Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

މިދިޔަ މަހު ޕީޖީ އޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅީ 263 މައްސަލަ

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ލަސްކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، މިދިޔަ މެއި މަހު ތަހުގީގީ އިދާރާތަކަށް 447 ލަފާދީ 1150 އަޑުއެހުމަކަށް ހާޒިރުވެފައިވާކަން އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި. ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އޮފީހަށް ހާޒިރުވާ ވަގުތުތަކަށް ބަދަލުތަކެއް ގެނައި ނަމަވެސް، އޭގެ ސަބަބުން ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެ އޮފީހުން ވަނީ ދީފަ. މިގޮތުން އޮންލައިންކޮށް މަސައްކަތްކުރުމާއި ކަރަންޓާއި ކަރުދާސް ފަދަ ވަސީލަތްތައް އިސްރާފުކުރުން މަދުކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެކަމަށް ޕީޖީ އޮފީހުން ބުނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ޖޫން 2026 | އަންގާރަ 08:37
މެއި މަހު އެ އޮފީހުން ދައުވާ ކުރަން ކޯޓަށް 263 މައްސަލަ ހުށަހެޅިއިރު އެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށާ އެ އޮފީހުގެ މަސައްކަތްތައް ލަސް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުން

މެއި މަހު އެ އޮފީހުން ދައުވާ ކުރަން ކޯޓަށް 263 މައްސަލަ ހުށަހެޅިއިރު އެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށާ އެ އޮފީހުގެ މަސައްކަތްތައް ލަސް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުން | ރާއްޖެއެމްވީ

ފާއިތުވި މެއި މަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 143 މައްސަލަ ބަލައިގަނެފައިވާ ކަމަށާ ދައުވާ ކުރުމަށް ކޯޓަށް 263 މައްސަލަ ހުށަހަޅާފައިވާ އެ އޮފީހުން ބުނެފި އެވެ. 

ޕީޖީ އޮފީހުގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް އެ އޮފީހުން ވަނީ އާންމު ކޮށްފަ އެވެ. ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު އެ އޮފީހުން ވަނީ ތަހުގީގީ އިދާރާތަކަށް 447 ލަފާ ދީފަ އެވެ. 

އޭގެ އިތުރުން މިދިޔަ މަހު 1150 އަޑުއެހުމަށް ހާޒިރު ވެފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. 

މެއި މަހު އެ އޮފީހުން ދައުވާ ކުރަން ކޯޓަށް 263 މައްސަލަ ހުށަހެޅިއިރު އެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށާ އެ އޮފީހުގެ މަސައްކަތްތައް ލަސް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އޭގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރަން ކަމަށް ބުނެ ފިޔަވަޅު އެޅުމުން ވެސް ގިނަ ބަޔެއްގެ ފާޑިއުކިޔުން ވަނީ އަމާޒުވެފަ އެވެ. 

ޕީޖީ އޮފީހުން ވަނީ 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުމާއި، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމުގެ އިތުރުން، ކަރުދާސް ބޭނުންކުރުން މަދުކުރުމާއި، އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެ އެވެ.

މީގެ އިތުރުން، މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު އެ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެކަން އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވެ، ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ޕީޖީ އޮފީހުން ބުނީ، މި ބަދަލުތަކުގެ ސަބަބުން މި އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމަށެވެ.   

ޕީޖީ އޮފީސް

އިތުރަށް ކިޔާލަން

08 ޖޫން 2026

ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

08 ޖޫން 2026
ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި
09 އެޕްރީލު 2026

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ
09 އެޕްރީލު 2026

ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!

09 އެޕްރީލު 2026
ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
02 ފެބުރުއަރީ 2025

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

02 ފެބުރުއަރީ 2025
"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން
25 ޖެނުއަރީ 2025

އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި

25 ޖެނުއަރީ 2025
އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު