Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ފުޓުބޯޅަ މުބާރާތް 2028

އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި

މިއީ އިންގްލެންޑުގައި ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ތިން ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޮކްޓޯބަރު 2023 | ބުދަ 00:25
ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ޤައުމުތައް އިއުލާން ކުރުމަށް ޔުއެފާ އިން ބޭއްވި އިވެންޓުގެ ތެރެއިން

ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ޤައުމުތައް އިއުލާން ކުރުމަށް ޔުއެފާ އިން ބޭއްވި އިވެންޓުގެ ތެރެއިން

2028 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އިނގިރޭސިވިލާތާއި، އަޔަލޭންޑުގައި ބާއްވަން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން ނިންމައިފި އެވެ.

ޔުއެފާ އިން މިކަން ރަސްމީކޮށް ހާމަކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ. ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން މިކަން ހާމަކުރެއްވީ ބިޑު ވަފުދުތަކާއެކު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޗެފެރިން ވިދާޅުވީ، ބީލަން ހުށަހަޅާ ފަރާތްތަކަށާއި، ހޯސްޓް އެސޯސިއޭޝަންތަކަށް އޭނާ މަރުޙަބާ ދަންނަވާ ކަމަަށާއި، އެއެސޯސިއޭޝަންތަކުގެ އިޚްލާޞްތެރިކަމާއި، ބުރަ މަސައްކަތާއި، ޢަޒުމު ވަރަށް ފުރިހަމަ އަށް ބަލައިގަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެން އެކުގައި، މި ބޮޑު މުބާރާތުގެ ހަނދާން ނައްތާނުލެވޭ ވަރުގެ އެޑިޝަންތަކެއް އުފައްދައި، އެންމެން އެއްބައިވަންތަކޮށް، ކުޅިވަރުގެ ރޫޙު ފާހަގަކުރާނެ ކަމަށެވެ.

މިއީ އިންގްލެންޑުގައި ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ތިން ވަނަ ފަހަރެވެ. އެ ޤައުމުން ވަނީ 1996 ވަނަ އަހަރުގެ މުބާރާތާއި، 2020 ވަނަ އަހަރުގެ މުބާރާތް ހޯސްޓު ކޮށްފަ އެވެ. 2028 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ސްޓޭޑިއަމްތަކަކީ، ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް، ކާޑިފްގައި ހުންނަ ވޭލްސްގެ ޤައުމީ ސްޓޭޑިއަމް، ލަންޑަންގައި ހުންނަ ޓޮޓެންހަމްގެ ސްޓޭޑިއަމް، މެންޗެސްޓަރ ސްޓޭޑިއަމް، ލިވަޕޫލްގައި ހުންނަ އެވަޓަން ސްޓޭޑިއަމް، ނިއުކާސަލްގައި ހުންނަ އެސްޓީ ޖޭމްސް ޕާކް ސްޓޭޑިއަމް، ބާމިންހަމްގައި ހުންނަ ވިލާ ޕާކް ސްޓޭޑިއަމް، ގްލަސްގޯ ގައި ހުންނަ ހެމްޕްޑެން ޕާކް ސްޓޭޑިއަމް، ޑުބްލިންގައި ހުންނަ ޑުބްލިން އެރީނާ އަދި ބެލްފާސްޓްގައި ހުންނަ ކޭސްމެންޓް ޕާކް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ސްޓޭޑިއަމްތަކަކީ މުބާރާތަށް ޚާއްސަކޮށްގެން އަލަށް ޤާއިމު ކުރާނެ ސްޓޭޑިއަމްތެކެވެ. އަނެއް ބައި ސްޓޭޑިއަމްތައް މަރާމާތު ކުރަން ވެސް ޖެހެ އެވެ.

ޔޫރޯ 2028އިނގިރޭސިވިލާތްއަޔަލޭންޑް

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
23 މާރިޗު 2024

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި
28 ޑިސެމްބަރު 2023

6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!

28 ޑިސެމްބަރު 2023
6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!
11 އޮކްޓޯބަރު 2023

އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް

11 އޮކްޓޯބަރު 2023
އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު