Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

13 ޖުލައި 2026 | ހޯމަ 13:34

ރައީސުލްޖުމްހޫރިއްޔާއާ ސީދާ ބައްދަލުކޮށް ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ދިނުމަށް ފަށާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވުމަށް ހަތަރު ދާއިރާއަކަށް ރައީސް އޮފީހުން ހުޅުވާލައިފި. މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ހުޅުމާލެ އުތުރު، ހުޅުމާލެ މެދު، ހުޅުދޫ އަދި ހޯރަފުށި ދާއިރާގެ ރައްޔިތުން މި މަހުގެ 15 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭ.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 13:34
ސަރުކާރުން ބޭއްވި "އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުން ބޭއްވި "އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

މި ދާއިރާތަކުން، "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް (https://rayyithungeadu.presidency.gov.mv/login/efaas) މެދުވެރިކޮށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އުސޫލެއް ހަމަޖައްސާފައިވާއިރު އުސޫލުވެސް، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ، 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އެވެ.

ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފަ އެވެ.

ރައީސް މުއިއްޒު އާ ބައްދަލު ކުރުމަށް އެދޭ ފަރާތްތަކުން އަމަލު ކުރަން ޖެހޭ އުސޫލުތަކުގެ ތެރޭގައި ބައްދަލުވުމުގައި ދެކެވޭ ވާހަކައިގެ އަޑާއި މަންޒަރު އަމިއްލަ އަށް ރެކޯޑް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި ފޮޓޯ ނެގުަމަށާއި ވީޑިއޯ ރެކޯޑް ކުރުމަށާއި އޯޑިއޯ ރެކޯޑް ކުރުމަށް މޯބައިލް ފޯނު އަދި އެހެން ވެސް ވަސީލަތެއް ބޭނުމެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ބައްދަލުވުމުގައި ހުށަހެޅޭ ކަންކަން ހައްލުކޮށްދިނުމަށް ކަމާ ގުޅޭ އޮފީހަކަށް ފޮނުވުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ.

ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުން އަމަލުތައް ބަހައްޓަންވާނީ އަދަބުވެރިކޮށް ކަމަށާއި، ބައްދަލުވުމުގެ ތެރޭގައި ބިރު ދައްކައި، ހުތުރު ބަހުން މުއާމަލާތް ކުރުމަށް ފުރުސަތު ނުދެވޭނެ ކަމަށް ވެސް 13 ނުކުތާގެ މައްޗަށް އެކުލަވާލާފައިވާ އުސޫލުގައިވެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ އަޑުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ރާއްޖެޓީވީގެ އާރްޓީއައި ތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ޖަވާބު ނުދޭނަމަ ދައުވާކުރާނެކަމުގެ އިންޒާރު ދީފި!

13 ޖުލައި 2026
ރާއްޖެޓީވީގެ އާރްޓީއައި ތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ޖަވާބު ނުދޭނަމަ ދައުވާކުރާނެކަމުގެ އިންޒާރު ދީފި!
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާތީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފި!

13 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާތީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފި!
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި
13 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

13 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
12 ޖުލައި 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި

12 ޖުލައި 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް