Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއައި ޤާނޫނު

އާރްޓީއައި ޤާނޫނު "މިސްޔޫސް" ކުރަނީ ރައީސް އޮފީހުން: އާހިދު

14 ޖުލައި 2026 | އަންގާރަ 13:51

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނަށް ރައީސް އޮފީހުން އިހުތިރާމް ނުކުރާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ އޮފީސް 2،000 ރުފިޔާއިން ޖޫރިމަނާކޮށްފި. އާރްޓީއައިގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެ ސަރުކާރުން ނޫސްވެރިން ކުށްވެރިކުރި ނަމަވެސް، ހަގީގަތުގައި މި ޤާނޫނު މިސްޔޫސް ކުރަނީ ރައީސް އޮފީހުން ކަމަށް ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖުލައި 2026 | އަންގާރަ 13:51
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން. | ރާއްޖެ އެމްވީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރްޓީއައި ޤާނޫނު) މިސްޔޫސް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އާހިދު އެހެން ވިދާޅުވީ ރާއްޖެޓީވީން ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގަ އެވެ. މި އަޑުއެހުމުގައި އައިކޮމްއިން ވަނީ ރައީސް އޮފީހުން ތަކުރާރުކޮށް ކޮމިޝަނަރުގެ ޒިންމާތަކަށް ހުރަސް އަޅަމުންދާތީ އެ އޮފީސް 2000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އެގޮތުން ރައީސް އޮފީސް ޖޫރިމަނާ ކޮށްފައިވަނީ އާރްޓީއައި ޤާނޫނުގެ 67 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުންނެވެ.

Advertisement - newsAdvertisement

އައިކޮމްއިން ރައީސް އޮފީސް ޖޫރިމަނާ ކުރީ އާރްޓީއައިތަކަށް އޮންނަ މުއްދަތުގައި ޖަވާބު ނުދީ އޮތުމުން ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު އެކަންކަން ރަނގަޅު ކުރަން ދިން މުއްދަތުގައިވެސް ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާތީ އެވެ.

އެކަމާ ގުޅޭގޮތުން އާހިދު ވިދާޅުވީ، ރައީސް އޮފީހުން ބާއްވާ އެކިއެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާރްޓީއައި ހުށަހަޅާ ފަރާތްތައް ކުށްވެރިކޮށް ވާހަކަ ދައްކަމުންދާ ކަމަށާއި، އާރްޓީއައި ހުށަހަޅަނީ ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންކަމަށް ބުނަމުންދާ ކަމަށެވެ.

އެހެންނަމަވެސް، ހަގީގަތުގައި މި ޤާނޫނު މިސްޔޫސް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަން އާހިދު ފާހަގަ ކުރެއްވި އެވެ.

ރާއްޖެޓީވީން ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

އާރްޓީއައި ހުށަހަޅާ ފަރާތްތައް ގޯސްކުރައްވައި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް މީގެ ކުރިން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އުޝާމް ވިދާޅުވީ، އާރްޓީއައި ޤާނޫނު ހެޔޮ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށާއި، ގިނަފަހަރު ފެނިގެންދަނީ އާރްޓީއައި. ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތަންކަމަށެވެ. އަދި ވިދާޅުވީ، ބައެއް ފަރާތްތަކުން ހުށަހަޅާ އާރްޓީއައިތަކުގެ ސަބަބުން އިދާރާތަކުގެ ވަރަށް ގިނަ ވަގުތުތައް އެކަމަށް ހޭދަކުރަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން، ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފުވެސް ވަނީ ހުށަހަޅާ ހުރިހާ އާރްޓީއައިއަކީ ސައްޙަ އާރްޓީއައިއެއް ނޫންކަމަށް ވިދާޅުވެ، އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވާފަ އެވެ.

އާހިދު ރަޝީދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް އާރުޓީއައި ގާނޫނު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

14 ޖުލައި 2026

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

14 ޖުލައި 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
13 ޖުލައި 2026

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖުލައި 2026
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖުލައި 2026

ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި
13 ޖުލައި 2026

ރާއްޖެޓީވީގެ އާރްޓީއައި ތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ޖަވާބު ނުދޭނަމަ ދައުވާކުރާނެކަމުގެ އިންޒާރު ދީފި!

13 ޖުލައި 2026
ރާއްޖެޓީވީގެ އާރްޓީއައި ތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ޖަވާބު ނުދޭނަމަ ދައުވާކުރާނެކަމުގެ އިންޒާރު ދީފި!
13 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާތީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފި!

13 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާތީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފި!
12 ޖުލައި 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި

12 ޖުލައި 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި
09 ޖުލައި 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދިއްތަ ދުވަހު ހުޅުވާލަނީ

09 ޖުލައި 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދިއްތަ ދުވަހު ހުޅުވާލަނީ
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް