Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގެ މަގު ހެދުމުގެ މަޝްރޫއު

މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން 2027 ގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ޗައިނާގެ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު، ފެންހިންދުމާއި އަލިފާން ނިއްވުމުގެ ނިޒާމު ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި. މީގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބައެއް އަންނަ ހަފުތާގައި ހުޅުވައި، ޕާކިންގްއަށް ޚާއްޞަ ޖާގަތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައި ކަމަށް ވެސް ވިދާޅުވި. މި މަޝްރޫޢުތަކާއެކު މާލޭގެ ތޮއްޖެހުމަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ދާއިމީ ޙައްލަކީ ރާއްޖެ ލާމަރުކަޒީކޮށް ތަރައްޤީކުރުންކަން ރައީސް ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 10:10
 "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އެޕިސޯޑްގެ މަޢުޟޫއަކަށް ކަނޑައަޅުއްވާފައި އޮތީ މާލޭގެ މަގުތައް ތަރައްޤީކުރުމެވެ. 

ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޔުއާން (ގާތްގަޑަކަށް ދެ ބިލިޔަން ރުފިޔާ)ގެ ހިލޭއެހީ ދިނުމަށް ހަމަޖެހިފައިވާކަށާއި ހިލޭ އެހީގެ އެންމެ ބޮޑުބައެއް ޚަރަދުކުރަން ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު އަނބިކަނބަލުންނާއެކު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގެން އެ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަަނަ ދުވަހު އެވެ.

އޭގެ ފަހުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަަނަ ދުވަހު ވިލިމާލެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މާލޭ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން، ވިލިމާލޭގެ މަގުތައް ހަދަންވެސް ހަމަޖެހި، އެކަންވެސް އެއީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައި އޮތް ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

2027 ވަނަ އަހަރު މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އިރު 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތް އެ އަހަރު ފައްޓަވާނެކަމުގަ އެވެ.

މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން "ދަ ޕަލްސް" ޕޮޑްކާސްޓް ޕްރޮގްރާމުގައި މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް ރައީސް ވިދާޅުވި އެވެ.

މި މަޝްރޫޢުގައި ނުހިމެނޭ، މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ޕޮޑްކާސްޓުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންގެންދާކަމަށް ވިދާޅުވި އެވެ. މި މަސައްކަތާ ގުޅުންހުރި އިތުރު ތަފްޞީލު ދެއްވަމުން އެމަނިކުފާނު ވަނީ، އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިންގ ސަރަޙައްދެއް ކަނޑައަޅުއްވާފައިވާނޭކަމަށް ވިދާޅުވެފައެވެ. މިގޮތަށް މި މަގު ހަދައި ނިމުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަމަށާއި، އެތެރޭގެ މަގުތަކަށްވެސް ލުއިވެގެންދާނޭކަން، މިހާރު ނިންމައި ބޭނުންކުރާ ސަރަޙައްދުގެ ޓްރެފިކް ފްލޯ އިން ސާބިތުކޮށްދޭކަންވެސް ފާހަގަކުރެއްވިއެވެ.

މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެއްޓޭނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ، އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ސަރަޙައްދުކަމަށާއި، މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަމަށް ވިދާޅުވި އެވެ.

މާލޭ ފަޅުން ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ތަކުލީފެއް ނުލިބޭނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން، މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމުގައި ވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ވާނީ އިތުރު ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މިފަދަ މަޝްރޫޢުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަޙައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ މިކަމުގެ މުލުގައިވާ ޙަޤީޤީ މައްސަލައަށް ޙައްލު ހޯދިގެންކަމުގައި މުއިއްޒު ވިދާޅުވި އެވެ. އެގޮތުން، މި ސަރުކާރުން މަސައްކަތްކުރަނީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނައުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މި ދުރު ރާސްތާ ޙައްލާއެކު، އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުވެގެންދާނޭކަމުގައި މުއިއްޒު ވިދާޅުވި އެވެ.

އަދި މަގުހެދުމުގެ މަޝްރޫޢާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭ ސަތަޙައްދަށް އަމާޒުކޮށްގެން މިހާރުވެސް ކުރިއަށްގެންދަވަނީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ ދިރިއުޅޭ މި ސަރަޙައްދަށް، މި ހިނދުން މި ހިނދަށް ބޭނުންވާ ޙައްލުތައް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުދަ ޕަލްސްބޮޑުތަކުރުފާނުމަގުޗައިނާ-ރާއްޖެމާލޭގެ މަގުހެދުމުގެ މަޝްރޫއު

އިތުރަށް ކިޔާލަން

17 ޖުލައި 2026

2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ

17 ޖުލައި 2026
2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ
16 ޖުލައި 2026

ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

16 ޖުލައި 2026
ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި
16 ޖުލައި 2026

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026
މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު
16 ޖުލައި 2026

މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް

16 ޖުލައި 2026
މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް
15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
14 ޖުލައި 2026

ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި

14 ޖުލައި 2026
ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
14 ޖުލައި 2026

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

14 ޖުލައި 2026
ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު