Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026 | އަންގާރަ 09:27

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވާލެއްވި ބިލު، އިޖުތިމާއީ ކޮމިޓީން ގެނައި އިސްލާހުތަކާއެކު މަޖިލީހުން މިއަދު ފާސްކޮށްފި. މި ބަދަލުތަކުގެ ތެރޭގައި ގާނޫނާ ހިލާފަށް ގުނަވަން ނެގުމުން ދޭ އަދަބުތަކުން ގިސާސް ހިފުމާއި ދިޔަ ދިނުން އުނިކޮށް، ޖަލު އަދަބާއި ޖޫރިމަނާ ވަނީ ލުއިކޮށްފަ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބިލަށް ވަނީ މާއްދާއެއް އިތުރުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖުލައި 2026 | އަންގާރަ 09:27
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، އިޖުތިމާއީ ކޮމިޓީ އިން އަލުން ދިރާސާކޮށް ގެނައި ބައެއް މުހިއްމު ބަދަލުތަކާއެކު އެ ބިލު އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ. 

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ދިރާސާ ކުރި އިޖްތިމާއީ ކޮމިޓީ އިން ގެނައި އިސްލާހުތަކާއެކު ބިލު ބަލައިގަތުމަށް ވޯޓަށް އަހާފައިވެ އެވެ. އެ ބިލު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ. 

Advertisement - newsAdvertisement

މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ. ނަމަވެސް ރައީސް ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފަ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، މިބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރެއްވުމެވެ. 

އެ ބިލުގައި މީގެ ކުރިން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓް ކޮށްފި ނަމަ އެ މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުމެވެ. ނުވަތަ އިސްލާމީ ޝަރީއަތުގެ އަލީގައި ކަނޑައަޅާފައިވާ ދިޔައެއް ހޯދައިދިނުމާއެކު، 250،000  ރުފިޔާއާ އާއި 500،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނަމަވެސް 13 ޖުލައިގައި ބޭއްވި އެ ކޮމިޓީގެ އެ ބައްދަލުވުމުގައި ކޮމިޓީ އިން ވަނީ އެ މާއްދާ އިސްލާހުކޮށް، ގިސާސް ހިފުމާއި ދިޔަ ދިނުމުގެ ބައި އުނިކުރުމަށް ފަހު، ޖޫރިމަނާ އާއި ޖަލު އަދަބު ވެސް ބަދަލުކޮށްފައިވެ އެވެ.

އޭގެ އިތުރުން ޖޫރިމަނާތަކަށް ވެސް ލުއިތަކެއް ދިނުމަށް ފާސް ކޮށްފައިވާއިރު އެފަދަ ކުށެއް ކުރާ މީހަކު 150،000 ރުފިޔާ އާއި 250،000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާ އަދަދު ދަށް ކުރުމަށް ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން ޖަލަށް ލުމުގައި ދެވޭ އަދަބު ލުއި ކޮށް، އެފަދަ ކުށެއް ކުރާ މީހަކު 12 މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ކޮމިޓީ އިން ވަނީ އިސްލާހު ގެނަސްފަ އެވެ. 

މި ބަދަލުތައް ގެނައީ ބިލުގައި ހިމަނާފައިވާ އަދަބު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސް ފާހަގަ ކުރައްވާތީ ކަމަށް ބިލު ދިރާސާ ކުރައްވަމުން މެންބަރުން ވިދާޅުވި އެވެ.

އެގޮތުން ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުމަކީ ތަފާތު 3 ކަމެއް ނުވަތަ 3 އަމަލެއް ހިމެނޭ ކުށެކެވެ. އެއިން ކޮންމެ އަމަލަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ޝަރުތު ހަމަަނުވެދާނެ ކަމެއް ކަމަށް ވެސް ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ އެހެންކަމުން ކުރިން މަޖިލީހުން ފާސްކުރި ގޮތަށް އޮތުމުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކުށް ކުރާ ފަރާތްތަކުގެ މައްޗަށް ގިސާސް ތަންފީޒު ކުރެވިގެން ދިޔުމުގެ އިހުތިމާލު އޮތް ކަމަށެވެ. 

އޭގެ އިތުރުން ބިލަށް ގެނައި އަނެއް ބޮޑު ބަދަލަކީ ބިލުގެ 7 ވަނަ މާއްދާގެ (ށ) އަށް ނުކުތާއެއް އިތުރުކުރުމެވެ. އެ އިސްލާހުގައި ބުނީ ގުނަވަން ހަދިޔާކުރާ މީހާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާ ކުށުގެ ތުހުމަތުގައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެސް އެ މީހަކު ވެގެން ނުވާނެ ކަމަށެވެ. 

 ކޮމިޓީން ބިލަށް ގެނެސްފައިވާ އިސްލާހުތަކާއެކު ބިލު ފާސްކުރުމަށް މުގައްރިރު ހުށަހެޅުއްވުމުން އެ އިސްލާހު ތަކާއެކު ބިލު އަލުން ފާސް ކުރީ ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. 

ރައްޔިތުންގެ މަޖިލިސްޑރ. މުހައްމަދު މުއިއްޒުގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

14 ޖުލައި 2026
މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
13 ޖުލައި 2026

ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް

13 ޖުލައި 2026
ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
13 ޖުލައި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

13 ޖުލައި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު
13 ޖުލައި 2026

ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި

13 ޖުލައި 2026
ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި
08 ޖުލައި 2026

ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް

08 ޖުލައި 2026
ސިޔާސީ ގޮތުން މުވައްޒަފުން ވަކި ކުރަނީ މުވައްޒަފުން މަދު ކުރުން ނިވައިފަތްގަނޑެއްގެ ގޮތުގައި ކަމަށް ބުނެ އެމްޑީޕީގެ ގަރާރެއް
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
07 ޖުލައި 2026

ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ޖެހޭނީ ހަމަ ދިޔަ ހިއްކަން، ސަފީރުން އެކުރަނީ އެ މަސައްކަތް: ޒިޔާދު

07 ޖުލައި 2026
ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ޖެހޭނީ ހަމަ ދިޔަ ހިއްކަން، ސަފީރުން އެކުރަނީ އެ މަސައްކަތް: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް