Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިތަދޫ ކޯޒްވޭ

ހިތަދޫ ކޯޒްވޭގެ މަސައްކަތް ލަސްވާތީ ސުވާލުކުރިތާ 306 ދުވަސް ފަހުން މުއްތޮލިބް ދެއްވި ޖަވާބު: މަސައްކަތް ލަސްވަނީ ކުރީ ސަރުކާރުން ބައިވަރު މަޝްރޫއު ޙަވާލުކޮށްފައި ހުރީމަ!

13 ޖުލައި 2026 | ހޯމަ 05:50

ލ. ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވީ ނަމަވެސް، މަސައްކަތުގެ ދުވެލި ލަސްކަން ކޮންސްޓްރަކްޝަން މިނިސްޓަރު ފާހަގަކުރެއްވި. މި މަޝްރޫއު 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިއީ 81 މިލިއަން ރުފިޔާއަށް ޙަވާލުކޮށްފައިވާ މަޝްރޫއެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2026 | ހޯމަ 05:50
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު | ރައްޔިތުންގެ މަޖިލިސް

ލ ހިތަދޫ ކޯޒްވޭގެ މަސައްކަތް ލަސްވަނީ މިދިޔަ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ޙަވާލުކޮށްފައި ހުރުމުންކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް މިނިސްޓަރު ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ކުރައްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އެގޮތުން މެމްބަރު ސުވާލު ކުރައްވާފައިވަނީ ލ ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައި ނިންމޭނެ ތާރީޚަކީ ކޮބައިތޯ އެވެ.

Advertisement - newsAdvertisement

އެ ސުވާލު ކުރިތާ 306 ދުވަސް ފަހުން މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ، އެ މަޝްރޫއަކީ 22 ޖެނުއަރީ 2023 ގައި ސޮއިކުރެވި، 2 ސެޕްޓެމްބަރު 2023 ގައި އެމްޓީސީސީން މޮބިލައިޒް ކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އޭރުގައި ކުރެވިފައިވަނީ ސާރވޭ ކުރުމާ ގުޅޭ ބައެއް މަސައްކަތްތައް ކަމަށާއި، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިފައިވަނީ މި ހިނގަމުންދާ ސަރުކާރުގައި ކަމަށެވެ. އެގޮތުން ސާރވޭ ނިންމައި، ޑިޒައިނިންގ އާ ގުޅޭ މަސައްކަތްތައް ނިންމުމަށްފަހު މިހާރު މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 20 އޮކްޓޯބަރު 2025 ގައެވެ.

  އޭރުގައި މަސައްކަތް ފަށާފައިވަނީ ސާރވޭއާއި ބޯހޯލް އިންވެސްޓިގޭޓު ކުރުމުގެ މަސައްކަތް، ނަމަވެސް އެ މަސައްކަތްވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގޮސް، ހަގީގަތުގައި އަމަލީ މަސައްކަތް ފެށިފައިވަނީ މި ސަރުކާރުގައި،
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު 

އެހެންނަމަވެސް، ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރިއަށް ނުދާކަން މިނިސްޓަރުވެސް ޤަބޫލު ކުރެއްވި އެވެ. ނަމަވެސް ބޭނުންވާ ސްޕީޑުގައި މަޝްރޫއު ކުރިއަށް ނުގެންދެވޭ ވަކި ސަބަބެއް މިނިސްޓަރަށް ވިދާޅުވެދެއްވިފައެއް ނުވެއެވެ.

މިނިސްޓަރ ވަނީ 2028 ވަނަ އަހަރުގެ މެދުތެރެއަށްދާއިރު، މަސައްކަތް ނިންމައި ރައްޔިތުންނަށް މި ކޯޒްވޭ ބޭނުން ކުރެވޭނެކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، ސިމެންތި ހުސްވެގެން އެތަނުގައި "އެލް ބްލޮކް" ތައް ޖެހުމުގެ މަސައްކަތް ހުއްޓިފައިވާކަން މިނިސްޓަރުގެ ސުވާލާ ގުޅިގެން ދެއްކެވި ވާހަކައިގައި މެމްބަރު ޝާކިރު ފާހަގަ ކުރެއްވިއެވެ. މެމްބަރު ވަނީ ފައިސާ ނެތީތޯއާއި، މި މަޝްރޫއަށް އެކަށައެޅިފައިވާ ފައިސާ ހަމަނުޖެހެނީތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަނެއްކާވެސް ވިދާޅުވީ، ސަރުކާރުން އެދޭހާ ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްނުދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި 40 ބިލިއަނެއްހާ މަޝްރޫއެއް އެބަހުރިކަމަށް އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން އެ މަޝްރޫއުތަކާއި، މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތަކުގެ އެޖެންޑާ އެކުއެކީގައި ކުރިއަށްދާތީ ލަސްތަކެއްވެސް ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ 500 ދުވަސްތެރޭ ނިންމާގޮތަށް 81 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 390 މީޓަރުގެ ރިވެޓްމަންޓަކާއި، 157.5 މީޓަރުގެ ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގެއް ހެދުމަށް ވަނީ ޙަވާލު ކުރެވިފަ އެވެ.

 

ސ.ހިތަދޫޑރ. ޢަބްދުﷲ މުއްޠަލިބުއަހުމަދު ޝާކިރުމާވަށު ދާއިރާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޖުލައި 2026

ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 ޖުލައި 2026
ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި
02 ޖުލައި 2026

ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

02 ޖުލައި 2026
ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
09 ޖޫން 2026

އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި

09 ޖޫން 2026
އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި
06 ޖޫން 2026

"ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ: ނިޒާރު

06 ޖޫން 2026
"ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ: ނިޒާރު
20 މެއި 2026

ނާޒިމް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑުކުރަން: ޝާހިދު

20 މެއި 2026
ނާޒިމް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑުކުރަން: ޝާހިދު
22 މާރިޗު 2026

އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

22 މާރިޗު 2026
އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
21 މާރިޗު 2026

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

21 މާރިޗު 2026
ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ
08 ފެބުރުއަރީ 2026

އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު

08 ފެބުރުއަރީ 2026
އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު
07 ފެބުރުއަރީ 2026

ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

07 ފެބުރުއަރީ 2026
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް