Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗް

ލޯންޗް އެކްސިޑެންޓް: އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހުންނަށް އަދިވެސް ވޯޑުގައި ދަނީ ފަރުވާ ދެމުން!

11 ޖުލައި 2026 | ހޮނިހިރު 09:19

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ ކައިރިން ދެ އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހަކަށް އައިޖީއެމްއެޗްގެ ވޯޑުގައި އަދިވެސް ފަރުވާދެމުންދާއިރު، އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ބޮޑެތި ގެއްލުންތަކެއް ލިބުނު މި ލޯންޗުން ދަތުރުކުރި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2026 | ހޮނިހިރު 09:19
އައިޖީއެމްއެޗް. މިއެކްސިޑެންޓާ ގުޅިގެން ލޯންޗުގައި ތިބި 5 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވޭ.

އައިޖީއެމްއެޗް. މިއެކްސިޑެންޓާ ގުޅިގެން ލޯންޗުގައި ތިބި 5 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވޭ. | ރާއްޖެއެމްވީ

މިދިޔަ ބުރާސްފަތި ދުވަހު ދުވަހު ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހުންނަށް އަދިވެސް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. 

މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލޭ ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު މިމަހުގެ 9 ވީ ބުރާސްފަތި ދުވަހުގެ ރޭ 21:16 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.​ މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

Advertisement - newsAdvertisement

މި އެކްސިޑެންޓުގައި ލޯންޗުގައި ތިބި 5 މީހުންނަށް އަނިޔާވެފައިވެ އެވެ.  އެއީ 4 ބިދޭސީންނާއި، ދިވެހި ފިރިހެނެކެވެ.

ރާއްޖެއެމްވީ އަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލޯންޗު އެކްސިޑެންޓާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ 5 މީހުން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އޭގެތެރެއިން 3 މީހުންނަށް މިހާރު ވޯޑުގައި ފަރުވާދެމުންދާ ކަމަށާއި، ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ. އަދި އަނެއް 2 މީހުންނަށް އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، "އެލްޖީއެން 101" ނަމަކަށް ކިޔާ މި ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތައް ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި ލޯންޗަށް ބޮޑެތި ހެއްލުންތަކެއް ލިބިފައި.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި ލޯންޗަށް ބޮޑެތި ހެއްލުންތަކެއް ލިބިފައި. | މޯލްޑިވްސް ޕޮލިސް

ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އެކްސިޑެންޓަށް ފަހު ފިލި އުޅަނދު ހޯދުމަށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ވެސް އެދިފައިވެ އެވެ. 

އައިޖީއެމްއެޗްލީޖަން 1މެރިން ޕޮލިހުންދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން

10 ޖުލައި 2026
 ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން
09 ޖުލައި 2026

ވ.ފުލިދޫ ކަނޑަށް މުދާ އުފުލާ ބޯޓެއް އަޑިޔަށް ހިނގައްޖެ

09 ޖުލައި 2026
ވ.ފުލިދޫ ކަނޑަށް މުދާ އުފުލާ ބޯޓެއް އަޑިޔަށް ހިނގައްޖެ
09 ޖުލައި 2026

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. ފަޒުނާ ނިޔާވެއްޖެ

09 ޖުލައި 2026
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. ފަޒުނާ ނިޔާވެއްޖެ
08 ޖުލައި 2026

އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި

08 ޖުލައި 2026
އައްޑޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި
08 ޖުލައި 2026

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

08 ޖުލައި 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި
07 ޖުލައި 2026

މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި

07 ޖުލައި 2026
މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި
07 ޖުލައި 2026

ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 ޖުލައި 2026
ހިތަދޫ ގެއަކަށްވަދެ، މާރާމާރީ ހިންގައި ފޭރުން: 3 މީހަކު ހައްޔަރުކޮށް، މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި
06 ޖުލައި 2026

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ

06 ޖުލައި 2026
ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ
03 ޖުލައި 2026

ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ

03 ޖުލައި 2026
ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ
03 ޖުލައި 2026

ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ

03 ޖުލައި 2026
ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް