Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2028

އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުން ކުރަން ޖެހޭ ކަންކަން އެންމެ ފުރިހަމަ އަށް ކުރައްވާނެ ކަމަށް ވެސް ސުނާކް ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޮކްޓޯބަރު 2023 | ބުދަ 00:32
އިންގްލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމާ، ބޮޑު ވަޒީރު ރިޝީ ސުނާކް ބައްދަލު ކުރެއްވުމުގެ ތެރެއިން

އިންގްލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމާ، ބޮޑު ވަޒީރު ރިޝީ ސުނާކް ބައްދަލު ކުރެއްވުމުގެ ތެރެއިން

އެހެން ޤައުމުތަކުން ބާއްވާ މުބާރާތްތަކަށްވުރެ ފެންވަރު ރަނގަޅު މުބާރާތް އިނގިރޭސިވިލާތަށް ބޭއްވޭނެ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެ އެވެ.

ސުނާކް މިހެން ވިދާޅުވީ 2028 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު އިނގިރޭސިވިލާތް އަދި އަޔަލޭންޑަށް ދިނުމަށް ޔުއެފާ އިން ނިންމުމާ ގުޅިގެންނެވެ. އެކަން ޔުއެފާ އިން އިއުލާން ކުރުމާއެކު އިންގްލެންޑުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނާ އަންގާރަ ދުވަހު ސުނާކް ވަނީ ބައްދަލު ކުރައްވާފަ އެވެ. އެއަށްފަހު އޭނާ ވިދާޅުވީ، އިންގްލެންޑުގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ނުހަނު ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން އިންގެލެންޑުގައި 1996 ވަނަ އަހަރު ބޭއްވި މުބާރާތުގެ ހަނދާންތައް ވަރަށް ރަންގަޅަށް ހުންނަ ކަމަށާއި، އެއީ އެންމެ އުފާވެރި އެއް ހަނދާންތައް ކަމަަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އިންގްލެންޑުން މުބާރާތް ބާއްވާފައި ވާނީ ފުރިހަމަ އަށް ކަމަށާއި، އެހެން ޤައުމުތަކަށްވުރެ ފުރިހަމަ އަށް އިންގްލެންޑަށް އެކަން ކުރެވޭނެ ކަމަށެވެ. އެ މުބާރާތާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އެ ޤައުމަށް ޒިޔާރާތް ކުރާނެ ކަމަށާއި، އެއީ އަނެއްކާ ވެސް ލިބިގެންދާނެ އިތުރު ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުން ކުރަން ޖެހޭ ކަންކަން އެންމެ ފުރިހަމަ އަށް ކުރައްވާނެ ކަމަށް ވެސް ސުނާކް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އަބަދު ވެސް ކުޅިވަރަށް، ޚާއްސަކޮށް ފުޓުބޯޅަ އަށް ބޮޑު ލޯތްބެއް އޮންނަ ކަަމަށެވެ. އިންގްލެންޑުގެ ޤައުމީ ޓީމާމެެދު އަބަދު ވެސް ފަޚުރުވެރިވާކަން ފާހަގަކުރައްވާ ސުނާކް ވަނީ ޤައުމީ ޓީމަށް ހިތްވަރު ދެއްވާފަ އެވެ.

ޔޫރޯ 2028އިނގިރޭސިވިލާތްރިޝީ ސުނާކު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ

28 އޮކްޓޯބަރު 2025
ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
05 ޖުލައި 2024

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
23 މާރިޗު 2024

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި
28 ޑިސެމްބަރު 2023

6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!

28 ޑިސެމްބަރު 2023
6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު