯޓްތައް ހެދުމުގެ މަސައްކަތް ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުއެވެ. އެކަމަށް ބޭނުންވާ ވަގުތީ ފަންޑުތައް ފޯރުވައި ދޭނީ ސައުދީ ސަރުކާރުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ކަމަށް ވެއެވެ.

ސައުދީ ސަރުކާރުން ބުނެފައި ވަނީ، އަލަށް ހަދާ ރިސޯޓްތައް ހުޅުވުމުން 35،000 ވަޒީފާ އުފެދިގެންދާނޭ ކަމަށެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު