Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލީގުގެ އައްޑަނަ ބަޔާންއަށް

ބުންޑަސްލީގާ: ބޮޑުތަފާތަކުން ވޮލްފްސްބާގް ބަލިކޮށް ބަޔާން ލީގު އުފުލާލައިފި

ބަޔާން ވަނީ ކުޅުނު 31 މެޗުން 73 ޕޮއިންޓް ހަމަކޮށްފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 10:25
ބަޔާން އިން ލީގުގެ އައްޑަނަ އުފުލާލަނީ

ބަޔާން އިން ލީގުގެ އައްޑަނަ އުފުލާލަނީ

ބުންޑަސްލީގާގައި ބޮޑުތަފާތަކުން ވޮލްފްސްބާގް ބަލިކޮށް ބަޔާން މިއުނިކް ލީގުގެ އައްޑަނަ އުފުލާލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ވޮލްފްސްބާގާ ވާދަކޮށް ބަޔާން އިން މެޗު ކާމިޔާބުކުރީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ވޮލްފްސްބާގް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 19 ވަނަ މިނެޓުގައި ބަޔާން އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލަބާ އެވެ. މި ލަނޑަށްފަހުވެސް ބަޔާން އިން ދިޔާއީ ވޮލްފްސްބާގްގެ ގޯލަށް ނުރައްކާކުރަމުންނެވެ.

އެގޮތުން 36 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ބަޔާން އަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. ބަޔާން އިން މެޗުގައި ޖެހި ތިންވަނަ ލަނޑު 45 ވަނަ މިނެޓުގައި ކާމިޔާބުކުރީވެސް ލެވަންޑޯސްކީއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ވޮލްފްސްބާގްގެ މައްޗަށް ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅުނީ ބަޔާން އެވެ. އެގޮތުން އެޓީމުން ވަނީ ވޮލްފްސްބާގްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ބަޔާން އިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު 66 ވަނަ މިނެޓުގައި އާޔަން ރޮބެން ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ ތޯމަސް މުލާއެވެ. އަދި އެޓީމުން މެޗުގައި ޖެހި ފަހު ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ކިމިޗް އެވެ.

މި ނަތީޖާއާއެކު ބަޔާން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެޓީމުން ވަނީ ކުޅުނު 31 މެޗުން 73 ޕޮއިންޓް ހަމަކޮށްފައެވެ. ބަޔާން އިން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، މިއީ އެޓީމު ލީގުގެ ޗެމްޕިއަންކަން ހޯދި 26 ވަނަ ފަހަރެވެ. އަދި މިއީ އެޓީމުން ޖައްސަޖައްސައިގެން ލީގުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު