Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ

އަބްދުއްރަހީމަށް ގައުމުގެ ވެރިކަން ހަވާލުކުރުމަކީ "ޑްރެކިއުލާ" އަށް ބްލަޑް ބޭންކު ހަވާލުކުރުން ކަހަލަ ކަމެއް: އާސިފް

ޕީއެންސީއަށް ވެރިކަން ލިބުމަކީ ގައުމުގެ ހާލަތު ގޯސްވި މައިގަނޑު ސަބަބު ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ސެނެޓަރ އާދަމް އާސިފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ މާޒީއަށް އިޝާރާތްކުރައްވައި އާސިފް ވިދާޅުވީ، ގައުމުގެ ބާރުތައް އެފަދަ ބޭފުޅެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެގެންދާނެ ކަމެއް ކަމަށް

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 22 ޖުލައި 2026 | ބުދަ 06:32
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އާދަމް އާސިފް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އާދަމް އާސިފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވާ އުފެއްދެވި ޕީއެންސީއަށް ގައުމުގެ ވެރިކަން ހަވާލުކުރުމަކީ "ޑްރެކިއުލާ" އަށް ބްލަޑް ބޭންކް ހަވާލުކުރުން ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެނެޓަރ އަދި ގާނޫނީ ވަކީލު އާދަމް އާސިފް ސަރުކާރަށް ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފި އެވެ.

ރާއްޖެޓީވީން ރޭ ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާސިފް ވިދާޅުވީ، ގައުމު މިހާރު މި އޮތް ހާލަތަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެރިކަން ލިބުން ކަމަށެވެ. ޕީއެންސީއަކީ އަބްދުއްރަހީމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއަކަށް ވެފައި، އެ ޕާޓީގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ދިޔަ ހިސާބުން ގައުމާ މެދު ރައްޔިތުން ކުރި އުންމީދުތައް އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ މާޒީއަށް އިޝާރާތް ކުރައްވަމުން އާސިފް ވިދާޅުވީ، އޭނާއަކީ ދިވެހިންނަށް އައު މީހެއް ނޫން ކަމަށާއި، ކުރި ކުށެއްގެ ސަބަބުން ރަށަކަށް އަރުވާލެވުނު އިރު އެ ރަށުގައި ހިނގާދިޔަ ކަންކަމާއި އެކަމުގެ ސަބަބުތައް ދަންނަ މީހުން މިއަދު ވެސް އެބަތިބި ކަމަށެވެ. މިފަދަ މާޒީއެއް އޮތް ބަޔަކަށް ގައުމުގެ ތިޖޫރީ ބޭނުންހާ ގޮތެއް ހަދަން ހަވާލުކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އާސިފް ވިދާޅުވި އެވެ.

އަބްދުއްރަހީމާ މި ހަވާލުކުރީ ގައުމުގެ ވެރިކަން. ރާއްޖޭގައި އަބްދުއްރަހީމް ނޭނގޭނެ މީހެއް ނެތް. އަބްދުއްރަހީމަށް ގައުމެއްގެ ވެރިކަން ކުރަން ލިބުނީމަ ދެން ބަލަމާ ހިނގާ ހަމަ ޑްރެކިއުލާއަށް ބްލަޑް ބޭންކް ހަވާލުކުރުން ކަހަލަ ކަމަކަށް ނޫންތޯ ވާނީ. ރަށަކަށް އަރުވާލީމަ އެ ރަށުގައި ވީ ކަންކަން ވެސް އެނގޭ އަނެއްކާ ރަށަކަށް އަރުވާލަންޖެހުނީ ކީއްވެކަން ވެސް އެނގޭ ބަޔަކަށް އެނގޭ. އެހެންވީމަ މިކަހަލަ ހިސްޓްރީއެއް އޮތް ބަޔަކަށް ރާއްޖޭގެ ތިޖޫރި ދޭން ހެޔޮނުވާނެ ނޫންތޯ؟ ޑޮލަރު ލިބޭ ޑޮލަރު ވަދޭ ގައުމަށް ބޯކޮށް. އެކަމު މި މީހުން ކައިފަ ބާކީއެއް ނުވާނެ.
އާދަމް އާސިފް

މީގެ އިތުރުން، ޕީއެންއެފްގެ ޖަލްސާތަކުގައި ދެކެވުނު ވާހަކަތަކަކަށް އިޝާރަތްކުރައްވަމުން އާސިފް ވިދާޅުވީ، ހަގީގީ މުއުމިނުންނަށް "ދައްޖާލު" ފާހަގަކުރަން އެނގޭނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު "ދައްޖާލަކީ" ކޮބައިކަން އެ ބޭފުޅުން ސާފުކޮށްދެއްވި ކަމަށާއި، ނަމަވެސް ބަޔަކު އޭރު ދެއްކި ވާހަކަތައް ގަބޫލުކުރަން ބޭނުންނުވީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، އަބްދުއްރަހީމް އަބްދުﷲ ވެގެން ގޮސްފައިވަނީ ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ އެވެ.

އަބްދުއްރަހީމް އަބްދުﷲއާދަމް އާސިފްޕީއެންސީ

އިތުރަށް ކިޔާލަން

19 ޖުލައި 2026

ސްކޫލަށް ގެއްލުންދިން މައްސަލައިގައި ޕީއެންސީން ޒިންމާނަގައި، އެކަމުގެ ބަދަލުދޭނެކަމަށް ބުނެފި: މިނިސްޓަރު

19 ޖުލައި 2026
ސްކޫލަށް ގެއްލުންދިން މައްސަލައިގައި ޕީއެންސީން ޒިންމާނަގައި، އެކަމުގެ ބަދަލުދޭނެކަމަށް ބުނެފި: މިނިސްޓަރު
11 ޖުލައި 2026

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދީފި

11 ޖުލައި 2026
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދީފި
11 ޖުލައި 2026

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި 85 އިންސައްތަ މީހުން ވޯޓުލާން ނުކުތް: އަބްދުއްރަޙީމް

11 ޖުލައި 2026
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި 85 އިންސައްތަ މީހުން ވޯޓުލާން ނުކުތް: އަބްދުއްރަޙީމް
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
15 ޖޫން 2026

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!
07 ޖޫން 2026

ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން

07 ޖޫން 2026
ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން
05 ޖޫން 2026

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

05 ޖޫން 2026
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި
04 ޖޫން 2026

ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް

04 ޖޫން 2026
ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް
03 ޖޫން 2026

ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި

03 ޖޫން 2026
 ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި
01 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

01 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު