Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަންގޭރީ

ހަންގޭރީގެ ރައީސް މަގާމުން ވަކިކުރަން އެ ގައުމުގެ މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026 | އަންގާރަ 08:49

ހަންގޭރީގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާއެކު ރައީސް ތަމާސް ސުލްޔޮކާއި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސް މަގާމުން ވަކިކުރުމަށް އެ ގައުމުގެ މަޖިލީހުން ފާސްކޮށްފި. ބޮޑުވަޒީރު ޕީޓާ މަގްޔާރްގެ ޕާޓީން ގެނައި މި ބަދަލާއެކު، ކުރީގެ ސަރުކާރުން މުއައްސަސާތަކަށް އައްޔަންކޮށްފައިވާ އިސް ބޭފުޅުންގެ ދައުރު ނިމުމަކަށް އައިސް، ގައުމުގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ. މި އިސްލާހު ތަސްދީގު ނުކުރައްވައިފިނަމަ ރައީސް ސަސްޕެންޑްކޮށް އިމްޕީޗްމަންޓް މަރުހަލާ ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 08:49
ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި، އެ ގައުމުގެ ރައީސް ތަމާސް ސުލްޔޮކް (މެދުގައި) އަސްކަރީ ޝަރަފުގެ ގާޑެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި، އެ ގައުމުގެ ރައީސް ތަމާސް ސުލްޔޮކް (މެދުގައި) އަސްކަރީ ޝަރަފުގެ ގާޑެއްގައި ބައިވެރިވެވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

ހަންގޭރީގެ ރައީސް ތަމާސް ސުލްޔޮކް މަގާމުން ވަކިކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ. ސުލްޔޮކް އަކީ 16 އަހަރަށްފަހު މިދިޔަ އޭޕްރީލް މަހު ވެރިކަމުން ވަކިވި ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯބާން އަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ.

ބޮޑުވަޒީރު ޕީޓާ މަގްޔާރްގެ "ޓިޒާ" ޕާޓީން ވަނީ އެ ޕާޓީއަށް މަޖިލީހުގައި އޮތް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުގެ ބޭނުންކޮށް، ގާނޫނުއަސާސީއަށް 17 ވަނަ އިސްލާހު ގެނެސްފަ އެވެ. މި އިސްލާހާއެކު ރައީސް ސުލްޔޮކްގެ އިތުރުން ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސް ޕީޓާ ޕޯލްޓްގެ ދައުރު ވެސް ވަނީ ނިމުމަކަށް އައިސްފައެވެ.

މިއީ އޭޕްރީލް 12 ވަނަ ދުވަހު އޯބާންގެ "ފިޑޭޒް" ޕާޓީގެ މައްޗަށް ހޯދި ކުއްލި ކާމިޔާބީއަށްފަހު، މެއި މަހުގެ ކުރީކޮޅު އާ ސަރުކާރުން ހަވާލުވި ފަހުން މަޖިލީހުގައި ހިނގި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކެވެ.

މި އިސްލާހު ތަސްދީގުކުރެއްވުމަށް ނުވަތަ ކޮންސްޓިޓިއުޝަނަލް ކޯޓަށް ފޮނުއްވުމަށް ރައީސް ސުލްޔޮކަށް މިހާރު ލިބިވަޑައިގަންނަވާނީ ފަސް ދުވަހުގެ މުއްދަތެކެވެ. މި އިސްލާހު ތަސްދީގުކުރެއްވުމަކީ އޭނާގެ ސިޔާސީ ހަޔާތް އަމިއްލައަށް ނިމުމަކަށް ގެނައުން ފަދަ ކަމެކެވެ.

ރައީސް ސުލްޔޮކް މި މައްސަލަ ކޯޓަށް ހުށަހަޅުއްވައިފިނަމަ، އޭނާ މަގާމުން ވަކިކުރުމުގެ އިތުރު އިޖުރާއަތްތައް (އިމްޕީޗްމަންޓް) ފަށްޓަވާނެ ކަމަށް ބޮޑުވަޒީރު މަގްޔާރް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ހާލަތެއްގައި އޭނާ މަގާމުން އޮޓޮމެޓިކުން ސަސްޕެންޑް ވާނެ އެވެ.

މީގެ އިތުރުން، ގައުމުގެ މަސްލަހަތަށްޓަކައި ގާނޫނުއަސާސީގެ ކާރިސާއަކުން ސަލާމަތްވުމަށްޓަކައި އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ އިޚުތިޔާރު ވެސް އޭނާއަށް އެބައޮތެވެ. އާ ސަރުކާރުން ވެސް އަންނަނީ އޭނާ އިސްތިއުފާ ދެއްވުމަށް ބާރުއަޅަމުންނެވެ.

ހޯމަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގެ ކުރިން، މިހާރު އިދިކޮޅުގައި އޮތް ފިޑޭޒް ޕާޓީގެ މެންބަރުން ވަނީ މަޖިލީހުން ނުކުމެފަ އެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ޓިޒާ ޕާޓީން މަސައްކަތް ކުރަމުންދަނީ ގައުމުގައި ހުދުމުޚުތާރު ވެރިކަމެއް ގާއިމުކުރުމަށެވެ.

ފިޑޭޒް ޕާޓީން ބުނާ ގޮތުގައި މި އިސްލާހުގެ ސަބަބުން، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހަކު ވެސް ވަގުތުން ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންދެއެވެ.

މިކަމާ ގުޅޭގޮތުން ކުރީގެ ރިޔާސީ ކެންޑިޑޭޓް ޕީޓާ ރޯނާ ބީބީސީއަށް ވިދާޅުވީ، މިއީ ވަރަށް މަޖާ ހާލަތެއް ކަމަށާއި، ފިޑޭޒް ޕާޓީ މިހާރު މިވަނީ އެމީހުން އަމިއްލައަށް އުފެއްދި ބާރުގެ އުސޫލުތަކުގެ މަޅީގައި ޖެހިފައި ކަމަށެވެ.

2011 ވަނަ އަހަރު އޯބާންގެ ސަރުކާރުން އެކުލަވައިލި ގާނޫނުއަސާސީ ބިނާކޮށްފައިވަނީ "މޮޅުވާ ފަރާތަށް ހުރިހާ ބާރެއް ލިބޭ" އުސޫލުގެ މައްޗަށެވެ.

2010 އިން 2026 އާ ހަމައަށް ވެރިކަމުގައި އޮތް ފިޑޭޒް ޕާޓީން ވަނީ އެމީހުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން، ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އެ ޕާޓީއަށް ވަފާތެރި މީހުން އައްޔަންކޮށް، ގައުމުގެ ނިޒާމު އެމީހުން ބޭނުންވާ ގޮތަށް ބަދަލުކޮށްފަ އެވެ.

ވޯޓުގެ ނަތީޖާ އިއުލާންކުރުމާއެކު، މަޖިލީހުގައި ތިއްބެވި ޓިޒާ ޕާޓީގެ 141 މެންބަރުން ވަނީ ކޮޅަށް ތެދުވެ އަތްތިލަބަޑި ޖަހައި މަރުހަބާ ކިޔާފަ އެވެ.

މި އިސްލާހުގެ ދަށުން، އުމުރުން 70 އަހަރުން މަތީގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިވާނެ އެވެ. އަދި މަޖިލީހުގެ ތިން ދައުރު ފުރިހަމަކޮށްފައިވާ މެންބަރުންނަށް ދެން އިންތިޚާބުގައި ކުރިމަތިނުލެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. މީގެ ސަބަބުން ފިޑޭޒް ޕާޓީގެ މިހާރުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންނަށް ފުރުސަތު ގެއްލޭނެ އެވެ.

މަސްދަރު: ބީބީސީ

ހަންގޭރީތަމާސް ސުލްޔޮކްވިކްޓަރ އޯބާންޕީޓަރ މަގްޔާރުޓިސްޒާ ޕާޓީފިޑޭޒް ޕާޓީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 ޖޫން 2026

ވިކްޓަރ އޯބާން އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުން ހުއްޓުވުމަށް ހަންގޭރީގެ ބޮޑުވަޒީރުކަން ކުރެވޭނީ ގިނަވެގެން 8 އަހަރު ކަމަށް ފާސްކޮށްފި

16 ޖޫން 2026
ވިކްޓަރ އޯބާން އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުން ހުއްޓުވުމަށް ހަންގޭރީގެ ބޮޑުވަޒީރުކަން ކުރެވޭނީ ގިނަވެގެން 8 އަހަރު ކަމަށް ފާސްކޮށްފި
13 އެޕްރީލު 2026

ބޮޑު ނާކާމިޔާބެއް ކުރިމަތިވެ، އޯބަންގެ ވެރިކަން ނިމުމަކަށް

13 އެޕްރީލު 2026
ބޮޑު ނާކާމިޔާބެއް ކުރިމަތިވެ، އޯބަންގެ ވެރިކަން ނިމުމަކަށް
23 ފެބުރުއަރީ 2026

ހަންގޭރީ އިން ދެކޮޅު ހަދާތީ، ރަޝިޔާ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނުނިންމޭނެ

23 ފެބުރުއަރީ 2026
ހަންގޭރީ އިން ދެކޮޅު ހަދާތީ، ރަޝިޔާ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނުނިންމޭނެ
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
05 ޖުލައި 2024

ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ

05 ޖުލައި 2024
ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ
24 ޖޫން 2024

ހަންގޭރީން ގަދަ 16 ވަނަ ބުރުގެ އުންމީދު ހޯދައިފި

24 ޖޫން 2024
ހަންގޭރީން ގަދަ 16 ވަނަ ބުރުގެ އުންމީދު ހޯދައިފި
22 މެއި 2023

ހަންގޭރީގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

22 މެއި 2023
ހަންގޭރީގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
07 އެޕްރީލު 2023

ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟

07 އެޕްރީލު 2023
ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟
09 ނޮވެމްބަރު 2022

މަހުގެ ޑިއުޓީ މަޢާފްކޮށް، ފްރީ ވިސާ ދިނުމަށް ހަންގޭރީން މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ދީފި

09 ނޮވެމްބަރު 2022
މަހުގެ ޑިއުޓީ މަޢާފްކޮށް، ފްރީ ވިސާ ދިނުމަށް ހަންގޭރީން މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ދީފި
09 ނޮވެމްބަރު 2022

ރައީސްގެ އަރިހަށް ހަންގޭރީގެ ފޮރިން މިނިސްޓަރު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

09 ނޮވެމްބަރު 2022
ރައީސްގެ އަރިހަށް ހަންގޭރީގެ ފޮރިން މިނިސްޓަރު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް