Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ-ކިއުބާ

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ކިއުބާގެ އާ ސަފީރު ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ޞިއްޙީ ދާއިރާއާއި، މަތީ ތަޢުލީމާއި، ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން ދޭ އެއްބާރުލުމަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 08:57
ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި | ރައީސް އޮފީސް

ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެކަމަނާއަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ކިއުބާގެ ސަފީރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި، މަތީ ތަޢުލީމާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ވޮލީބޯޅަ ކުރިއެރުވުމަށް އެއްބާރުލުން ދިނުން ހިމެނެއެވެ. ހަމަމިއާއެކު، އދ. ގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމުންގެންދާ އެއްބާރުލުމަށް ކިއުބާގެ ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 29 ޖަނަވަރީ 1977 ގައެވެ.

މަސްދަރު: ރައީސް އޮފީސް

ކިއުބާދިވެހިރާއްޖެޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާޑރ. މުޙައްމަދު މުޢިއްޒުދިވެހިރާއްޖެ-ކިއުބާ

އިތުރަށް ކިޔާލަން

22 ޖުލައި 2026

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
22 ޖުލައި 2026

ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރ، ރައީސްއަށް ފަތްކޮޅު އަރުވައިފި

22 ޖުލައި 2026
ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރ، ރައީސްއަށް ފަތްކޮޅު އަރުވައިފި
22 ޖުލައި 2026

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
21 ޖުލައި 2026

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނު ކުރައްވައިފި

21 ޖުލައި 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނު ކުރައްވައިފި
21 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އުފާފާޅުކުރުން ފުލުހުން ލައްވައި މާކުރިން ކޮންޓްރޯލު ކުރުމަށްފަހު ސްޕެއިންގެ ކާމިޔާބީ މުޅި ރާއްޖޭގައި ވަނީ ވަރަށް އުފަލާއެކު ފާހަގަކޮށްފައި ކަމަށް އެ ގައުމުގެ ވެރިންނަށް ފޮނުވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ

20 ޖުލައި 2026

ވެރިކަމާ ހަވާލުވެވަޑައިގަތީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ވައުދާއެކު، ނަމަވެސް ޒުވާނުން ވީ އިތުރަށް ބިކަ!

20 ޖުލައި 2026
ވެރިކަމާ ހަވާލުވެވަޑައިގަތީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ވައުދާއެކު، ނަމަވެސް ޒުވާނުން ވީ އިތުރަށް ބިކަ!
20 ޖުލައި 2026

ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ

20 ޖުލައި 2026
ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ
19 ޖުލައި 2026

ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް

19 ޖުލައި 2026
ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް
19 ޖުލައި 2026

ކޮމްފޯޓް ޓްރެޕް އިފެކްޓް: ފަސޭހަކަމުގެ ދަންތުރައިގައި ދިވެހި މުޖުތަމައު ހަލާކުވަނީތޯ؟

19 ޖުލައި 2026
ކޮމްފޯޓް ޓްރެޕް އިފެކްޓް: ފަސޭހަކަމުގެ ދަންތުރައިގައި ދިވެހި މުޖުތަމައު ހަލާކުވަނީތޯ؟
19 ޖުލައި 2026

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަން ކުރައްވައިފި

19 ޖުލައި 2026
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު