Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ އޭސީސީ

ހޯރަފުށީ މުޅި ކައުންސިލުގެ މައްޗަށް ދައުވާ ކުރާ ވާހަކަ ތިން ފަހަރަށް އޭސީސީން ބަދަލުކޮށްފި

8 ޖުލައި 2026 | ބުދަ 17:55

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލައިގައި، އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހުރިހާ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި. މި މައްސަލައިގައި ދަޢުވާކުރަން ފޮނުވި ހަތް މެންބަރުންނަކީވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން. މިކަމާ ގުޅޭގޮތުން އޭސީސީން މީޑިއާތަކަށް ފޮނުވި ބަޔާން ކުރު ވަގުތުކޮޅެއްގެ ތެރޭގައި ތިން ފަހަރަށް ބަދަލުކޮށްފައިވާތީ، އެ ކޮމިޝަނުގެ އިދާރީ ހިންގުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 8 ޖުލައި 2026 | ބުދަ 17:55
އެންޓި ކޮރަޕްޝަން ކޮމިޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން | އޭސީސީ

ހއ. ހޯރަފުށީގައި ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިމެއް ދޫކުރި ކަމަށް ބުނާ މައްސަލައިގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީޑިއާތަކަށް ފޮނުވި ބަޔާން ތިން ފަހަރަށް ބަދަލުކޮށްފި އެވެ.

މި މައްސަލައަކީ ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" އަށް 5،000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް އެ ރަށު ކައުންސިލުން ދިން ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހުރިހާ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2024 ގަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން އޭސީސީން މީޑިއާ ގްރޫޕަށް ފޮނުވި ބަޔާން ތަކުރާރުކޮށް ބަދަލުކޮށްފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފަ އެވެ. އެގޮތުން، އެންމެ ފުރަތަމަ އޭސީސީން ބަޔާން ފޮނުވާފައިވަނީ މިއަދު މެންދުރުފަހު 2:55 ގައެވެ. ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ބަޔާން ޑިލީޓް ކުރުމަށްފަހު، ދެވަނަ ފަހަރަށް ބަޔާން ފޮނުވީ 3:04 ގައެވެ. އޭގެ ތިން މިނެޓު ފަހުން، 3:07 ގައި އަނެއްކާވެސް ކުރީގެ ބަޔާން ޑިލީޓްކޮށް، ތިންވަނަ ފަހަރަށް ވަނީ ބަޔާން އާންމުކޮށްފަ އެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދާއި، ނައިބު ރައީސް އަޙްމަދު އިމްދާޙުގެ އިތުރުން ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާ ހިމެނެއެވެ. މި ހަތް މެންބަރުންނަކީވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންކަން ފާހަގަކޮށްލެވެ އެވެ.

އޭސީސީން ބަޔާން ތިން ފަހަރަށް ބަދަލުކުރި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިފަދަ މުހިންމު މައްސަލައެއްގައި ކޮމިޝަނުގެ އިދާރީ ހިންގުމުގެ ތެރެއިން މިފަދަ ގޯސްތަކެއް ހިނގުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންހއ. ހޯރަފުށި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޖުލައި 2026

ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިމެއް ދިން ކަމަށް ބުނެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހުރިހާ މެންބަރުންނަށް ދައުވާ ކުރަނީ!

08 ޖުލައި 2026
ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިމެއް ދިން ކަމަށް ބުނެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހުރިހާ މެންބަރުންނަށް ދައުވާ ކުރަނީ!
06 ޖުލައި 2026

ހއ. ހޯރަފުށްޓަށް ލެއްގި ބޮޑުމަސް ވަޅުލައިފި

06 ޖުލައި 2026
ހއ. ހޯރަފުށްޓަށް ލެއްގި ބޮޑުމަސް ވަޅުލައިފި
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
25 ޖޫން 2026

ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް

25 ޖޫން 2026
ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް
16 ޖޫން 2026

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

16 ޖޫން 2026
އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ
04 ޖޫން 2026

ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް

04 ޖޫން 2026
ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް
01 ޖޫން 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް

01 ޖޫން 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް
30 މެއި 2026

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!
26 މެއި 2026

އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން

26 މެއި 2026
އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން
18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް