Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026 | ހޯމަ 09:00

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އައްޔަންކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާއާ އިންޓަވިއު ކޮށްފި. މި ބައްދަލުވުމުގައި ޝަކީލް ވަނީ ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ސިޔާސީ ޕާޓީތަކަށް ބޭނުންވާ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ. އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވުމާ ގުޅިގެން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 ޖޫން 2026 | ހޯމަ 09:00
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް | ހައްޖު ކޯޕަރޭޝަން

2018 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވުމުގެ ސަބަބުން ކަމަށާ އަދިވެސް އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ. 

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ޝަކީލްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އިރު އެ މައްސަލަ ދިރާސާ ކުރަނީ ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިންނެވެ. އެ ކޮމިޓީ އިން ހޯމަ ދުވަހު ވަނީ ޝަކީލް އާ އިންޓަވިއު ކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަކީލް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ކޮމިޝަނުގައި މަސައްކަތް ކުރައްވާފއިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައި ކަމަށާ އެ މަގާމުގައި ދޮޅު އަހަރުގެ މުއްދަތަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އެ ކޮމިޝަންގެ މެންބަރު ކަމުގައި 3 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު 2018 ވަނަ އަހަރު އިސްތިއުފާ ދެއްވި ކަމަށް ޝަކީލް ވިދާޅުވި އެވެ. 

އަޅުގަނޑު އޭރު އިސްތިއުފާ ދިނީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރަމުން ދިޔަ އިރު، ކޮމިޝަންގެ ތެރެއިން އަޅުގަނޑު ހިތްހަމަ ނުޖެހޭ، މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރެވި އަޑުތަކެއް ކޮމިޝަންގެ ތެރެއިން އިވިގެންނާ މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭ ހާލަތެއްގައި ގާނޫނު އަސާސީ އިން އެގޮތަށް ލާޒިމް ކޮށްފައިވާ މަސައްކަތްތަކެއް ކުރުން އެއީކީ އަޅުގަނޑު އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމެއް ކަމަށް ނުވާތީ އިސްތިއުފާ ދިނީ. މިހާރު ވެސް ހަމަ ކުރިއަށް އޮތް ތާނގަ ވެސް އެފަދަ ހާލަތެއް އައިސްފިއްޔާ އަޅުގަނޑު ހަމަ މަސައްކަތުން އެއްފަރާތްވެ، އިސްތިއުފާ ދޭނަން. 
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް 

އެ ބައްދަލުވުމުގައި ޝަކީލް ވަނީ ކޮމިޝަނަށް މީގެ ކުރިން ވެސް ދިމާވެފައިވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އޮފިޝަލުން ތަމްރީނު ކުރުމުގައި ބައެއް ކަހަލަ ގޮންޖެހުންތައް މިހާރު ވެސް އެބަހުރި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ދޭ މައުލޫމާތު މާނަ ކުރުމުގައި އޮޮފިޝަލުންނަށް އުނދަގޫތަކެއް ހުރުމުގެ ސަބަބުން ވޯޓު ފޮށިތައް ކައިރީގައި ދިމާވެގެން ނުވާނެ މައްސަލަތައް ދިމާވެފަ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަކީލް ވިދާޅުވީ ރާއްޖޭގެ އިންތިޚާބުތައް ބޭއްވުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ނޯންނަވަރަށް ދެ ފުށް ފެންނަ އުސޫލުތަކެއް ކަމަށެވެ.  ނަމަވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ފޮރުކޮށްދޭންޖެހޭ މައުލޫމާތު އެންމެ ފުރިހަމަކޮށް ފޯރުކޮށް ނުދެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެކަން ހައްލުކުރެވޭނީ ކޮމިޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހުރިހާ ފަރާތްތަކަށް ވަގުތުން ވަގުތަށް ފޯރުކޮށްދީގެން ކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ އެ ކޮމިޝަނުގެ މެންބަރަކަށް އޭނާ އައްޔަން ކޮށްފިނަމަ މިނިވަންކަމާއެކު މަސައްކަތް ކުރައްވައި، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ކަންބޮވޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު ވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ އިތުރުން މެންބަރުކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ. 

އީސީގެ މެމްބަރުކަމުގައި ކުރިން ހުންނެވި ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 26 ޖެނެއަރީ 2025 ގަ އެވެ. އޭނާއަކީ  މިނިވަން މުއައްސަސާތަކުގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް 20 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ރައީސެކެވެ.

އެހެންނަމަވެސް ރެފަރެންޑަމް ވޯޓާއި ކައުންސިލު އިންތިޚާބުގެ ނަތީޖާ އިއުލާނުކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. 

މުހައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަންހައްޖު ކޯޕަރޭޝަންޑރ. މުޙައްމަދު މުޢިއްޒުމުޙައްމަދު ޒާހިދުމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

22 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި

22 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި
22 ޖޫން 2026

"ވޯޓު ދެނީ ޑިގިޓަލީ، ކަނީ ޑިގިޓަލީ، ބޮނީ ޑިގިޓަލީ، އެހެން ޒަމާނަކަށް އައިސްފަ މިއޮތީ": ޖަނާބު

22 ޖޫން 2026
"ވޯޓު ދެނީ ޑިގިޓަލީ، ކަނީ ޑިގިޓަލީ، ބޮނީ ޑިގިޓަލީ، އެހެން ޒަމާނަކަށް އައިސްފަ މިއޮތީ": ޖަނާބު
22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
21 ޖޫން 2026

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

21 ޖޫން 2026
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
20 ޖޫން 2026

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް