Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖިންސީ ގޯނާ

ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

ދޮންދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓުން ދައުވާ ބާތިލުކުރި ނިންމުން ހައިކޯޓުން ބާތިލުކޮށްފި. ހައިކޯޓުން މިގޮތަށް ނިންމީ ދަށު ކޯޓުގެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ޕީޖީ އޮފީހުން އިސްތިއުނާފު ކުރުމާ ގުޅިގެން، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން. އެހެންކަމުން މި މައްސަލަ މައުޟޫއީ ގޮތުން ބަލައި ކުރިއަށް ގެންދިއުމަށް ހައިކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓަށް އަމުރުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 06:43
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ މީހެއްގެ ދައުވާ މެޖިސްޓްރޭޓު ކޯޓުން ބޭރުކޮށްލާފައިވަނީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި އުފުލާފައިވަނީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުއެވެ.

Advertisement - newsAdvertisement

މި ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ދޮންދަރިއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށެވެ. އެގޮތުން އެކި ފަހަރުމަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ޤާނޫނުގ ދަށުންނެވެ.

އެހެންނަމަވެސް މި ދައުވާ ހުށަހެޅުނު މެޖިސްޓްރޭޓު ކޯޓުން ވަނީ އެއީ މައުޟޫއީ ގޮތުން ބެލޭނެ ދައުވާއެއް ނޫންކަމަށް ކަނޑައަޅައި، ދައުވާ ފޯމު ބާތިލުކޮށްފައެވެ. އަދި ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ވަގުތުން ދޫކޮށްލުމަށްވެސް މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ.

ކޯޓުން އެގޮތަށް ނިންމީ މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ތަހުގީގު ކުރުމުގެ މުއްދަތު ފާއިތުވި ފަހުން ޕީޖީ އޮފީހަށް ބަލައިގަނެ، ދައުވާ ކޮށްފައިވާ މައްސަލައެއްކަމަށް ބުނެއެވެ.

އެހެންކަމުން ޕީޖީ އޮފީހުން މެޖިސްޓްރޭޓު ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ހައިކޯޓަށް ޕީޖީ އޮފީހުން ހުށަހެޅީ 1 އިސްތިއުނާފީ ނުކުތާއެވެ. އެއީ މެޖިސްޓްރޭޓު ކޯޓުގެ މި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 94 ވަނަ މާއްދާ އަދި ޤާނުނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ޕީޖީ އޮފީހުން ކޯޓުގައި އެދިފައިވަނީ މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ބާތިލުކޮށް، މިއީ މައުޟޫއީ ގޮތުން ބެލޭނެ މައްސަލައެއްކަމަށް ކަނޑައަޅައި މި މައްސަލަ މެޖިސްޓްރޭޓު ކޯޓަށް އަލުން ތަހުވީލުކޮށްދިނުމަށެވެ.

ޕީޖީ އޮފީހުން ހައިކޯޓުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ދައުވާ ކުރުމަށް ހުރަހަކަށް ވާނެ ދިފާއެއް ދައުވާ ލިބޭ ފަރާތުން ހުށަހަޅާފައިނުވަނީސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމަށް އެފަދަ ކަމެއް ފާހަގަކޮށް މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގައި ބުނާ ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއަކީ ހަމައެކަނި ޝަރީއަތުގެ ކުރީގެ މަރުޙަލާއަށް ފަހު ނެގޭނެ ދިފާއެއް ނޫންކަމަށްވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު މުއްދަތު އިތުރުކޮށްދިނުމަށް  ފުލުހުންގެ ފަރާތުން އެދުނު ސަބަބުތައްވެސް ކޯޓުގައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ތަހުގީގު މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުން އެދުނީ މައްސަލައިގައި ހިމެނޭ ކުއްޖާގެ ޖެންޑަރ އެސެސްމަންޓު ރިޕޯޓު ލިބިފައިނުވާތީއާއި، 1 ހެކިވެރިއެއްގެ ބަޔާން ނުނެގި އޮތުމުންނާއި، ޕީޖީ އޮފީހާއެކު ކުރެވިފައިވާ މަޝްވަރާގައި ބުނެފައިވާ ކަންކަން އިސްލާޙު ކުރުމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލު ކަމަށެވެ. އަދި މި މައްސަލަ އެ ކޯޓަށް ތަހުވީލު ކުރުމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

ހައިކޯޓުގައި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުލް މާނިއު ހުސައިން އަދި ފަނޑިޔާރު އިސްމާއިލް ޝަފީއުއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުމެޖިސްޓްރޭޓް ކޯޓުޕީޖީ އޮފީސްޖިނާއީ އިޖުރާއާތުގެ ޤާނޫނުފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

13 މެއި 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026
ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!

ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!

09 އެޕްރީލު 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިނިސްޓަރު ޚަލީލްގެ ކޮއްކޮ އެއް ފުލުހުން ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިނިސްޓަރު ޚަލީލްގެ ކޮއްކޮ އެއް ފުލުހުން ހޯދަނީ

07 އެޕްރީލު 2026
ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

15 މާރިޗު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު