Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޙަމަދުގެ ޖަނާޒާ

ޤަތަރުގެ ކުރީގެ އަމީރު ޙަމަދުގެ ޖަނާޒާ ބާއްވައިފި، ސަންދޯއްޕުޅު އުފުއްލެވީ ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް

13 ޖުލައި 2026 | ހޯމަ 05:07

ދައުލަތުގެ މީޑިއާ އިން ވަގުތުން ދެއްކި ޖަނާޒާގެ ތެރެއިން، މިހާރުގެ އަމީރު ޝައިޚް ތަމީމް ވަނީ އެމަނިކުފާނުގެ ބައްޕާފުޅުގެ ސަންދޯއްޕުޅު އުފުލެއްވުމުގައި އަމަލީ ގޮތުން ވެސް ބައިވެރިވެ ވަޑައިގެންފައި. ކަށު ނަމާދަށް ފަހު، ޝައިޚް ޙަމަދު ފަސްދާނު ލައްވާފައި ވަނީ ދޯހާގައި ހުންނަ ލުސައިލް ގަބުރުސްތާނުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 05:07
ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދުގެ ޖަނާޒާގެ ތެރެއިން، މިހާރުގެ އަމީރު ޝައިޚް ތަމީމް ބައްޕާފުޅުގެ ހަށިކޮޅު އުފުއްލެވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ.

ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދުގެ ޖަނާޒާގެ ތެރެއިން، މިހާރުގެ އަމީރު ޝައިޚް ތަމީމް ބައްޕާފުޅުގެ ހަށިކޮޅު އުފުއްލެވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ. | ރޮއިޓާސް

ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމަށް ފަހު، ރަސްމީ ޢިއްޒަތުގައި ފަސްދާނު ލައްވައިފި އެވެ. 

އުމުރުފުޅުން 74 އަހަރުގައި ޝައިޚް ޙަމަދު އަވަހާރަވެފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި އެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ޤައުމު ތަކުގެ ލީޑަރުން ވަނީ ތައުޒިޔާ ދަންނަވައިފަ އެވެ. 

ޝައިޚް ޙަމަދުގެ ކަށުނަމާދު ބާއްވާފައި ވަނީ ޤަތަރުގެ ވެރި ރަށް ދޯހާއި ހުންނަ އެ ޤައުމުގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ، އިމާމް މުޙައްމދު އިބްނު ޢަބްދުލް ވައްޙާބް މިސްކިތުގައި އެވެ. މި ކަށު ނަމާދުގައި ޤަތަރުގެ އިސްވެރިންނާއި، އާންމު ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައި އެވެ.

ޝައިޚް ޙަމަދުގެ ކަށު ނަމާދުގައި އެމަނިކުފާނުގެ ދަރިކަލުން އަދި ޤަތަރުގެ މިހާރު އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީ ވެސް ވަނީ ބައިވެރިވެ ވަޑައިގެން، ޖަނާޒާގެ ކަންކަމުގައި އިސްކޮށް އުޅުއްވައިފަ އެވެ. 

ދައުލަތުގެ މީޑިއާ އިން ވަގުތުން ދެއްކި ޖަނާޒާގެ ތެރެއިން، މިހާރުގެ އަމީރު ޝައިޚް ތަމީމް ވަނީ އެމަނިކުފާނުގެ ބައްޕާފުޅުގެ ސަންދޯއްޕުޅު އުފުލެއްވުމުގައި އަމަލީ ގޮތުން ވެސް ބައިވެރިވެ ވަޑައިގެންފައި އެވެ. ކަށު ނަމާދަށް ފަހު، ޝައިޚް ޙަމަދު ފަސްދާނު ލައްވާފައި ވަނީ ދޯހާގައި ހުންނަ ލުސައިލް ގަބުރުސްތާނުގައި އެވެ. މިއީ ޤަތަރުގެ ތަރައްޤީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސްދެއްވި ވެރިއެއްގެ ވަކިގެ ދިޔުން ރަމްޒުކޮށްދޭ ހިތާމަވެރި ވަގުތު ކޮޅެކެވެ. 

ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސަންދޯއްޕުޅު، އެމަނިކުފާނުގެ ދަރިކަލުން އަދި ޤަތަރުގެ މިހާރު އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީ އުފުއްލަވަނީ.

ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު އަވަހާރަވުމުގެ ހިތާމައިގައި ޤަތަރުގެ ސަރުކާރުން ވަނީ، ހަތަރު ދުވަހުގެ މުއްދަތަކަށް ޤައުމީ ހިތާމަ ފާޅު ކުރުން އިއުލާން ކޮށްފައި އެވެ. އެ މުއްދަތުގެ ތެރޭގައި ޤަތަރުގެ ޤައުމީ ދިދަ ބައި ދަނޑި އަށް ތިރި ކުރުމަށް ވެސް ވަނީ ނިންމައިފަ އެެވެ. 

އަމީރީ ދީވާނުން ހާމަ ކޮށްފައިވާ ގޮތުގައި، ތައުޒިޔާ ކިޔުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް އަމީރު ޝައިޚް ތަމީމް ހުންނަވާނީ ލުސައިލް ޕެލަސްގައި އެވެ. ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުން ތަކުގައި ބޭރު ގައުމު ތަކުގެ އިސްވެރިންނާއި، ޝާހީ އާއިލާގެ މެންބަރުން އަދި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ގަތަރުޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީޝެއިޚް ތަމީމް ބިން ހަމަދް އަލް ތާނީ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ
12 ޖުލައި 2026

ކަނޑުދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ގަތަރުން އަންގައިފި

12 ޖުލައި 2026
ކަނޑުދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ގަތަރުން އަންގައިފި
12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
12 ޖުލައި 2026

އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި

12 ޖުލައި 2026
އީރާނުން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ، ގަތަރުން ނުރުހުން ފާޅު ކޮށްފި
12 ޖުލައި 2026

ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ - ޒަމާނީ ގަތަރުގެ މޭސްތެރިޔާ

12 ޖުލައި 2026
ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ - ޒަމާނީ ގަތަރުގެ މޭސްތެރިޔާ
12 ޖުލައި 2026

ޤަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވެއްޖެ

12 ޖުލައި 2026
ޤަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވެއްޖެ
10 ޖުލައި 2026

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

10 ޖުލައި 2026
އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

09 ޖުލައި 2026
ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް