Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

އެމް.އެން.ޑީ.އެފްގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވުމަށްފަހު، ރައީސް ވަނީ ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާލައްވާފައި. އަސްކަރިއްޔާގެ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާނެ.

ރާއްޖެ އެމްވީ | 16 ޖުލައި 2026 | ބުރާސްފަތި 14:28
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަނީ | ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ، ގިރިފުށީ ހެވިކަމުގެ މައިދާނުގައި ބުރާސްފަތި ދުވަހު ހަވީރު އެވެ.

މި ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ‌‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޙުސައިން މަޒީދު އެވެ. އަދި ތަމްރީނު ފުރިހަމަކޮށް ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ދިވެހި ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯސް ކުރިއަށް ގެންދަވާފައިވަނީ މި ހިނގާ 2026 ވަނަ އަހަރުގެ މާރިޗު 7 ވަނަ ދުވަހުން ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. 72 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދަވާފައި ވަނީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގަ އެވެ. 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދަވާފައި ވަނީ ކ.ގިރިފުށީގަ އެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރި، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު، ރައީސް މުއިއްޒު ވަނީ ކ.ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ އަދާހަމަ ބައްލަވާލައްވާފަ އެވެ.

މި މަޝްރޫޢަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުަމަށް އެކަށައަޅާފައި އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީނުގެ ވަޞީލަތްތައް ޤާއިމްކޮށް، ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. މި މަޝްރޫޢުގައި ބިން ހިއްކުމާއިއެކު ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ޑރ. މުޙައްމަދު މުޢިއްޒުއެމްއެންޑީއެފް

އިތުރަށް ކިޔާލަން

16 ޖުލައި 2026

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026
މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު
16 ޖުލައި 2026

މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް

16 ޖުލައި 2026
މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް
15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
14 ޖުލައި 2026

ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި

14 ޖުލައި 2026
ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
14 ޖުލައި 2026

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

14 ޖުލައި 2026
ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި
13 ޖުލައި 2026

ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު