Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަންގޭރީގެ ފޮރިން މިނިސްޓަރު

ރައީސްގެ އަރިހަށް ހަންގޭރީގެ ފޮރިން މިނިސްޓަރު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ހަންގޭރީ ސަރުކާރުން ދިވެހި ކިޔަވާކުދިންނަށް ދެމުން އައި ސްކޮލަޝިޕްގެ އަދަދު 15 އިން 25އަށް އިތުރުކޮށްދެއްވާފައިވާކަން ހާމަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ނޮވެމްބަރު 2022 | ބުދަ 09:26
ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯ ރައީސްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން

ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯ ރައީސްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހުގެ މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ހަންގޭރީގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑް މިނިސްޓަރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ މަސްލަހަތު އޮތް ކަންކަމާއި ދެ ޤައުމަށް މަންފާވާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަކުރެއްވުމުގައި މިނިސްޓަރު ޕީޓަރ ސިއާޓޯގެ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ އާއި ހަންގޭރީ އާއި ދެމެދު އޮތް ގުޅުމާއި ދެޤައުމުގެ ދެމެދުގައި މިއަދު ސޮއެކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ހަންގޭރީ ސަރުކާރުން ދިވެހި ކިޔަވާ ކުދިންނަށް ދެމުން އައި ސްކޮލަޝިޕްގެ އަދަދު 15 އިން 25އަށް އިތުރުކޮށްދެއްވާފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަށް މިސަރުކާރުންވެފައިވާ ވަޢުދާއި އެއްގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަންގޭރީ ސަރުކާރުން ދިވެހި ދަރިވަރުންނަށްދޭ ސްކޮލަރޝިޕްގެ އަދަދު އިތުރުކޮށްދެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދިވެހިން ހަންގޭރީއަށް ދަތުރުކުރުމުގައި ވިސާގެ ލުއިތައް ދެއްވުމަށް ނިންމަވާފައި ވާތީ އެކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރަޝިޔާ- ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެޤައުމުން ރައްކާތެރިކަމާ އެކު ބޭރުވުމަށް ހަންގޭރީން ވެދެއްވި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިބައްދަލުކުރެއްްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރު ޕީޓަރ ސިއާޓޯ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ އަދި ދެޤައުމަށް މަންފާކުރާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރު ޕީޓަރ ސިއާޓޯ މިބައްދަލުވުން ނިންމަވާލެއްވީ، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހަންގޭރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު