Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އާއި ހަންގޭރީގެ ގުޅުން

މަހުގެ ޑިއުޓީ މަޢާފްކޮށް، ފްރީ ވިސާ ދިނުމަށް ހަންގޭރީން މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ދީފި

މިނިސްޓަރު ސިއާޓޯ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅަކީ މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2022 | ބުދަ 09:53
މިނިސްޓަރު ޝާހިދު އާއި މިނިސްޓަރު ސިއާޓޯ ބަޔާން އިއްވެވުން

މިނިސްޓަރު ޝާހިދު އާއި މިނިސްޓަރު ސިއާޓޯ ބަޔާން އިއްވެވުން

ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓްކުރާ އިރު ނަގާ ޑިއުޓީ މައާފްކޮށްދިނުމަށާއި، ޔޫރަޕުގެ ގައުމުތަކަށް ވިސާއާ ނުލާ ރާއްޖޭގެ ރައްޔިތުންނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާދިނުމަށް އެހީތެރިވެދެއްވާނެ ކަމަށް ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓަރ ސިއާޓޯ ވިދާޅުވެއްޖެއެވެ.

މިހާރު އެމަނިކުފާނު ރާއްޖެ އަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އެކު ބޭއްވެވި މަޝްވަރާތަކުގައި އިއްވެވި ގުޅިފައިވާ ބަޔާނުގައި މިނިސްޓަރު ސިއާޓޯ ވަނީ އެކަމުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން މިހާރު ޔޫރަޕަށް މަސް އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރެއިން ޑިއުޓީ މަޢާފްކޮށްދީފައި ނުވަނީ ހަމައެކަނި ދިވެހިރާއްޖެއަށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަން ހައްލުކުރަން ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގައި ހަންގޭރީން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރު ސިއާޓޯ ވަނީ ރާއްޖެއާ އެކު ހަންގޭރީ ދެމި އޮންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެ ބަޔާނުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ވިސާ ފެސިލިޓޭޝަން ސެންޓަރުގައި ހަންގޭރީން ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ވިސާ ފެސިލިޓީ މެދުވެރިކޮށް ޔޫރަޕުގެ ފަސް ގައުމަކަށް ވިސާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ހަންގޭރީ އިން ރާއްޖެ އަށް ވެދޭ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދާދި ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ މަހުން ނަގާ ޑިއުޓީ މަޢާފްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓަރ ސިއާޓޯ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅަކީ މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޚާރިޖީ ވުޒާރާހަންގޭރީޢަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު