Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަންގޭރީ

ބޮޑު ނާކާމިޔާބެއް ކުރިމަތިވެ، އޯބަންގެ ވެރިކަން ނިމުމަކަށް

ވޯޓުގެ 46 އިންސައްތަ ގުނައި ނިމިފައިވާއިރު، ނަތީޖާ ދައްކާ ގޮތުން 199 މެމްބަރުން ހިމެނޭ ހަންގޭރީގެ ޤާނޫނު ހަދާ މަޖިލީހުގެ 135 ގޮނޑި ޓިސްޒާ ޕާޓީ އިން ވަނީ ކާާމިޔާބު ކޮށްފައި. މިއީ ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި މެޖޯރިޓީއެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 04:51
ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަން.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަން. | ރޮއިޓާސް

ހަންގޭރީގައި ގިނަ ދުވަސް ތަކެއް ވަންދެން ވެރިކަން ކުރައްވަމުން އައި ނޭޝަނަލިސްޓް ލީޑަރު ވިކްޓާ އޯބަން، އެ ޤައުމުގައި ބޭއްވި އާންމު އިންތިޚާބުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތިލާާން ޖެހިއްޖެ އެވެ.

ހަންގޭރީގެ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދާފައި ވަނީ ޕީޓާ މަގްޔާރް އިސްކޮށް ހުންނަވައި، އަލަށް އުފެއްދެވި، ސެންޓަރ ރައިޓް ޔޫރަޕުގެ އިއްތިހާދަށް ތާއީދު ކުރާ ޓިސްޒާ ޕާޓީ އިންނެވެ. މިއީ ރަޝިޔާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާތް ގުޅުމެއް ބާއްވަވާ އޯބަން އަށް ލިބުނު ވަަރަށް ބޮޑު ނާކާމިޔާބީ އެކެވެ. 

ވޯޓުގެ 46 އިންސައްތަ ގުނައި ނިމިފައިވާއިރު، ނަތީޖާ ދައްކާ ގޮތުން 199 މެމްބަރުން ހިމެނޭ ހަންގޭރީގެ ޤާނޫނު ހަދާ މަޖިލީހުގެ 135 ގޮނޑި ޓިސްޒާ ޕާޓީ އިން ވަނީ ކާާމިޔާބު ކޮށްފަ އެވެ. މިއީ ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި މެޖޯރިޓީ އެވެ. އޯބަންގެ ފިޑޭޒް ޕާޓީ އަށް ވަނީ މި އިންތިޚާބުގައި ބޮަޑު ނާކާމިޔާބެއް ކުރިމަތިވެފަ އެވެ.

އޯބަންގެ ކެމްޕެއިން އޮފީހުގަައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އިންތިޚާބުގެ ފައިނަލް ނަތީޖާ އަދި ނުލިބޭ ކަމަށާއި، ނަމަވެސް މަސްރަހު އޮތް ގޮތް ވަރަށް ސާފު ކަމަށެވެ. މި ނަތީޖާ އަކީ ވަރަށް ހިތްދަތި ނަތީޖާއެއް ކަމަށާއި، ނަމަވެސް އެއީ ރައްޔިތުންގެ ސާފު ނިންމުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

މި އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް މަތިވެފައިވާއިރު، ބުޑަޕެސްޓުގައި ވޯޓުލާ މަރުކަޒު ތަކުގައި ދިގު ކިއޫ ތަކެއް އޮތް ކަމަށް ހަންގޭރީގެ މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. ވޯޓުލުން ބަންދު ކުރުމުގެ ބައި ގަޑިއިރު ކުރިން ލިބުުނު ތަފާސް ހިސާބު ތަކަށް ބަލާއިރު، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 77.8 އިންސައްތަ މީހުން ވަނީ ވޯޓު ލައިފަ އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން ވޭއްވި އިންތިޚާބުގައި ވޯޓުލީ 67.8 އިންސައްތައާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ. 

ފާއިތުވި 16 އަހަރު ހަންގޭރީގައި އޯބަން ކުރެއްވި ވެރިކަން ނިމުމަކަށް އައުމަކީ ހަމައެކަނި އެ ޤައުމަށް އޮތް ކަމެއް ނޫނެވެ. މިއީ މުޅި ޔޫރަޕުގެ އިންތިހާދަށާއި، ޔޫކްރެއިން ހަނގުރާމަ އަށް ވެސް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމެކެވެ. އޯބަންގެ ވެރިކަން ނިމުމުން، ޔޫރަޕުގެ އިއްތިހާދުގެ ތެރޭގައި ހަންގޭރީ އިން ގެންގުޅުނު ދެކޮޅުވެރި ސިޔާސަތުތައް ނިމުމަކަށް އަންނާނެ ކަމަށް ވެސް ބެލެވެ އެވެ. 

މީގެ އިތުރުން އޯބަން ހުރަސް އަޅަމުން ގެންދިޔަ، ޔޫކްރެއިން އަށް ދޭން ނިންމާފައިވާ 90 ބިލިއަން ޔޫރޯ ނުވަތަ 105 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޫކުރުމަށް ވެސް މަގު ފަހި ވެގެން ދާނެ ކަމަށް ބެލެވެ އެވެ. 

މަސްދަރު: ރޮއިޓާސް

ވިކްޓަރ އޯބަންހަންގޭރީޕީޓަރ މަގްޔާރުޓިސްޒާ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަންގޭރީ އިން ދެކޮޅު ހަދާތީ، ރަޝިޔާ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނުނިންމޭނެ

ހަންގޭރީ އިން ދެކޮޅު ހަދާތީ، ރަޝިޔާ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނުނިންމޭނެ

23 ފެބުރުއަރީ 2026
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ

ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ

05 ޖުލައި 2024
ހަންގޭރީން ގަދަ 16 ވަނަ ބުރުގެ އުންމީދު ހޯދައިފި

ހަންގޭރީން ގަދަ 16 ވަނަ ބުރުގެ އުންމީދު ހޯދައިފި

24 ޖޫން 2024
ހަންގޭރީގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ހަންގޭރީގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

22 މެއި 2023

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު