Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުގައި މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓުވުމަށް ބައިނަލްއަގުވާމީ 60 ޖަމިއްޔާއަކުން ގޮވާލައިފި

ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުން މިފަދަ ކުށްތަކަށް މަރުގެ އަދަބު ދިނުމުގެ ދާއިރާ ފުޅާކުރަން މަސައްކަތް ކުރާތީ އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެހެންކަމުން، މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތުތައް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި ސިއްހީ އަދި އިންސާނީ ހައްގުތަކަށް އިސްކަންދޭ ނިޒާމަކަށް ބަދަލުކުރުމަށް މި ބަޔާނުގައި ބާރުއަޅާފައިވޭ.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 07:49
ކަސްޓަމްސް އިން އަތުލައިގަތް 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް

ކަސްޓަމްސް އިން އަތުލައިގަތް 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް | މޯލްޑިވްސް ކަސްޓަމްސް ސާރވިސް

މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓުވުމަށްޓަކައި، އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ކޮމިޝަން އޮން ނާކޮޓިކް ޑްރަގްސް (ސީ.އެން.ޑީ) އިން ވަގުތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތުތަކަށް މަސައްކަތްކުރާ 60 އަށްވުރެ ގިނަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

އިންސާނީ ހައްގުތަކަށާއި މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ތަކުން މިކަމަށް ގޮވާލީ، 2026 ވަނަ އަހަރުގެ ބައިނަލްއަގުވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގަ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަރުގެ އަދަބު ދެވޭނީ ހަމައެކަނި "އެންމެ ނުރައްކާތެރި ކުށްތަކަށް" ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، ގިނަ ގައުމުތަކަކުން އަދިވެސް މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި މީހުން މަރަމުންދާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަލްޖީރިއާ، ކުވެއިތު އަދި ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ދެވޭ ދާއިރާ ފުޅާކުރުމަށް ގާނޫނީ ގޮތުން މަސައްކަތްތަކެއް ކޮށްފައި ކަމަށް ބަޔާނުގައިވެ އެވެ. މިކަމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް 2023 ވަނަ އަހަރު އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް އިން ހުށަހެޅި ރިޕޯޓުގައި، މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަކީ އެއްވެސް ހާލެއްގައި މަރުގެ އަދަބު ދިނުމުގެ އަސާސެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކުށްތަކެއް ނޫންކަން ވަނީ ފާހަގަކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މަސްތުވާތަކެއްޗާ ގުޅޭ އދ. ގެ މުއާހަދާތައް ކަމަށްވާ، 1961 ވަނަ އަހަރުގެ ސިންގަލް ކޮންވެންޝަން އޮން ނާކޮޓިކް ޑްރަގްސް އާއި، 1971 ވަނަ އަހަރުގެ ކޮންވެންޝަން އޮން ސައިކޯޓްރޮޕިކް ސަބްސްޓަންސަސް އަދި 1988 ވަނަ އަހަރުގެ ކޮންވެންޝަން އެގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓަންސަސްގައި ވެސް މަރުގެ އަދަބާ ގުޅޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައެއް ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މި ޖަމިއްޔާތަކުން ގޮވާލަނީ މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތުތައް ސިއްހީ ދާއިރާއަށާއި އިންސާނީ ހައްގުތަކަށް އިސްކަންދޭ ސިޔާސަތުތަކަކަށް ބަދަލުކުރުމަށެވެ. އަދި މަރުގެ އަދަބަކީ ދިރިހުރުމުގެ ހައްގަށް އަރައިގަތުން ކަމަށާއި، އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް އޮތް ހައްލެއް ނޫންކަން ވެސް އެ ޖަމިއްޔާތަކުން ވަނީ ބަޔާންކޮށްފަ އެވެ.

އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްކޮމިޝަން އޮން ނާކޮޓިކް ޑްރަގްސްމަރުގެ އަދަބުމަސްތުވާތަކެތި

އިތުރަށް ކިޔާލަން

27 ޖޫން 2026

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

27 ޖޫން 2026
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
25 ޖޫން 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

25 ޖޫން 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ
16 ޖޫން 2026

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

16 ޖޫން 2026
ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި
13 ޖޫން 2026

ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!

13 ޖޫން 2026
ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!
11 ޖޫން 2026

ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން

11 ޖޫން 2026
ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން
10 ޖޫން 2026

ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި، މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު!

10 ޖޫން 2026
ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި، މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު!
10 ޖޫން 2026

ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!

10 ޖޫން 2026
ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!
09 ޖޫން 2026

އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި

09 ޖޫން 2026
އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި
07 ޖޫން 2026

ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި

07 ޖޫން 2026
ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި
28 މެއި 2026

މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި

28 މެއި 2026
މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް