Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑް ޤައުމީ ޓީމު

މުސްތަޤުބަލާމެދު ސައުތުގޭޓް ގޮތެއް ނިންމާނީ މަޝްވަރާ ތަކަށްފަހު

މިއީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އިންގްލެންޑް ކެޓި ހަތް ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2022 | އާދީއްތަ 10:15
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗުކަމުގެ މަޤާމުގައި ދެމި ހުރުމާމެދު ގޮތެއް ނިންމާނީ މަޝްވަރާތަކަށްފަހު ކަމަށް އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ސައުތުގޭޓް މިހެން ބުނީ މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަތުން ބަލިވެ އިންގްލެންޑް މުބާރާތުން ކެޓި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މިއީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އިންގްލެންޑް ކެޓި ހަތް ވަނަ ފަހަރެވެ. އިންގްލެންޑަކީ މިހާތަނަށް ކުއާޓާ ފައިނަލުން އެންމެ ގިނައިން ކެޓި ޤައުމެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ މުބާރާތުން ކެޓުމުގެ އެންމެ ހޫނު ގަދަ ވަގުތުގައި މުސްތަޤުބަލާމެދު ގޮތެއް ނުނިންމާނެ ކަމަށެވެ. އޭނާ ބުނީ މުބާރާތެއް ނިންމާލުމަށްފަހު ދެން ކުރާ ކަމަކީ، ރަނގަޅު ކުރަން ހުރި ކަންކަން ބެލުން ކަމަށެވެ. ސައުތުގޭޓް ބުނީ ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް މިއީ އިންގްލެންޑަށް އަދި އޭނާ އަށް ވެސް އުނދަގޫ ވަގުތެއް ކަމަށެވެ. ސައުތުގޭޓް ބުނީ މުބާރާތުގައި އިންގްލެންޑުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި، އޭނާ ނިންމަން ބޭނުންވަނީ އެންމެ ރަނގަޅު ނިންމުން ކަަމަށެވެ. މީގެ އިތުރުން ސައުތުގޭޓް ބުނީ އޭނާގެ ނިންމުން ވާނީ މުޅި ޓީމަށް ވެސް ފައިދާ ކުރާނެ ނިންމުމަކަށް ކަމަށެވެ.

އިތުރަށް ސައުތުގޭޓް ބުނީ އޭނާގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައި ކަމަށެވެ. ޚާއްސަކޮށް އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިންގެ މަސައްކަތާއި، ހިތްވަރު އޭނާ ވަނީ ފާހަގަކޮށްފައެވެ. ސައުތުގޭޓް ބުނީ ތިން މުބާރާތެއްގައި ވެސް އިންގްލެންޑުން މޮޅަށް ކުޅުނު ކަމަށާއި، ފްރާންސް މެޗަކީ އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑް މިހާތަަނަށް އެންމެ ރަނގަޅަށް ކުޅުނު މެޗު ކަމަށެވެ.

ސައުރުގޭޓުގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ފަހަރަށް ހޯދާފައެވެ. އެންމެ ފަހުން އޮތް ޔޫރޯގައި އެމީހުން ވަނީ ފައިނަލްގައި ވެސް ވާދަކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އިނގިރޭސިވިލާތްގެރެތު ސައުތުގޭޓް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
12 އޮކްޓޯބަރު 2024

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ

12 އޮކްޓޯބަރު 2024
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
02 ޖުލައި 2024

ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

02 ޖުލައި 2024
ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު