Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މައިކަލް އޯވެން

އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ތަރި މައިކަލް އޯވެންގެ ފުޓްބޯޅަ ކޭމްޕް ފަރެސްގައި ދެވަނަ ފަހަރަށް ބާއްވަނީ

އިނގިރޭސި ލެޖެންޑް މައިކަލް އޯވެންއާއެކު ބާ އަތޮޅު އަވާނީ ޕްލަސް ފަރެސް ރިސޯޓުގައި ބާއްވާ ފުޓްބޯޅަ ކޭމްޕް 2026 ވަނަ އަހަރުގެ އީސްޓާ ޗުއްޓީގައި ކުރިއަށްގެންދަން ނިންމައިފިއެވެ. 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަށް ހިންގާ މި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް އޯވެންގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ފުޓްބޯޅަ ކިޓަކާއި، މެޑަލް އަދި އޯވެންގެ ސޮޔާއެކު ޖާޒީއެއް ހަދިޔާކުރާއިރު، މިއީ ރިސޯޓުގެ މެހެމާނުންނަށް ހިލޭ ބައިވެރިވެވޭނެ ހަރަކާތެކެވެ.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 09:53
މައިކަލް އޯވެން

މައިކަލް އޯވެން | ސްކްރީން އިމޭޖް

އަވާނީ ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓުން އިންތިޒާމުކުރާ މައިކަލް އޯވެންގެ ފުޓްބޯޅަ ކޭމްޕް، ދެވަނަ އަހަރަކަށް އެ ރިސޯޓަށް އެނބުރި އަންނަކަން އޭނާ އިއުލާނުކޮށްފި އެވެ.

އެ ރިސޯޓުގެ އީސްޓާ ޗުއްޓީ ޕްރޮގްރާމުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މި ކޭމްޕް އޮންނާނީ 2026 ވަނަ އަހަރުގެ މާރިޗު 31 އިން އޭޕްރީލް 3 ގެ ނިޔަލަށެވެ. 2025 ވަނަ އަހަރު ބޭއްވި ފުރަތަމަ ކޭމްޕަށް ލިބުނު ބޮޑު ތަރުހީބަށްފަހު، ބ. އަތޮޅު ފަރެސް އައިލެންޑުގައި ބާއްވާ މި ހަރަކާތުގައި، އިންގްލެންޑުގެ ކުރީގެ މަޝްހޫރު ފޯވާޑް މައިކަލް އޯވެންއާއެކު ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ލިބިގެންދާނެ އެވެ.

5 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕުގައި، މައިކަލް އޯވެންގެ އިރުޝާދުގެ ދަށުން ކޮންމެ ދުވަހަކު ތަމްރީނު ސެޝަންތަކާއި، ހުނަރު ތަރައްގީކުރުމުގެ ހަރަކާތްތަކުގެ އިތުރުން ޓީމުތަކުގެ މެދުގައި ވާދަވެރި މެޗްތައް ކުރިއަށްދާނެ އެވެ. މި ޕްރޮގްރާމް ނިމިގެންދާނީ ކުލަގަދަ ރަސްމިއްޔާތަކުން ބްރޭކިންޓްރެވަލްނިއުސް ވެބްސައިޓްގައި ބުނެފައިވެ އެވެ. އެގޮތުން ކޭމްޕުގެ ކޮންމެ ބައިވެރިއަކަށް ސެޓްފިކެޓާއި، މެޑަލް އަދި އޯވެންގެ ސޮޔާއެކު ޖާރޒީ ހަދިޔާކުރެވޭނެ އެވެ. މި ކޭމްޕް ކުރިއަށްދާ މުއްދަތުގައި އަވާނީ ޕްލަސް ފަރެސް މޯލްޑިވްސްގައި ތިބޭ ހުރިހާ މެހެމާނުންނަށް މިއީ ހިލޭ ބައިވެރިވެވޭނެ ހަރަކާތެކެވެ. އަދި ކޭމްޕުގައި ރަޖިސްޓްރީވާ ކޮންމެ ކުއްޖަކަށް ދެ ސެޓުގެ ޖާރޒީއާއި، ސޯޓު އަދި އިސްޓާކީނު ހިމެނޭ ރަސްމީ ފުޓްބޯޅަ ކިޓެއް ލިބޭނެއެވެ.

މިދިޔަ އަހަރު އާއިލާތަކުގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބަށް ބިނާކޮށް، 2026 ވަނަ އަހަރުގެ ފުޓްބޯޅަ ކޭމްޕް ހިމަނާފައިވަނީ އަވާނީ ޕްލަސް ފަރެސް މޯލްޑިވްސްގެ އީސްޓާ ޕްރޮގްރާމުގެ ތެރޭގައެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކުޅިވަރުގެ ތަމްރީނުތަކުގެ އިތުރުން ރަށުގެ ހިތްގައިމު މާހައުލުގައި އާއިލާތަކަށް ވަގުތު ހޭދަކުރެވޭނެ ގޮތަށެވެ. ފުޓްބޯޅަ ދަނޑުގެ ބޭރުން، ކުޑަކުދިންނަށް "އަވާނީ ކިޑްސް" އަދި "ޓީންސް ކްލަބް" މެދުވެރިކޮށް ތަފާތު މަޖާ ހަރަކާތްތަކާއި، ކުރެހުމާއި ފަންނުވެރިކަމުގެ މަސައްކަތްތަކުގައި ބައިވެރިވެވޭނެއެވެ. 

އާއިލާއާއެކު މޫދުކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބާ އަތޮޅުގައި އޮންނަ މި ރިސޯޓުގެ ފަރުގެ ރީތިކަން ބަލާލުމުގެ ފުރުސަތާއި، ތަފާތު ގިނަ މޫދުކުޅިވަރުތަކާއި ޑައިވިންގްގެ ތަޖުރިބާ މެހެމާނުންނަށް ލިބިގެންދާނެއެވެ.

ކުރިއަށް އޮތް ކޭމްޕާ ގުޅޭގޮތުން ވާހަކަދައްކަމުން މައިކަލް އޯވެން ބުނީ، ފުރަތަމަ ކޭމްޕުން ފެނިގެންދިޔަ ފޯރިއާއި ޖޯޝަށްފަހު، އަލުން އަވާނީ ޕްލަސް ފަރެސް މޯލްޑިވްސްއަށް އެނބުރި އައުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އާއިލާތަކަށް ވަރަށް ޚާއްސަ މާހައުލެއް ކަމަށާއި، މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ހުނަރުތައް ތަރައްގީކޮށް، އެންމެން ގުޅިގެން ކުޅިވަރުގެ އުފާ ހޯދައިދިނުން ކަމަށް އޭނާ ފާހަގަކުރިއެވެ. އޯވެން ބުނީ 2026 ވަނަ އަހަރު އަލުން އެ ރަށަށް ދިއުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ހަތަރު މީހުންގެ އާއިލާއަކަށް ޕެކޭޖްގެ އަގުތައް ފެށެނީ 3،500 އެމެރިކާ ޑޮލަރަށެވެ. މި އަގުގެ ތެރޭގައި ރިސޯޓުގައި ހުރުމާއި، ސީޕްލޭން ދަތުރުތަކުގެ އިތުރުން ފުޓްބޯޅަ ކޭމްޕުގައި ބައިވެރިވުމުގެ ފީ ހިމެނެއެވެ. މިއީ ދެ ބޮޑު މީހުންނާއި ދެ ކުޑަކުދިންނަށް ހެނދުނުގެ ނާސްތާއާއެކު، ހުރިހާ ޓެކްސްތަކާއި ފީތައް ހިމެނޭހެން ކަނޑައަޅާފައިވާ އަގެއް ކަމަށް ބުނެފައިވެ އެވެ.

މައިކަލް އޯވެންބ. އަތޮޅު - އަވާނީ ފަރެސް މޯލްޑިވްސްބ. އަތޮޅުޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ

2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ

24 ޖެނުއަރީ 2026
ބައިނަލްއަގުވާމީ މަޝްހޫރު މިއުޒިކް ފެސްޓިވަލް "ޔުއަރ ޕެރަޑައިސް" ރާއްޖެ އަށް!

ބައިނަލްއަގުވާމީ މަޝްހޫރު މިއުޒިކް ފެސްޓިވަލް "ޔުއަރ ޕެރަޑައިސް" ރާއްޖެ އަށް!

08 ޖެނުއަރީ 2026
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި

އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު