Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސި/ ޗައިނާ ގުޅުން

އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ޗައިނާއިން ޖާސޫސްކުރާކަމަށް ތުހުމަތު ކޮށްފި

ޗައިނާގެ ޖާސޫސީ ގޮންޖެހުންތަކަށް ކުރިމަތިލެވޭނެ ވަރުގެ ގާބިލްކަން އިނގިރޭސި ސަރުކާރުގައި ނެތްކަމުގެ ތުހުމަތު ތަކެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 17:49
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް

އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ޗައިނާއިން ޖާސޫސްކުރާކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތު ކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރު، ޑައުނިންގ ސްޓްރީޓުން ބުރާސްފަތި ދުވަހު ބުނީ ޗައިނާއިން އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ސިޔާސީ ދާއިރާ، ދިފާއީ އަދި ވިޔަފާރީގެ ދާއިރާއިން ކޮންޓްރެކްޓްތަކެއް ހުށަހަޅަނީ އިނގިރޭސި ވިލާތުގެ ސަރުކާރުގެ އެތެރޭގެ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ޖާސޫސީ ކެމްޕޭނެއްގެ ދަށުން ކަމަށެވެ.

ޗައިނާގެ ރެކްރޫޓްމަންޓް ސްކީމްތަކުން މަސައްކަތްކޮށްފައި ވަނީ އިނގިރޭސިންނާއި އަދި އިނގިރޭސި ވިލާތާ ގުޅިފައިވާ ގައުމުތަކުގެ އިސް މަގާމުތަކުގައި ތިބިބޭފުޅުންނަށާއި، އިލްމާއި ތަޖުރިބާގެ ގޮތުން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ކަމަށް އިގިރޭސި ސަރުކާރުން ބުނެފައި ވެއެވެ.

އިނގިރޭސި ސަރުކާރުން ޗައިނާގެ މައްޗަށް މިފަދަ ތުހުމަތު ތަކެއް ކޮށްފައި މިވަނީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްގެ ކޮންޒަވޭޓިވް ސަރުކާރަކީ ބެއިޖިންއިން ދިން ކަމަށް ބުނާ "ވަރުގަދަ އަދި ހަރުކަށި" އިންޒާރުތައް މެނޭޖް ކުރުމުގެ ގާބިލުކަން ނެތް ސަރުކާރެއް ކަމަށް ބުނެ މިދިޔަ ޖުލައި މަހު ނެރުނު އިންކުއަރީ ރިޕޯޓަކާ ގުޅިގެން ނެވެ.

ބޮޑުވަޒީރު ސުނަކްގެ ސަރުކާރުން ވަނީ ޗައިނާގެ ޖާސޫސީ  މަސައްކަތްތަކާ ދެކޮޅަށް ތެދުވާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ލިންކްޑަން ފަދަ ސޯޝަލް މީޑިއާ ވެބްސައިޓްތަކުގައި ހަދާފައިވާ ފޭކް ޕްރޮފައިލްތައް ދެނެގަތުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާތައް ހިމެނޭ ގޮތަށް ޗައިނާގެ ރެކްރޫޓްމަންޓް އޮފާތަކުން އޮފިޝަލުންނަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށް ޓަކައި ގޮތްތަކެއް ތަންފީޒުކޮށްފައިވާ ކަމަށެވެ.

ހަތަރު އަހަރުގެ އިންކުއަރީއަކަށް ފަހު މިދިޔަ ޖުލައި މަހު ޝާއިއުކުރި އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އިނގިރޭސި އިގްތިސާދާ ގުޅުން ހުރި ނާޒުކު މައުލޫމާތުތައް ޗައިނާގެ ޖާސޫސުންނަށް ކާމިޔާބުކަމާއެކު ލިބިފައިވާ ކަމަށާއި ސަރުކާރުގެ ޖަވާބަކީ "މުޅިން އެކަށީގެންވާ ޖަވާބެއް ނޫން" ކަމަށެވެ.

"ވަކިން ހާއްސަކޮށް ޗައިނާގެ ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގެ ތެރެއަށް ވަނުމަށް ޗައިނާގެ ބައިނަލްއަގްވާމީ ވާހަކަތައް ކުރިއަރުވައި، ޗައިނާއަށް ކުރާ ތުހުމަތު ތަކާއި ފާޑުކިޔުންތައް ނައްތާލުމަށް ޓަކައި އެ ގައުމުގެ ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުގައި ވެއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސުނަކް ވިދާޅުވީ ގޯސްތަކެއް ހެދިފައިވާ ކަމަށާއި ސަރުކާރަށް މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވުނީސް ކަމަށެވެ.

2022 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ސަލާމަތީ އޮފިޝަލުން ވަނީ ޗައިނާގެ ޖާސޫސެއް ލަންޑަނުގައި ސިޔާސީ ނުފޫޒު ފޯރުވުމުގެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ޕާލަމެންޓަށް އިންޒާރު ދިނުމަށް ވަރަށް މަދުން ނޫނީ ނުފެންނަ އެޑްވައިޒަރީއެއް ނެރެފަ އެވެ.

ބެއިޖިންގެ ފަރާތުން ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި އިނގިރޭސި ވިލާތުގެ ޕާލަމެންޓްރީ ރިސާޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް މި ހަފުތާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ތުހުމަތު ކުރެވޭ މީހާ އާއި ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ޓައިމްސް އިން މި ހަފުތާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންޑަންގެ އެމްއައި5 އިންޓެލިޖެންސް ސާވިސް އިން 2021 ވަނަ އަހަރު ކޮންޒަވޭޓިވް ޕާޓީއަށް އިންޒާރު ދީފައި ވަނީ އެމްޕީގެ ދެ ކެނޑިޑޭޓަކީ ޗައިނާގެ ޖާސޫސުން ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ.

އެމްއައި5 އިން މީގެ ކުރިން އިޝާރާތްކޮށްފައިވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ޗައިނާއިން ޖާސޫސްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގުގެ އަދަދު ހަތް ގުނަ އިތުރުވެފައިވާ ކަމަށެވެ.

އިނގިރޭސިވިލާތްޗައިނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު