Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރާމާރީ

ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

7 ޖުލައި 2026 | އަންގާރަ 08:10

ސ. ހިތަދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން، ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. މި ހާދިސާގައި އަނިޔާވި މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ފޭރުމާއި މާރާމާރީ އިތުރުވަމުންދާތީ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2026 | އަންގާރަ 08:10
ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން | މޯލްޑިވްސް ޕޮލިސް

ސ. ހިތަދޫ ގެ ގެއަކަށް ބަޔަކު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން، އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހިތަދޫގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 04 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކުގެ ސަބަބުން އެ މީހުންނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ އެވެ.

މި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 ޖުލައި 5 ވަނަ ދުވަހު އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުންނެވެ.

އެ ސަރަހައްދުގެ އާންމުންގެ ފަރާތުން "ރާއްޖެއެމްވީއަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގެއަށް ބަޔަކު ވަދެ ދޭތެރެ ދޭތެރެއިން މާރާމާރީ ހިންގައި، ފޭރުމުގެ އަމަލުތައް ދަނީ ހިންގަމުންނެވެ. އަދި މިފަދަ ހާދިސާތަކާ ގުޅިގެން ފުލުހުން އެ ސީންއަށް ގޮސް ބައެއް ހެކިތައް ގެންދިޔަ ނަމަވެސް، މީގެ ކުރިން މީހަކު ހައްޔަރުކޮށްފައި ނުވާތީ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ފުލުހުން ވަނީ މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ފުލުހުން ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މިފަދަ ނުރައްކާތެރި ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ކުރިއަށް ގެންދާއިރު، ހައްޔަރުކުރި މީހުންގެ ވަނަވަރެއް އަދި ހާމައެއް ނުކުރެ އެވެ.

ސ.ހިތަދޫދިވެހި ފުލުހުންގެ ޚިދުމަތްކުށް ކުރުން

އިތުރަށް ކިޔާލަން

06 ޖުލައި 2026

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ

06 ޖުލައި 2026
ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ
03 ޖުލައި 2026

ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ

03 ޖުލައި 2026
ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ
03 ޖުލައި 2026

ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ

03 ޖުލައި 2026
ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ
02 ޖުލައި 2026

ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

02 ޖުލައި 2026
ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
09 ޖޫން 2026

އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި

09 ޖޫން 2026
އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި
06 ޖޫން 2026

"ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ: ނިޒާރު

06 ޖޫން 2026
"ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ: ނިޒާރު
20 މެއި 2026

އޮޕަރޭޝަން ފްރޮންޓިއަރ-664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވޭ

20 މެއި 2026
އޮޕަރޭޝަން ފްރޮންޓިއަރ-664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވޭ
05 އެޕްރީލު 2026

އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން

05 އެޕްރީލު 2026
އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން
05 އެޕްރީލު 2026

ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި

05 އެޕްރީލު 2026
ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް