Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އަހަރީދުވަސް

އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވި މެސެޖުގައި، ރާއްޖެއަށް ހަގީގީ ޑިމޮކްރަސީއާއި އިޞްލާޙީ ބަދަލުތައް ގެނައުމަށް އެ ޕާޓީން ކުރި ބުރަ މަސައްކަތް ފާހަގަކުރެއްވި. އަދި ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީން ދެމިއޮންނާނީ ރައްޔިތުންގެ ޙައްޤުތަކާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރުމުގައި ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި. ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީން އަންނަނީ ރާއްޖޭގެ ސިޔާސީ ނިޒާމު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2026 | ހުކުރު 04:21
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މި ތަހުނިޔާ ފޮނުއްވީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ސޯލިހުގެ މެސެޖުގައި އެމްޑީޕީގެ ލީޑަރޝިޕަށާއި، ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު އަހަރީ ދުވަހުގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގައި އެމްޑީޕީން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމަށްޓަކައި އެމްޑީޕީން ކުރި ބުރަ މަސައްކަތްތަކަކީ ތާރީޚުން ފެންނަން އޮތް ހަގީގަތެއްކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އަބަދުވެސް އަޒުމަކީ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޕާޓީގެ މަސައްކަތްތައް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އެމްޑީޕީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ލިބުމާއެކު އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ޕާޓީން އަންނަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. ރާއްޖޭގެ ވެރިކަން ދެ ދައުރެއްގައި ކޮށްފައިވާ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި ޕާޓީއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިބްރާހިމް މުހައްމަދު ސޯލިހުޑަބްލިއު މޯލްޑިވްސް

އިތުރަށް ކިޔާލަން

26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
25 ޖޫން 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

25 ޖޫން 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ
21 ޖޫން 2026

މި ސަރުކާރަށް ފޯނުގެ އަތްގަނޑު ވެސް ހިއްލާ ނުލެވޭ..

21 ޖޫން 2026
މި ސަރުކާރަށް ފޯނުގެ އަތްގަނޑު ވެސް ހިއްލާ ނުލެވޭ..
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
19 ޖޫން 2026

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު
18 ޖޫން 2026

ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ

18 ޖޫން 2026
ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ
18 ޖޫން 2026

އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

18 ޖޫން 2026
އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ
18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
17 ޖޫން 2026

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
17 ޖޫން 2026

ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު

17 ޖޫން 2026
ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު