Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް

8 ޖުލައި 2026 | ބުދަ 15:00

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ސިޔާސީ ބޭނުމަކަށް ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި. މި ގަރާރުގައި ބަޔާންކޮށްފައިވަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ގާނޫނުއަސާސީއާއި ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް، ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުންނަށް އަދަބުދީ ވަޒީފާއިން ވަކިކުރަމުންދާ ކަމަށް. އަދި ވަޒީފާއިން ވަކިކުރާ މީހުންނަކީ ވައްކަންކުރާ ބައެއް ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަމުންދާ ކަމަށްވެސް މި ގަރާރުގައި ފާހަގަކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ޖުލައި 2026 | ބުދަ 15:00
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް

މިއީ ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރުގައި ހިފެހެއްޓުމަށް މުވައްޒަފުން މަދު ކުރުމަށް ނިވައިފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާ އިން ވަކިކުރަމުންދާ ކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ. އެ ގަރާރުގައި މައުރޫފް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއްކަމާއި ގާނޫނުގެ ރައްކާތެރިކަމާ ގާނޫނުުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްވެ ވެސް ހައްގެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ، އެ މީހަކު އިޚުތިޔާރު ކުރުމާ ވަޒީފާ އެއް އަދާކުރުކުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވާ ކަން ގަރާރުގައި ވެ އެވެ. 

އޭގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގައި މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަޚުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހު ވެސް، އޭނާ ގެ މަސައްކަތުގެ އަޚުލާގާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނގެ ޒިންމާ އަދާ ނުކުރާ ކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ ވަޒީފާ އަދާކުރަުންދާ މުވައްޒަފަކު އޭނާ ގެ ވަޒީފާ އިން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ވެ އެވެ. 

ގަރާރުގައި ބުނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރިތާ އެތައް ދުވަހެއް ފާއިތުވީ ނަމަވެސް އެކަމަށްޓަކައި އިޚުލާސްތެރިކަމާ، ހާމަކަމާއި، ހަމަހަމަކަމުގެ އުސޫލުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ކުއްލި ގޮތަކަށް ގިނަ ބަޔަކު ވަޒީފާއިން ވަކި ކުރަމުންދާތީ ހުރި ކަންބޮޑުވުންތައް ވެސް މެންބަރު ހިއްސާ ކުރެއްވި އެވެ. 

އެއީ:

  • ވަޒީފާތަކުން ވަކިކުރަމުންދަނީ މި ސަރުކާރާ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ރައްޔިތުންނާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް އެކަނިކަމަށް ވުމަކީ އިއްތިފާގެއް ނޫންކަން
  • އެ މުވައްޒަފުން ވަކި ކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބަކާ ލައިގެން ނޫންކަން
  • މި ކަންކަން ކުރަމުންގެންދަނީ އެއްވެސް ހަމައެއް އުސޫލެއް، ގާނޫނެއް އަދި ގަވާއިދެއް ބެލުމެއްނެތި އެ ކުންފުނިތަކުގެ އުސޫލުތަކާ ވެސް ޚިލާފަށްކަން
  • ގައުމުގެ އިގްތިސާދު ދަށްވެ، މާލީ ގޮތުން ރައްޔިތުންނަށް ދަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވަޒީފާތަކުން ވަކިކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު މާލީ ގޮތުން ސީދާ ގިނަ އަދަދެއްގެ މަދުފަންީގެ ގޭބިސީތަކަށް ކުރާނެ ކަމެއް ކަން

މެންބަރު ވިދާޅުވީ ސަރުކާރުން ފާޅުގައި މިކަން ކުރަމުންދާއިރު އަދި މިކަމުގެ ސަބަބުން ކުރިމަތިވާ ދައްޗާއި ބުރަ އުފުލަމުންދަނީ ރައްޔިތުން ކަމަށް ވީ ނަމަވެސް ސަރުކާރުން ދަނީ މިކަން ދޮގު ކުރަމުން ކަމަށެވެ. 

އެގޮތުން މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ދޮގު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަޒީފާތަކުން ވަކިކުރަނީ ވައްކަން ކުރާ މީހުންނާ ހަރުމުދުލަށް ގެއްލުންދޭ މީހުން ކަމަށް ވިދާޅުވެ، އެތައް ރައްޔިތުންގެ ބޮލުގައި ދައުލަތުގެ ވެރިޔާ ދޮގު އިލްޒާމް އެޅުވުމަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެތިކޮށްދިނުމަށް މާތް ﷲ ގަންދީ ކުރެއްވި ހުވަޔާ ޚިލާފު ކަމެއް ކަން ފާޅު އެނގޭ ކަމަށް ގަރާރުގައި ވެ އެވެ. 

މައުރޫފް ވިދާޅުވީ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދު ކުރަން ނިންމި ނިންމުން ސަރުކާރުން ނާޖާއިޒު ގޮތުގައި ނޭނުންކުރަމުންދަނީ ސަރުކާރަށް ތާއީދުނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ކަމަށް ފާހަގަވާ ކަމަށެވެ.

މައުރޫފް ޒާކިރުދިވެހިރާއްޖޭގެ ޤާނޫނުއަސާސީވަޒީފާއާއި ބެހޭ ގާނޫނުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
07 ޖުލައި 2026

ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ޖެހޭނީ ހަމަ ދިޔަ ހިއްކަން، ސަފީރުން އެކުރަނީ އެ މަސައްކަތް: ޒިޔާދު

07 ޖުލައި 2026
ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ޖެހޭނީ ހަމަ ދިޔަ ހިއްކަން، ސަފީރުން އެކުރަނީ އެ މަސައްކަތް: ޒިޔާދު
07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
07 ޖުލައި 2026

ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!

07 ޖުލައި 2026
ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!
07 ޖުލައި 2026

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

07 ޖުލައި 2026
ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު
07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

06 ޖުލައި 2026
ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް
06 ޖުލައި 2026

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!

06 ޖުލައި 2026
އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް