Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކާއެކު އިދިކޮޅު ޕާޓީތަކުގެ ސައެއް!

29 ސެޕްޓެމްބަރު 2017 | ހުކުރު 14:18

ސަރުކާރުގެ ތެރޭގައި އޮތީ ކޮރަޕްޝަނާ ވައްކަން: އިދިކޮޅު ފަރާތްތައް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 29 ސެޕްޓެމްބަރު 2017 | ހުކުރު 14:18
ސަޔަށް ގެނައިތަކެތި އެމްޑީޕީ ހަރުގެ ކުރިމަތީ ބަހައްޓާފައި:-- ސައިގެ ހަރަކާތުގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވޭ

ސަޔަށް ގެނައިތަކެތި އެމްޑީޕީ ހަރުގެ ކުރިމަތީ ބަހައްޓާފައި:-- ސައިގެ ހަރަކާތުގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވޭ

ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހަވީރުގެ ސައި ކުރިއަށް ގެންގޮސްފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީ ކުރިއަށްދިޔަ މި ހަރަކާތުގައި އެމްޑީޕީގެ ގިނަ އާންމުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

Advertisement - newsAdvertisement

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ޕާޓީތަކުން އިސްނައިގެން ހިންގަން އުޅުނު ހަރާކާތް ނުބޭއްވުނީ ސަރުކާރުން ފުރުސަތު ނުދިނުމުން ކަމަށެވެ. އަދި އެ ފުރުސަތު ސަރުކާރުން ނުދިނުމުން ހަވީރުގެ ސައެއް ބާއްވަން ޖެހުނީ ކަމަށާއި ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަމުގެ ވާހަކަ ހުއްޓާނުލާ ދައްކަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ހަރަކާތްތައް ކާމިޔާބުކޮށް މި ސަރުކާރު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ހަރަކާތްތަކަށް ލިބެމުންދާ ތަރުހީބަކީ އާންމު މެމްބަރުންގެ ހިތްވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" ބައެއް ބޭފުޅުން އަޅުގަނޑުކައިރިވެސް އެބަ އަހާ ރިޔާސީ އިންތިހާބެއް އޮންނާނެތޯ، ލާހިކެއްނޫން އިންތިހާބު ނޯންނާނެ ގޮތެއް ހަދާކަށް، އިންތިހާބު އޮންނާނެ. އިންތިހާބުން ސަރުކާރު ބަލިކުރާނަން،އެއީ ޔަގީންކަމެއް، " ޝަރީފު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޑރ. އަބްދުﷲ މަސޫމް ވިދާޅުވީ ގާނޫނާ އެއްގޮތައް ވެރިކަން ކުރާނެ ކަމަށް ބުނެ މި ސަރުކާރުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށުމަކީ ރައްޔިތުންނާ ހަނގުރާމަ އިއުލާން ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" ހަމައެއް ލަމައެއް ނެތި، އާދެ ގާނޫނީ އެއްވެސް ހަމައެއް ނެތި ގޮނޑިތައް ގެއްލުވާލަން މަސައްކަތް ކުރަމުން އެދަނީ އެއީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނީމަ. އާދެ 43 މެމްބަރުންގެ ސޮއާ އެއްކޮން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށައެޅި ދުވަސް އެއީ މި ސަރުކާރު ވެއްޓުނު ދުވަސް، އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުނު ދުވަސް،" ޑރ. މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ވާހަކަ ދެއްކެވި އެހެން ބޭފުޅުންވެސް ވަނީ ސަރުކާރު ތެރޭގައި ވައްކަމާއި ކޮރަޕްޝަން އޮތް ކަމަށް ވިދާޅުވެ ބޮޑެތި ތުޙުމަތުތަކެއް ކުރައްވާފައެވެ. އަދި ދައުލަތުގެ މިނިވަން މުވައްސަސާއިން އަމަލު ކުރަމުންދަނީ ސަރުކާރުން ބުނިހާ ގޮތަކަށް ކަމަށް ވިދާޅުވެ މިނިވަން މުއައްސަސާ ތަކުންނާއި ފުލުހުން ގާނޫނުތަކާ އެއްގޮތައް އަމަލު ކުރުމަށް އެކި ބޭފުޅުން ގޮވާލައްވާފަވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް