Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026 | އަންގާރަ 05:28

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގައި ހުރި ގާނޫނީ އަދި ޝަރުއީ ކަންބޮޑުވުންތަކާ ގުޅިގެން، ގިސާސް ހިފުމާއި ދިޔަ ދިނުމުގެ މާއްދާ އުނިކޮށް ޖަލު އަދަބާއި ޖޫރިމަނާ ކުޑަކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފި. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބިލަށް ވަނީ މުހިއްމު ބަދަލުތަކެއް ގެނެސްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖުލައި 2026 | އަންގާރަ 05:28
މާފަންނު މެދު ދާއިރާގެ މެންބަރު އަދި އިޖްތިމާއީ ކޮމިޓީގެ މުގައްރިރު، އަސްމާ ރަޝީދު.

މާފަންނު މެދު ދާއިރާގެ މެންބަރު އަދި އިޖްތިމާއީ ކޮމިޓީގެ މުގައްރިރު، އަސްމާ ރަޝީދު. | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، އިޖުތިމާއީ ކޮމިޓީ އިން އަލުން ދިރާސާކޮށް ބައެއް މުހިއްމު ބަދަލުތަކެއް ގެނަސްފި އެވެ. 

އެ ބިލުގައި މީގެ ކުރިން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓް ކޮށްފި ނަމަ އެ މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުމެވެ. 

Advertisement - newsAdvertisement

ނުވަތަ އިސްލާމީ ޝަރީއަތުގެ އަލީގައި ކަނޑައަޅާފައިވާ ދިޔައެއް ހޯދައިދިނުމާއެކު، 250،000  ރުފިޔާއާ އާއި 500،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނަމަވެސް 13 ޖުލައިގައި ބޭއްވި އެ ކޮމިޓީގެ އެ ބައްދަލުވުމުގައި ކޮމިޓީ އިން ވަނީ އެ މާއްދާ އިސްލާހުކޮށް، ގިސާސް ހިފުމާއި ދިޔަ ދިނުމުގެ ބައި އުނިކުރުމަށް ފަހު، ޖޫރިމަނާ އާއި ޖަލު އަދަބު ވެސް ބަދަލުކޮށްފައިވެ އެވެ.

އޭގެ އިތުރުން ޖޫރިމަނާތަކަށް ވެސް ލުއިތަކެއް ދިނުމަށް ފާސް ކޮށްފައިވާއިރު އެފަދަ ކުށެއް ކުރާ މީހަކު 150،000 ރުފިޔާ އާއި 250،000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާ އަދަދު ދަށް ކުރުމަށް ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން ޖަލަށް ލުމުގައި ދެވޭ އަދަބު ލުއި ކޮށް، އެފަދަ ކުށެއް ކުރާ މީހަކު 12 މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ކޮމިޓީ އިން ވަނީ އިސްލާހު ގެނަސްފަ އެވެ. 

މި ބަދަލުތައް ގެނައީ ބިލުގައި ހިމަނާފައިވާ އަދަބު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސް ފާހަގަ ކުރައްވާތީ ކަމަށް ބިލު ދިރާސާ ކުރައްވަމުން މެންބަރުން ވިދާޅުވި އެވެ.

އެގޮތުން ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުމަކީ ތަފާތު 3 ކަމެއް ނުވަތަ 3 އަމަލެއް ހިމެނޭ ކުށެކެވެ. އެއިން ކޮންމެ އަމަލަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ޝަރުތު ހަމަަނުވެދާނެ ކަމެއް ކަމަށް ވެސް ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ އެހެންކަމުން ކުރިން މަޖިލީހުން ފާސްކުރި ގޮތަށް އޮތުމުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކުށް ކުރާ ފަރާތްތަކުގެ މައްޗަށް ގިސާސް ތަންފީޒު ކުރެވިގެން ދިޔުމުގެ އިހުތިމާލު އޮތް ކަމަށެވެ. 

އޭގެ އިތުރުން ބިލަށް ގެނައި އަނެއް ބޮޑު ބަދަލަކީ ބިލުގެ 7 ވަނަ މާއްދާގެ (ށ) އަށް ނުކުތާއެއް އިތުރުކުރުމެވެ. އެ އިސްލާހުގައި ބުނީ ގުނަވަން ހަދިޔާކުރާ މީހާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާ ކުށުގެ ތުހުމަތުގައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެސް އެ މީހަކު ވެގެން ނުވާނެ ކަމަށެވެ. 

 ކޮމިޓީން ބިލަށް ގެނެސްފައިވާ އިސްލާހުތަކާއެކު ބިލު ފާސްކުރުމަށް މުގައްރިރު ހުށަހެޅުއްވުމުން އެ އިސްލާހު ތަކާއެކު ބިލު އަލުން ފާސް ކުރީ ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއިޖުތިމާއީ ކޮމިޓީރައްޔިތުންގެ މަޖިލިސްޓްރާންސްޕްލާންޓު ބިލު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

14 ޖުލައި 2026
ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި
13 ޖުލައި 2026

ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް

13 ޖުލައި 2026
ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް