Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީ-ވޯޓިން

އީވޯޓިންގ ތައާރަފް ކުރުމަށް ފިޒިކަލީ ހުރަހެއް ނެތް: އީސީގެ ރައީސް

އީ-ވޯޓިން ތައާރަފްކުރުމުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުވުމާއި ގާނޫނުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. މި ނިޒާމާ މެދު ސިޔާސީ މަސްރަހުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާއިރު، ކޮމިޝަނުން އިސްކަންދެނީ ރައްޔިތުންގެ އިތުބާރު ހޯދުމަށެވެ. އެހެންކަމުން މިކަން ކުރެވޭނީ ރައްޔިތުން އެކަމަށް ތައްޔާރުވުމުން ކަމަށް އެ ކޮމިޝަނުން ފާހަގަކުރޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖުލައި 2026 | އާދީއްތަ 04:44
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް، 24 ޖޫން 2026 ގައި މުޙައްމަދު ޝަކީލް ވަނީ އައްޔަންކުރައްވާފައި.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް، 24 ޖޫން 2026 ގައި މުޙައްމަދު ޝަކީލް ވަނީ އައްޔަންކުރައްވާފައި. | ރައީސް އޮފީސް

އިލެކްޓްރޯނިކް ވޯޓިން ނިޒާމު ނުވަތަ އީ-ވޯޓިން ނިޒާމެއް ބޭއްވުމަށް ފިޒިކަލީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަފުޅުގައި ޝަކީލް ވިދާޅުވީ، އީ-ވޯޓިންގެ ނިޒާމާ ގުޅޭގޮތުން އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަ ދެކެވޭ ކަމަށެވެ. މިސާލަކަށް ވޯޓު އޮޅުވާލުން ފަދަ ކަންކަމުގެ ވާހަކަ އެ ނިޒާމާ ގުޅޭގޮތުން ދެކެވޭ ކަމަށާއި، ރައްޔިތުން ހޭލުންތެރިކުރަންޖެހެނީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީ-ވޯޓިން ނިޒާމު ތައާރަފްކުރުމަކީ ޤާނޫނުތައް އިސްލާޙުކޮށްގެންވެސް ކުރެވިދާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ. ނަމަވެސް ފުރަތަމަ އިސްކަންދޭނީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ކަމަށާއި، ރައްޔިތުން ހޭލުންތެރިކުރުވުމަށްފަހު އެ ނިޒާމު ތައާރަފްކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޒިކަލީ އަޅުގަނޑުމެންނަށް އެކަމުގައި އެއްވެސް ހުރަހެއް ނެތް. އެކަން ކުރެވޭނީ ދިގުދެމިގެންދާ ގޮތަކަށް ރައްޔިތުން ހޭލުންތެރިކުރުވުުމަށް ފަހު، އެ ކަމަށް ތައްޔާރުކަން ރައްޔިތުން ހާމަކުރާ ހިސާބުން
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް

މި ވާހަކަތައް ފެންމަތިވަނީ އީ-ވޯޓިންގެ ނިޒާމާ ގުޅޭގޮތުން ސިޔާސީ މައިދާނުގައި ބޮޑެތި ތަފާތު ޚިޔާލުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަކީ އީ-ވޯޓިން ތައާރަފްކޮށް ވޯޓުން ވައްކަން ކުރަން ސިއްރު އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން، ޕީއެންސީގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އައްޔަނު ކުރެއްވީވެސް އެފަދަ ކަންކަން ފަހިކުރުމަށް ކަމަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ.

އީ-ވޯޓިން ނިޒާމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބޭނުންކުރަމުން އަންނަ ނިޒާމެއް ކަމުގައިވިޔަސް، މި ނިޒާމު ތައާރަފްކުރުމުގައި ސިއްރުން ވޯޓުދިނުމުގެ ޙައްޤު ކަށަވަރުކުރުމާއި، ނިޒާމުގެ ސައްޙަކަމާއި، ސައިބަރ ސަލާމަތާއި، ރައްޔިތުންގެ އިތުބާރު ހޯދުން ފަދަ ކަންކަން ވަރަށް މުހިންމު ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

އީ-ވޯޓިންމުހައްމަދު ޝަކީލު މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން

އިތުރަށް ކިޔާލަން

11 ޖުލައި 2026

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާނުކުރެވޭތީ އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ކަންބޮޑުވުން ފާޅުކުރައްވައިފި. މުއައްސަސާތަކުގެ މިނިވަންކަން ގެއްލި، ހުރިހާ ނިންމުންތަކެއް ރައީސް އޮފީހުން ކޮންޓްރޯލް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. މީގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ސަރުކާރުގެ އަމަލުތައް ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު ބަންދުވެފައިވާ ކަމަށްވެސް އައިކް ވިދާޅުވި.

11 ޖުލައި 2026
އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް
11 ޖުލައި 2026

ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު އަދި އަހުލާގީ މިންގަނޑުން ބޭރު ހަރަކާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުން ނުދޭނެ ކަމަށް އެ ކޮމިޝަނުގެ އައު ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ. ބައެއް ޕާޓީތަކުން އާންމު މަސްލަހަތު ގެއްލޭ ގޮތަށް ހިންގާ ހަރަކާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވާއިރު، ޝަކީލަކީ މީގެ ކުރިން ސިޔާސީ ގޮތުން ވަރަށް ފާޅުގައި މިހާރުގެ އިދިކޮޅު މައިޕާޓީ އެމްޑީޕީ އާ ދެކޮޅަށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެއް.

11 ޖުލައި 2026
ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް
01 ޖުލައި 2026

ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި!

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނަށް އައްޔަނުކުރެއްވުމާ ގުޅިގެން، އެ މަޤާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަނުކޮށްފި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމާއި އިންތިޤާލީ މަރުޙަލާގެ ތަރުޖަމާނުކަން ކުރެއްވި ފިރުޒުލް މި މަޤާމާ ހަވާލުވެވަޑައިގެންފައިވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން.

01 ޖުލައި 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި!
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ޝަކީލަށް ރުހުން ދިނުމަށް 51 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އޭނާ މީގެ ކުރިން ޕީއެންސީގެ ރެޖިސްޓަރ ގެ މަގާމު ފުރުއްވުމުގެ އިތުރުން ސިޔާސީ ގޮތުން ފާޅުގައި އިދިކޮޅު އެމްޑީޕީ އާ ދެކޮޅަށް ޚިޔާލުފާޅުކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެވޭ.

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
24 ޖޫން 2026

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުޙައްމަދު ޝަކީލު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފި. ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަކީލު މަޤާމުގެ ހުވާކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް މެންބަރުކަމުގެ ލިޔުން ޙަވާލުކުރައްވާފައި.

24 ޖޫން 2026
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު