Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިކޮމް އަޑު އެހުން

އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާތީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފި!

13 ޖުލައި 2026 | ހޯމަ 09:31

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިތަކަށް ޖަވާބު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މުއްދަތު ހަމަވިއިރުވެސް، ރައީސް އޮފީހުން އެކަމަށް އިޖާބަދީފައި ނުވާތީ އައިކޮމް އާއި ރާއްޖެޓީވީން ކަންބޮޑުވުން ފާޅުކޮށްފި. މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އައިކޮމްގެ ރައީސް ވަނީ ރައީސް އޮފީހުން ކޮމިޝަނުގެ ނިންމުންތަކަށް ގޮންޖަހައި، މައުލޫމާތު ދިނުމަށް ލަސްކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2026 | ހޯމަ 09:31
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން. | ރާއްޖެ އެމްވީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ރައީސް އޮފީސް ޖޫރިމަނާކޮށްފި އެވެ. 

ރާއްޖެޓީވީން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭގެ ޖަވާބުތައް ރައީސް އޮފީހުން ފޮނުވާފައި ވަނީ ވެސް އައިކޮމް އަށް ހުށަހެޅޭ މައްސަލަތަކުގައި ޖަވާބު ފޮނުވަން ޖެހޭ މުއްދަތުގެ ފަހުންނެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން އެއް މައްސަލައަކީ ރައީސްގެ ދަތުރުފުޅުތަކާ ގުޅޭގޮތުން ރާއްޖެޓީވީން 28 އޮކްޓޯބަރު 2025 ގައި ހުށަހެޅި އާރްޓީއައިއާ ގުޅޭ މައްސަލައެވެ. އެ އާރްޓީއައިއަށް ރައީސް އޮފީހުން ޖަވާބު ދީފައިވަނީ 8 ޖުލައި 2026 ގަ އެވެ.

އެ ޖަވާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވިދާޅުވީ، އާރްޓީއައިއަކަށް ޖަވާބު ދިނުން އެހާ ބޮޑަށް ލަސްވެގެން ދިއުމަކީ ރާއްޖެޓީވީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން 10 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް މި އަހަރުގެ އޭޕްރީލް މަހު އައިކޮމްގައި ބޭއްވި އަޑުއެހުމުގައިވެސް ރައީސް އޮފީހަށް އައިކޮމްއިން އަންގާފައިވާއިރު، އެ އެންގުމަށް އައިކޮމްއިން ގޮން ޖަހަފާއިވާތީ އެކަމުގެ ކަންބޮޑުވުން ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދުވެސް ހިއްސާ ކުރެއްވި އެވެ.

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން

މީގެ އިތުރުން، 12 ނޮވެމްބަރު 2025 ގައި ރާއްޖެޓީވީން ހުށަހަޅާފައިވާ އާރްޓީއައިއާ ގުޅޭގޮތުންވެސް މި އަޑުއެހުމުގައި ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އެ މައްސަލައަކީ މެދުފަންތިއާއި ދަށު ފަންތީގެ މީހުން ކޮރަޕްޝަން ހިންގާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައެކެވެ.

މި އާރްޓީއައިއަށް ރައީސް އޮފީހުން ޖަވާބު ދިނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެ ޖަވާބު ފުރިހަމަނުވާތީ އޭޕްރީލް މަހު ބޭއްވި އަޑުއެހުމުގައި އައިކޮމްއިން ވަނީ ޖަވާބު އިސްލާޙުކޮށް، އަލުން ޖަވާބު ދިނުމަށް ރައީސް އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެއީ 26 އޭޕްރީލް 2026 ގަ އެވެ.

އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި އައިކޮމްގެ އެންގުމާ އެއްގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައި ނުވާތީ އައިކޮމްގެ ރައީސް އާހިދު ރަޝީދު ރައީސް އޮފީހާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ، އެ ހުށަހެޅުމުގައިވާ ކަންކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އައިކޮމްގެ އަޑުއެހުމުގައި ނިންމާ ނިންމުންތައް ލިޔުމުން ނުލިބޭތީ ލަސްތަކެއް އަންނަ ކަމަށެވެ. ނަމަވެސް އޭރު ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުން އެކަން ފާހަގަކޮށްފައިނުވާތީ އާހިދު ވަނީ އެ ކަންބޮޑުވުން ހިއްސާ ކުރައްވާފަ އެވެ.

ވަކިން ޚާއްސަކޮށް އެންމެ ފަހުން ބޭއްވި އަޑުއެހުން ބޭއްވިތާ 2 މަސް ފަހުން ރައީސް އޮފީހުން އައިސް، ލިއުމުން ނިންމުމެއް ނުލިބޭކަމަށް ބުނުމުން އެ ކަންބޮޑުވުން އާހިދު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، އަޑުއެހުންތަކުގައި ދެކެވޭ ވާހަކަތައް އާންމު އުސޫލުންވެސް ލިއުމުން ދީފައިނުވާނެކަމަށެވެ. އަދި ލިއުމެއް ކޮންމެހެން ބޭނުންވާނަމަ މި ހޭދަވި މުއްދަތުގައި އެ ލިއުން ހޯދަން މަސައްކަތް ކޮށްފައިނުވަނީ ކީއްވެތޯވެސް އާހިދު ސުވާލު ކުރެއްވި އެވެ.

 އާހިދު ވަނީ ރައީސް އޮފީހުން އަމަލުކޮށްފައިވާ ގޮތާއިމެދު ނުރުހުން ފާޅު ކުރައްވާފަ އެވެ. 

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން

ޗާގޯސް މައްސަލައިގައި ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއަށް ޖަވާބު ދިނުމަށްވެސް 10 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ އެންގުމަށްވެސް ރައީސް އޮފީހުން އަމަލުކޮށްފައިނުވެ އެވެ. އެ އާރްޓީއައިގައި އެދިފައި އޮތީ ޗާގޯސްއާ ގުޅޭގޮތުން ރައީސް މަޝްވަރާއެއް ކުރައްވާފައިވޭތޯ ނުވަތަ ނޫންތޯ އެވެ.

މީގެ އިތުރުން ރާއްޖެޓީވީންވެސް ވަނީ ރައީސް އޮފީހުން ކަނޑައެޅިގެން އައިކޮމްގެ ނިންމުންތަކަށް ގޮންޖަހަމުންދާކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  

އައިކޮމްއިން ވަނީ  ޖަވާބު ނުދީ ހުރި ހުރިހާ އާރްޓީއައިއަކަށް 7 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ރައީސް އޮފީހަށް އަންގާފަ އެވެ. އަދި ޖަވާބު ނުދޭނަމަ، ދައުވާ ކުރާނެކަމުގެ އިންޒާރު ދެއްވި އެވެ. 

މީގެ އިތުރުން، ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާތީއާއި، އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާފައިވާތީ، ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާވެސް ކުރެއްވި އެވެ. 

ރާއްޖެ ޓީވީރައީސުލްޖުމްހޫރިއްޔާގެ އޮފީސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްއާރު.ޓީ.އައި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި

12 ޖުލައި 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި
09 ޖުލައި 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދިއްތަ ދުވަހު ހުޅުވާލަނީ

09 ޖުލައި 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދިއްތަ ދުވަހު ހުޅުވާލަނީ
08 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި

08 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް