Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ހައިކޯޓުން ބުނަނީ ފީ ދައްކަން ޕީޖީ އޮފީހަށް އީމެއިލުން އެންގި ކަމަށް، ޕީޖީ އޮފީހުން ބުނަނީ އީމެއިލް ނުލިބޭ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޮކްޓޯބަރު 2025 | ބުދަ 17:47
72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި ހިމެނޭ މީހުން

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި ހިމެނޭ މީހުން

ދައުލަތުން 300 ރުފިޔާ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލައަކީ 72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެ އަށް އެތެރެކޮށް އެތަކެތި ޓްރެފިކް ކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔުގެ މައްސަލައެވެ. މި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅިއެވެ.

ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާރ މަރިޔަމް ހޫރުޝިދާ ސޮއިކޮށް އެންގެވި އެންގެވުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސ. ހުޅުދޫ ދޭލިޔާގެ / އިރުފާން ތަގިއްޔު އަށް ދައުވާ ރައްދުވާގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގައި، "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" 5 އޮކްޓޫބަރު 2025 ގައި މެއިލް ކުރެވިފައިވާ އިރު، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ، މި މައްސަލަ ބަލައިގަނެވެން ނެތްކަމަށް އަންގާ ކަމަށެވެ.

އިސްތިއުނާފަށް ހުށަހަޅާ މައްސަލައިގައި ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ދައްކަންޖެހެނީ 300 ރުފިޔާއެވެ.

މި މައްސަލައާއި ގުޅީގެން ޕީޖީ އޮފީހުން ބުނީ ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާގޮތަށް މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީކަމަށް ބުނެ ރަޖިސްޓްރަރގެ ނިންމުމުން މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގާ ލިޔުން 5 އޮކްޓޫބަރު 2025 ގައި އެ އޮފީހަށް މެއިލްކުރިކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް، އީމެއިލް އެ އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެފަދަ ލިޔުންތައް އެ އޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލް އަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެހެންކަމުން އެ ނިންމުން މުރާޖަޢާކުރުމަށް އެ އޮފީހުން ހުށަހަޅާނެ ކަމަށާއި، އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާ ކުރަންޖެހޭ ނިންމުމެއް ކަމަށް ދެކޭ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

އިރުފާން ތަގިއްޔުހައި ކޯޓުޕީޖީ އޮފީސްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު